މާލެ އަޑީގައި އޮއްވައި ސިފައިން ފެން ހިންދަން ނުކުތީ މެންދުރު ފަހު

މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުން: ސިފައިން ފެން ހިންދަން ނިކުތީ މެންދުރު ފަހު -- ފޮޓޯ: އަދަދު

މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުން: ސިފައިން ފެން ހިންދަން ނިކުތީ މެންދުރު ފަހު -- ފޮޓޯ: އަދަދު

މާލެއަށް އިއްޔެ ބޯކޮށް ވާރޭވެހި ފެންބޮޑުވެ ރަށް ފެނު އަޑީގައި އޮއްވައި، ސިފައިން ފެން ހިންދަން ނުކުތީ މެންދުރު ފަހު ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.

އިއްޔެ ހެނދުނުން ފެށިގެން މާލެއަށް ބޯކޮށް ދިޔައީ ވާރޭ ވެހެމުންނެވެ. ނަމަވެސް "އަދަދު" އަށް އެނގިފައިވާ ގޮތުގައި ސިފައިން ފެން ހިންދަން ނުކުމެފައި ވަނީ މެންދުރުފަހު 2:00 އާއި 3:00 އާ ދެމެދު އެވެ.

"މާލޭގައި މެންދުރު ފެން ހިންދަން ފެށި ކަމަށް ބެލެވެނީ. ޔަގީންކޮށް ބުނަން އެނގެނީ 2:45 ހާއިރު ހަ ސަރަހައްދެއްގައި އަށް ޕަމްޕް ބަހައްޓައިގެން ފެން ހިންދަމުން ދިޔަކަން،" އެންޑީއެމްއޭގެ އޮފިޝަލަކު ވިދާޅުވި އެވެ.

އިއްޔެ ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ވިދާޅުވީ ވިއްސާރައަށް އެމްއެންޑީއެފް އޮތީ ތައްޔާރުވެފައި ކަމަށެވެ. ނަމަވެސް ކުރީ ބައިގައި ފެން ހިންދުމުގެ މަސައްކަތް ނުކުރުމުން ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވި އެވެ.

އިއްޔެ މޫސުން ގޯސް ވާނެ ކަމަށް ކުރީ ބައިގައި މެޓް އިން ލަފާކުރި އެވެ. އެއާއެކު ސްކޫލްތައް އިއްޔެ ބަންދު ނުކުރުމުން އެކަމަށް ވެސް ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވި އެވެ.

މޫސުން މިއަދު ރަނގަޅަށް އޮތްއިރު މިއަދު ސަރުކާރު ބަންދު ކުރުމުން ވެސް އެކަމަށް ގިިނަ ބައެއްގެ ފާޑުކިޔުން ދަނީ އަމާޒުވަމުންނެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ބުނީ ފާއިތުވި 24 ގަޑިއިރު ތެރޭގައި އެންމެ ބޯކޮށް ވާރޭވެހުނީ މާލެއަށް ކަމަށެވެ. އެއީ 89.4 މިލިމީޓަރުގެ ވާރެ އެވެ.

ހުޅުލެއަށް 63.4 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށާއި ހުޅުމާލެއަށް 42.1 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށް ވެސް މެޓް އިން ބުނި އެވެ.

މާލެއަށް ޑިސެމްބަރު 5، 2018 ގައި 223 މިލިމީޓަރުގެ ވާރޭ ވެހުނުއިރު އެއީ މިހާތަނަށް އެންމެ ބޯކޮށް މާލެއަށް ވާރޭ ވެހުނު ދުވަހެވެ. އަދި ޑިސެމްބަރު 11، 1998 ގައި މާލެއަށް 200 މިލިމީޓަރުގެ ވާރޭ ވެހުނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox