މާލެ ސިޓީ ކައުންސިލްގެ އެސްޖީ މަގާމުން ވަކިކޮށްފި

މާލެ ސިޓީ ކައުންސިލްގެ އެސްޖީ ވަޖީހު ނަސީރު --- ފޮޓޯ: ސޯޝަލް މީޑިއާ

މާލެ ސިޓީ ކައުންސިލްގެ އެސްޖީ ވަޖީހު ނަސީރު --- ފޮޓޯ: ސޯޝަލް މީޑިއާ

މާލެ ސިޓީ ކައުންސިލުގެ ސެކެރެޓަރީ ޖެނެރަލް (އެސްޖީ) ގެ މަގާމުގައި ހުންނެވި ވަޖީހު ނަސީރު އެ މަގާމުން ވަކިކުރުމަށް މިއަދު ބޭއްވި އެ ކައުންސިލުގެ ބައްދަލުވުމުގައި ފާސްކޮށްފި އެވެ.

މިއަދު އޮތް ކައުންސިލް ބައްދަލުވުމަށް އެސްޖީ މަގާމުން ވަކިކުރުމަށް ހުށަހެޅުއްވީ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް އެވެ. މި މައްސަލައަކީ މީގެ ދެ ހަފްތާ ކުރިން ފޮނުވާފައި ވާ މައްސަލައެއް ކަމަށާއި މި މައްސަލަ މިއަދު އެޖެންޑާ ކުރަންޖެހޭނެ ކަމަށް ނަރީޝް ބައްދަލުވުމުގައި ވިދާޅުވި ކަމަށް ކައުންސިލުގެ އޮފިޝަލަކު މި ނޫހަށް މައުލޫމާތު ދެ އެވެ.

"މީގެ ދެ ހަފްތާކުރިން ހުށައެޅި މައްސަލައެއް މީ. މިއަދު ކޮންމެހެން މި މައްސަލަ އެޖެންޑާ ކުރަން ޖެހޭނެ ކަމަށް ބުނެ އެޖެންޑާ ކުރީ އެ. ޑެޕިއުޓީ މޭޔަރު އެޖެންޑާ ނުކުރީ ކީއްވެތޯ ސުވާލު ކުރުމުން މޭޔަރު ބުނި މިކަމަށް ޑިސްކަސް ކޮށްލަން ވަގުތު ބޭނުންވާ ކަމަށް," ކައުންސިލުގެ އޮފިޝަލު މައުލޫމާތު ދިނެވެ.

އެސްޖީ މަގާމުން ވަކިކުރުމަށް މައްސަލަ ހުށަހެޅީ ގާނޫނީ ޒިންމާ އަދާނުކުރެވޭ ކަމަށް ބުނެ އެވެ. އަދި ތަނުގެ މަސައްކަތް ނުހިނގާ ލަސްވާ ކަމަށާއި ކައުންސިލުގެ ބައެއް މުވައްޒަފުންނަށް ފިޔަވަޅު އަޅައިދޭން ބުނުމުން ނާޅާދޭ ކަންވެސް މި މައްސަލާގައި ފާހަގަކޮށްފައިވެ އެވެ. މާލެ ސިޓީ ކައުންސިލަށް ހުށައަޅާ ބިލުތަކަށް ލާރި ދޫނުކުރާ ކަމަށް ވެސް މި މައްސަލާގައި ބުނެފައިވެ އެވެ.

މިިކަމާއި ގުޅިގެން ވާހަކަ ދައްކަވަމުން ސިޓީ ކައުންސިލުގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ފާތިހު އެ ބައްދަލުވުމުގައި ވިދާޅުވީ މި މައްސަލައަށް ލިޔުމުން ޖަވާބު ދިނުމުގެ ފުރަސަތު އެސްޖީއަށް ދޭން ވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ މިހުރި ހިތްހަމަ ނުޖެހުމަށް ލިޔުމުން ޖަވާބެއް އެރުވުމަށް ފުރުސަތު އެސްޖީއަށް ނަމަވެސް ދޭންޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން" ސައިފް ވިދާޅުވި އެވެ.

އެސްޖީ ވަކިކުރީ މިއަދުގެ ބައްދަލުވުމުގައި ނެގި ވޯޓުގެ މެޖޯރިޓީންނެވެ. ނަމަވެސް މި ވޯޓުގައި ސައިފް އާއި މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އައިޝަތު ނާޒިމާ ވޯޓުގައި ބައިވެރިވެފައި ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox