ތިމާވެއްޓާ ބެހޭ ކޮމިޓީއަށް އަންނަ ހަފްތާގައި އީޕީއޭ ހާޒިރު ކުރަނީ

އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ބޭއްވި ބައްދަލުވުމުގެ ތެރެއިން: އެ ކޮމިޓީއަށް އީޕީއޭ ހާޒިރުކުރަން ވަނީ ނިންމާފައި -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ބޭއްވި ބައްދަލުވުމުގެ ތެރެއިން: އެ ކޮމިޓީއަށް އީޕީއޭ ހާޒިރުކުރަން ވަނީ ނިންމާފައި -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އެކިއެކި މައްސަލަތަކުގައި ތިމާވެއްޓަށް ގެއްލުން ލިބޭތީ ޖޫރިމަނާކޮށްފައިވާ ފަރާތްތަކުން ފައިސާ ނުދައްކާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަންނަ ހޯމަ ދުވަހު ހާޒިރުކުރަން މިއަދު ފާސްކޮށްފި އެވެ.

ޖޫރިމަނާ ފައިސާ ނުދައްކާ މައްސަލައާ ގުޅިގެން ކޮމިޓީން ބޭއްވި މަޝްވަރާ ބައްދަލުވުމުގައި އީޕީއޭ ހާޒިރުކުރަން ހުށަހެޅުއްވީ ގެމަނަފުށީ ދާއިރާގެ މެންބަރު އަސަދުﷲ ޝިހާބު އެވެ. އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު އެވެ.

"އަޅުގަނޑަށް ހީވަނީ މިހާ ގިނަ ދުވަސް ވަންދެން ފައިސާ ނުލިބި އަދި ކޭސްތަކާ މެދު ގޮތެއް ނުނިންމި މިހިރީ ކޮންމެވެސް އިދާރާތަކެއްގެ މައްސަލަތަކެއް އުޅެގެންހެން. އެހެންވީމަ މި ފައިސާ ލިބުމުގައި ދަތިވެފައި ހުރި ކަންކަން ކީއްވެގެންތޯ މި ފައިސާ ނުލިބި ހުރީ އަޅުގަނޑުމެން ބަލާލަން މަސައްކަތްކުރާއިރުގައި އަޅުގަނޑަށް ހީވަނީ އެންމެ ފުރަތަމަ އީޕީއޭއާ ކަންނޭގޭ މަޝްވަރާ ކުރަންވީ،" އަސަދުﷲ ވިދާޅުވި އެވެ.

އަސަދުﷲ ވިދާޅުވީ އީޕީއޭއިން ބައެއް ފަހަރު ވަރަށް ފަރުވާ ކުޑަކޮށް މައްސަލަތައް ނިންމާފައި އެބަހުރި ކަމަށާއި އީޕީއޭ ކޮމިޓީއަށް ހާޒިރުކޮށްގެން އެކަންތައްތައް ސާފުކުރަން ވެސް ޖެހޭ ކަމަށެވެ.

އެޓާނީ ޖެނެރަލް އޮފީހުން ކޮމިޓީއާ ހިއްސާކޮށްފައިވާ ޝީޓުން ޖޫރިމަނާގެ ގިނަ މައްސަލަތައް ކޯޓުގައި ނިމިފައި ހުރިކަން އެނގެން ނެތްކަން ފާހަގަކުރައްވައި ޒަރީރު ވިދާޅުވީ އީޕީއޭ ހާޒިރުކުރާއިރު ހެދިފައި ހުރި ގާނޫނުތަކާއި ގަވާއިދުތައް ރަނގަޅަށް ދިރާސާކުރަން ޖެހޭ ކަމަށެވެ.

ތިމާވެއްޓަށް ގެއްލުން ލިބޭ އެކިއެކި މައްސަލަތަކާއި ގުޅިގެން އީޕީއޭއިން އެކި ކުންފުނިތައް ޖޫރިމަނާ ކޮށްފައި އެބަހުއްޓެވެ. އޭގެ ތެރޭގައި ސަރުކާރުގެ ކުންފުނިތަކާއި އަމިއްލަ ކުންފުނިތައް ވެސް ހިމެނެ އެވެ. ނަމަވެސް, އޭގެ ތެރެއިން ބައެއް ކުންފުނިތަކުން ޖޫރިމަނާ ފައިސާ ނުދައްކާތީ، އީޕީއޭއިން ކުރިން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox