ތައިލެންޑް މުބާރާތުން ރާއްޖޭގެ ނިއު ލެގޫން ސްވިމިން ކްލަބަށް ވެސް ގިނަ މެޑަލްތަކެއް

Aug 19, 2024, 7:11 AM
ތައިލެންޑް މުބާރާތުން ރާއްޖޭގެ ނިއު ލެގޫން ސްވިމިން ކްލަބަށް ވެސް ގިނަ މެޑަލްތަކެއް

ތައިލެންޑްގައި ކުރިއަށްދާ އޭއޯއެސްއައި ޝޯޓް ކޯސް/ އޭޖް ގްރޫޕް ސްވިމިން ޗެމްޕިއަންޝިޕް، ބެންކޮކް އެޑިޝަންގައި ވާދަކޮށް، ރާއްޖޭގެ ނިއު ލެގޫން ސްވިމިން ކްލަބުން ވެސް ވަނީ މެޑަލްތަކެއް ހޯދައިފި އެވެ.

އެ ގޮތުން، ތައިލެންޑްގެ މި މުބާރާތުން ނިއު ލެގޫންގެ ފެތުންތެރިން ވަނީ، ޖުމްލަ 12 މެޑަލް ހޯދައިފަ އެވެ. އެއީ، އިންޑިވިޖުއަލް ފެތުންތެރިން ހޯދި 11 މެޑަލް އާއި ހަތަރެއް ގުނަ 50 މީޓަރު ފްރީ ސްޓައިލް ރިލޭ ޓީމުން ހޯދި ރިހި މެޑަލް އެވެ.

ހަތަރެއް ގުނަ 50 މީޓަރު، ފްރީ ސްޓައިލް ރިލޭ އިން ރިހި މެޑަލް ހޯދި ޓީމުގައި ހިމެނެނީ، އިބްރާހިމް މާދު ސާޖިދު، ލޫތު މުހައްމަދު ހުސެއިން، އިޒްޔާން ނާޒިމް އަދި ހަމީމް އެވެ.

ރިލޭ އިން މެޑަލް ހޯދި ނިއު ލެގޫން ސްވިމިން ކްލަބްގެ އެތުލީޓުން: އެ ކްލަބްގެ ދިދަ ހިފައިގެން.---- ފޮޓޯ: ނިއު ލެގޫން ސްވިމިން ކްލަބް/ ފޭސްބުކް

އިންޑިވިޖުއަލް މެޑަލްތަކަށް ބަލާއިރު، އެންމެ ރެކޯޑް ރަނގަޅީ، ފަސް މެޑަލް ހޯދި އަމްނާ ތަޒްކިޔާ މިރުސާދު އެވެ. އޭނާ ވަނީ 100 މީޓަރު ފްރީ ސްޓައިލް އިވެންޓުން ރަން މެޑަލް، 50 މީޓަރާއި 200 މީޓަރު ފްރީ ސްޓައިލް އިވެންޓުން ރިހި މެޑަލް ހޯދުމުގެ އިތުރުން، 50 މީޓަރު ބަޓަފްލައި އަދި 200 މީޓަރު އިންޑިވިޖުއަލް މެޑްލީން ލޯ މެޑަލް ހޯދައިފަ އެވެ.

އައިޝަތު ޝައިހާ ޝާފިއު ވަނީ، 100 މީޓަރު ބްރެސްސްޓްރޯކުން ރިހި މެޑަލް އަދި 100 މީޓަރު ބެކްސްޓްރޯކް އިން ލޯ މެޑަލް ހޯދައިފަ އެވެ.

މާދު ވަނީ، 100 މީޓަރު ބެކްސްޓްރޯކް އާއި 200 މީޓަރު ބެކްސްްޓްރޯކުން ލޯ މެޑަލް ހޯދައިފަ އެެވެ. އަދި ލޫތު ވަނީ 200 މީޓަރު ބްރެސްސްޓްރޯކް އާއި 50 މީޓަރު ބްރެސްޓްރޯކުން ލޯ މެޑަލް ހޯދައިފަ އެވެ.

ތައިލެންޑް މުބާރާތުގައި ވާދަކުރި ރާއްޖޭގެ ޓީމުތަކުގެ ތެެރެއިން އެންމެ ރެކޯޑް ރަނގަޅީ، ނިއު ލެގޫން ސްވިމިން ކްލަބްގެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox