ރާއްޖޭގެ ފުރަތަމަ އިންޖިނިއަރިން މައުރަޒު ވިލާ ކޮލެޖުން ބާއްވައިފި

ވިލާ ކޮލެޖުން ރާއްޖޭގައި ބޭއްވި ފުރަތަމަ އިންޖިނިއަރިން މައުރަޒުގެ ތެރެއިން -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ވިލާ ކޮލެޖުން ރާއްޖޭގައި ބޭއްވި ފުރަތަމަ އިންޖިނިއަރިން މައުރަޒުގެ ތެރެއިން -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ދިވެހިރާއްޖޭގެ ފުރަތަމަ އިންޖިނިއަރިން މައުރަޒު ވިލާ ކޮލެޖުން މިއަދު ކާމިޔާބީއާއިއެކު ބާއްވައިފި އެވެ.

ވިލާ ކޮލެޖުގެ ހޯލުގައި އާންމުންނަށް ޒިޔާރަތް ކުރެވޭ ގޮތަށް ހުޅުވާލައިގެން ބޭއްވުން އެ މައުރަޒުގައި އިންޖިނިއަރިން ދާއިރާގެ 40 ޕްރޮޖެކްޓު ވަނީ ދައްކާލާފަ އެވެ.

"ޕްރޮޖެކްޓުތަކަކީ ވިލާ ކޮލެޖުން ހިންގާ އިންޖިނިއަރިން ޑިގްރީ ޕްރޮގްރާމްތައް ކަމަށްވާ މެކަޓްރޮނިކްސް، މެކޭނިކަލް އަދި އެލެކްޓްރިކަލް އާއި އެލެކްޓްރޮނިކްސް ކޯސްތަކުގެ ދަރިވަރުންގެ ފަހު އަހަރުގެ ޕްރޮޖެކްޓްތަކެއް،" ވިލާ ކޮލެޖުން ބުންޏެވެ.

މައުރަޒު ފަށްޓަވައިދެއްވީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ އެމްޑީ މުއާޒު މުހައްމަދު ރަޝީދެވެ.

ވިލާ ކޮލެޖުން ރާއްޖޭގައި ބޭއްވި ފުރަތަމަ އިންޖިނިއަރިން މައުރަޒުގެ ތެރެއިން -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު
ވިލާ ކޮލެޖުން ރާއްޖޭގައި ބޭއްވި ފުރަތަމަ އިންޖިނިއަރިން މައުރަޒުގެ ތެރެއިން -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ވިލާ ކޮލެޖުން ރާއްޖޭގައި ބޭއްވި ފުރަތަމަ އިންޖިނިއަރިން މައުރަޒުގެ ތެރެއިން -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

މުއާޒް ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޔުނިވާސިޓީތަކުގެ ދަރިވަރުން އިނޮވޭޓިވް އިންޖިނިއަރިން ހިޔާލުތައް ގެންނަމުންދާ ގޮތާއި، ރާއްޖޭގައި ވެސް މިގޮތަށް ރާއްޖޭގެ ލޭންޑްސްކޭޕަށް ފެތޭ އިންޖިނިއަރިން ސޮލިއުޝަންތަކަށް މަސައްކަތްކުރަން ޖެހޭ ކަމަށެވެ.

ރާއްޖޭގެ ޔުނިވަރސިޓީތަކުގެ ދަރިވަރުންނަށް އެހީތެރިކަން ބޭނުންވާނަމަ، އެހީތެރިކަން ފޯރުކޮށްދިނުމަކީ އުފާކުރާނެ ކަމެއް ކަމަށް ވެސް މުއާޒް ވިދާޅުވި އެވެ.

ވިލާ ކޮލެޖުން ރާއްޖޭގައި ބޭއްވި ފުރަތަމަ އިންޖިނިއަރިން މައުރަޒުގެ ތެރެއިން -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު
ވިލާ ކޮލެޖުން ރާއްޖޭގައި ބޭއްވި ފުރަތަމަ އިންޖިނިއަރިން މައުރަޒުގެ ތެރެއިން -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ވިލާ ކޮލެޖުން ރާއްޖޭގައި ބޭއްވި ފުރަތަމަ އިންޖިނިއަރިން މައުރަޒުގެ ތެރެއިން -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ފެކަލްޓީ އޮފް އިންޖިނިއަރިންގެ ހެޑް އޮފް ސްކޫލް، އުދުމާ އަބްދުލް ލަތީފް ވަނީ އިންޖިނިއަރިންގެ ދާއިރާއިން ކޮލެޖުގެ ދަރިވަރުން ކުރިއަށް ދިއުމަށް މަގު ފަހިކޮށްދެއްވަމުން ގެންދަވާ ގޮތުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ.

"މި މައުރަޒަކީ ހަމައެކަނި ހަރަކާތެއް ނޫން. މިއީ އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް، މެކޭނިކަލް އަދި މެކަޓްރޯނިކްސް އިންޖިނިއަރިންގެ ދާއިރާއިން ދަރިވަރުން ވޭތުވެ ދިޔަ އަހަރު ތަކުގައި ދެއްކި ހިތްވަރާއި ހުނަރާއި އުފެއްދުންތެރިކަމާއި ބުރަ މަސައްކަތުގެ ހެކި،" އުދުމާ ވިދާޅުވި އެވެ.

މި މައުރަޒުގެ ތެރެއިން ސޯލާ ހަކަތައާއި، ވޮއިސް ކޮންޓްރޯލް ކޮމްޕިއުޓަރު މެޝިންއާއި އެހެނިހެން އިނޮވޭޓިވް ޕްރޮޖެކްޓްސް ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox