އަޒާނުގެ އަނބިކަނބަލުން އިންޑިއާއިން ބޭރުކޮށްފި

ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން: އަޒާނުގެ އަނބިކަނބަލުން އިންޑިއާއިން ބޭރުކޮށްފި --- ފޮޓޯ: މަޖިލިސް އިދާރާ

ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން: އަޒާނުގެ އަނބިކަނބަލުން އިންޑިއާއިން ބޭރުކޮށްފި --- ފޮޓޯ: މަޖިލިސް އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫމެދު ދާއިރުގެ މެންބަރު އަހުމަދު އަޒާންގެ އަނބިކަނބަލުން އިންޑިއާއަށް ވަޑައިގަތުމުން އެ ގައުމުން ބޭރުކޮށްފި އެވެ.

މިދިޔަ އާދީއްތަ ދުވަހު އަޒާންގެ އަނބިކަނބަލުން އިންޑިއާގެ ކޮޗިންއަށް ވަޑައިގެންނެވިއިރު، އަޒާން ހުންނެވީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމަނިއަން ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުގައި އައްޑޫ ސިޓީއަށް ވަޑައިގަންނަވާތީވެ، މަރުހަބާ ދެންނެވުމަށް އައްޑޫގަ އެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި އަޒާންގެ އަނބިކަނބަލުން ކޮޗިންއަށް ވަޑައިގަތީ އާއިލާގެ ބޭފުޅަކު އޮޕަރޭޝަނެއް ކުރާތީ އެވެ. ނަމަވެސް އޭނާގެ ނަން އިންޑިއާގެ "ބްލެކް ލިސްޓެއްގައި" އޮތުމުން ގިނަ އިރުތަކެއް ވަންދެއް ކޮޗިންގެ އިމިގްރޭޝަންގައި ހިފެހެއްޓި އެވެ.

ކޮޗިންއަށް އެތެރެވުމަށް އަޒާންގެ އަނބިކަނބަލުންނަށް ހާއްސަ ހުއްދައެއް ދިނީ، އެންމެ އަވަހަށް އޮންނަ ޝެޑިއުލް ފްލައިޓަކުން ރާއްޖެ ފުރަން ޖެހޭ ގޮތަށް ކަމަށް މައުލޫމާތު އެނގޭ ބައެއް މީހުން "އަދަދު" ނޫހަށް ވިދާޅުވި އެވެ.

"އެހެންވެ، އިއްޔެ ހެނދުނު އޭނާ މާލެ އައީ،" މައުލޫމާތު ދިން މީހަކު ބުންޏެވެ.

އަޒާން ވިދާޅުވީ އަނބިކަނބަލުން އިންޑިއާއިން ބޭރުކުރީ ނޫން ކަމަށާއި ކޮޗިންގެ އިމިގްރޭޝަނުން ކަންކަން ކުރި ގޮތުން، އަނބުރައި ގެންނަން ބޭނުންވީ ކަމަށެވެ.

"[އަންހެނުން އިންޑިއާ އަށް] ނުވައްދަން އުޅުނު، އެކަމަކު ވެއްދި. [އެހެންވެ] މަ ބޭނުން ނުވީ ދެން އެތާ ހުންނަން، އެހެން ހެދީމަ. އަހަރެން ބުނެގެން [އަންހެނުން] އައީ،" އަޒާން ވިދާޅުވި އެވެ.

އަޒާންއަކީ ރާއްޖޭގައި ގާއިމުވެފައި އޮތް އިންޑިއާގެ އަސްކަރިއްޔާ އަނބުރައި ފޮނުވާލުމަށް "އިންޑިއާ އައުޓު" ގެ ނަމުގައި އެންމެ ފުރަތަމަ ކެމްޕޭނު ހިންގި އެކަކެވެ. އެ ކެމްޕޭނުގައި އިސްކޮށް އުޅުނު ފަރާތްތަކާއި އެފަދަ ބައެއް މީހުންގެ އާއިލާގެ ބައެއް މެންބަރުންނަށް އިންޑިއާ އަށް ދިޔުމުން އަނބުރައި ފޮނުވާލާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox