މާފަރު އެއާޕޯޓުގެ އޭޕްރަން ބޮޑުކުރަން އެމްޓީސީސީއާ ހަވާލުކޮށްފި

މާފަރު އެއާޕޯޓުގެ އޭޕްރަން ބޮޑުކުރަން އެމްޓީސީސީއާ ހަވާލުކުރުން -- ފޮޓޯ؛ އެމްޓީސީސީ

މާފަރު އެއާޕޯޓުގެ އޭޕްރަން ބޮޑުކުރަން އެމްޓީސީސީއާ ހަވާލުކުރުން -- ފޮޓޯ؛ އެމްޓީސީސީ

ނ. މާފަރު އެއާޕޯޓުގައި މިހާރަށް ވުރެ ގިނަ ޖެޓު ޖެއްސޭ ގޮތް ފަހިކުރަން ހިންގާ އެ އެއާޕޯޓުގެ އޭޕްރަން ބޮޑުކުރުމުގެ މަޝްރޫއު އައިލެންޑް އެވިއޭޝަން (މޯލްޑިވިއަން) އިން އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

މާފަރު އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަބްދުﷲ ޒިޔާދެވެ. އަދި މޯލްޑިވިއަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެމްޑީ އިބްރާހިމް އިޔާސެވެ.

"މި މަޝްރޫއުގެ ދަށުން މިހާރު އޮތް 453 އަކަ މީޓަރުގެ ފަޔާ ރޯޑު ތަޅާލުމާއި، 18،660 އަކަ މީޓަރު ސަރަހައްދެއްގެ ވެލިގަނޑުގެ މަތީ ފަށަލަ ނަގައި، ސަބްބޭސް ތައްޔާރުކޮށް، ވެރިންގެ ކޯސްއެއް އެޅުމާއި، 4،047 އަކަ މީޓަރުގެ ސަރަހައްދެއް ގްރޭޑްކޮށް ކޮމްޕެކްޓްކުރުމުގެ މަސައްކަތް ހިމެނޭ،" އެމްޓީސީސީން ނެރުނު ނޫސް ބަޔާނެއްގައި ބުންޏެވެ.

އެއާފީލްޑް ލައިޓިން ސިސްޓަމަކާ އެކީ ހިމެނޭ މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 180 ދުވަސް ތެރޭގައި ނިންމާ ގޮތަށް 29.85 މިލިއަން ރުފިޔާއަށެވެ.

އެމްޓީސީސީން ބުނި ގޮތުގައިި މަޝްރޫއުގެ ދަށުން މާފަރު އެއާޕޯޓް އޭޕްރަން ބޮޑުކުރުމުގެ މަސައްކަތް ނިމުމާއެކު، އެއާޕޯޓުގެ ހިދުމަތް އިތުރަށް ޒަމާނީވެ ފުރިހަމަވެގެންދާނެ ކަމަށާއި އެގޮތުން އެއާޕޯޓުގެ ހިދުމަތް އިތުރަށް ފުޅާވެ ވަޒީފާގެ ފުރުސަތުތައް ވެސް އިތުރުވެގެންދާނެ ކަމަށެވެ.

"މިއީ ހަމަ ގައިމު ވެސް ނޫނު އަތޮޅާއި އަދި މާފަރުގެ އިގްތިސާދީ ތަރައްގީއަށް ކުރިއެރުންތަކެއް އަންނާނޭ މަޝްރޫއުތަކެއްގައި މި ކުންފުނިން ގަބޫލުކުރަން،" އެމްޓީސީސީން ބުންޏެވެ.

މާފަރު އެއާޕޯޓުގެ އެހެން މަސައްކަތްތަކެއް ވެސް އެމްޓީސީސީން ކޮށްފައިވެ އެވެ. އެ ފަހަރު އެމްޓީސީސީއާ ހަވާލުކޮށްގެން ކުރި މަސައްކަތަކީ ރަންވޭގެ 650 މީޓަރު ދިގުކުރުމާއި ސްޓްރިޕް ފުޅާކުރުމަށްޓަކައި ބިން ހިއްކުމާއި ގޮނޑުދޮއް ހިމާޔަތްކުރުމާއި، މިހާރު ބޭނުންކުރާ ރަންވޭ ޕޭވްމަންޓް އަޕްގްރޭޑްކުރުމެވެ.

މާފަރު އެއާޕޯޓު ހިންގަނީ ގައުމީ އެއާލައިން ހިންގާ، އައިލެންޑް އޭވިއޭޝަން ކުންފުނިންނެވެ. މި އެއާޕޯޓަކީ ޔޫއޭއީގެ އަބޫދާބީ ފަންޑުން ފަންޑުކޮށްގެން ތަރައްގީކުރި އެއާޕޯޓެކެވެ.

މި އެއާޕޯޓު މަޝްހޫރުވެފައި ވަނީ ނޫނު އަތޮޅާއި ކައިރި އެހެން އަތޮޅުތަކުގެ މަތީ ފަންތީގެ ރިސޯޓުތަކަށް އަންނަ ޓޫރިސްޓުންގެ ޖެޓުތައް ޖައްސާ އެއާޕޯޓެއްގެ ގޮތުގަ އެވެ. މިދިޔަ އަހަރު އެކަނި ވެސް މާފަރަށް 353 ޖެޓު ޖެއްސި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސިނެޓެކްސްގެ ވެބްސައިޓް އަލުން ފަރުމާކޮށްފި

ދިވެހި ތިން ޒުވާނުން އުފެއްދި "ސިނެޓެކްސް" ކުންފުނިން ބައިނަލްއަގުވާމީ ބާޒާރަށް އަމާޒުކޮށް އެ ކުންފުނީގެ ވެބްސައިޓް އަލުން ފަރުމާކޮށްފިއެވެ. މި ކުންފުނީގެ މައިގަނޑު މަގުސަދަކީ ދިވެހިބަހާ އެއްގޮތަށް ޑިޖިޓަލް ވަސީލަތްތައް މަދު ބަސްތަކަށް އޭއައި މޮޑެލްތަކާއި ސައިބަރ ސެކިއުރިޓީ ހައްލުތައް ފޯރުކޮށްދިނުމެވެ. އެގޮތުން 'ތާނަ އޭއައި' މެދުވެރިކޮށް ލިބޭ ހިދުމަތްތައް ފުޅާކޮށް، ކުރިއަށް އޮތް "ސްލަޝް 2026" ކޮންފަރެންސްގައި ދުނިޔޭގެ ފެންވަރުގައި މި ޓެކްނޮލޮޖީ ތައާރަފުކުރުމަށް އެ ކުންފުނިން ދަނީ ތައްޔާރުވަމުންނެވެ.

ފެނަކައިގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރައިފި

ފެނަކަ ކޯޕަރޭޝަންގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރާފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެފައިވާއިރު، މީގެ ތެރޭގައި ގިނައީ ސަޕްލަޔަރުންނަށް ނުދައްކާ ހުރި ފައިސާ އާއި ނަގާފައިވާ ލޯނުތައް. މި ހުރިހާ ދަރަންޏަކާއެކީ ސަރުކާރުން ވަނީ އެ ކުންފުނި އުވާލާ، ސްޓެލްކޯއާ އެއްކޮށްލަން ނިންމާފަ.

ފޭކް ކޯލްތަކަކުން 400 މިލިއަން ޑޮލަރުގެ ކްރިޕްޓޯ ވަގަށް ނަގައިފި

އުތުރު ކޮރެއާގެ ހެކަރުން އޮޅުވާލައިގެން ކުރި ވީޑިއޯ ކޯލްތަކެއް މެދުވެރިކޮށް 400 މިލިއަން ޑޮލަރަށްވުރެ ގިނަ ކްރިޕްޓޯކަރަންސީ ވަގަށް ނަގާފައިވާކަން އެފްބީއައި އިން ހާމަކޮށްފިއެވެ. "ފޭސްސްޓީލާ" ގެ ނަމުން ނަންދީފައިވާ މި ރޭވުމުގައި، ކުރިން ރެކޯޑްކޮށްފައިވާ ވީޑިއޯ ބޭނުންކޮށްގެން 900 އަށްވުރެ ގިނަ މީހުންނަށް އޮޅުވާލާފައިވާއިރު، މި ފައިސާ ބޭނުންކުރަނީ އެ ގައުމުގެ ހަތިޔާރު އުފެއްދުމުގެ މަޝްރޫއުތަކަށް ކަމަށް އެމެރިކާއިން ތުހުމަތުކުރެއެވެ.

ބީއެމްއެލް ކާނިވާ 44 ސެންޓްރަލް ޕާކުގައި

ބޭންކް އޮފް މޯލްޑިވްސްގެ 44 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް "ބީއެމްއެލް ކާނިވާ 44" ނޮވެމްބަރު 11 އިން 14 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޔޫރޯ ސްޓޯރުން ފުރަތަމަ ފަހަރަށް ބައިވެރިވާ މި ކާނިވަލުގައި ތަފާތު ކާބޯތަކެތީގެ އިތުރުން މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކެއް އާއިލާތަކަށް އަމާޒުކޮށްގެން ކުރިއަށްދާނެއެވެ.

މީރާގެ ރައްދު ގަވަރުނަރަށް: ރިސޯޓުތައްވެސް އޮޑިޓުކުރަން

ރިސޯޓުތަކުން ޓެކްސް ދައްކާ މިންވަރު މަދުވުމުން އެ ތަންތަން އޮޑިޓްކުރަން ގަވަރުނަރު ގޮވާލެއްވުމާ ގުޅިގެން، މީރާއިން ވަނީ ވަކި އުސޫލެއްގެ ދަށުން ހުރިހާ ދާއިރާއެއްގެ ވިޔަފާރިތައްވެސް އޮޑިޓްކުރަމުންދާ ކަމަށް ބުނެ ރައްދުދީފައި. މީރާއިން ބުނިގޮތުގައި ޓެކްސް ގާނޫނުތައް ތަންފީޒުކުރުމުގައި ހުރިހާ ފަރާތްތަކަކަށްވެސް އަމަލުކުރަނީ ހަމަހަމަ އުސޫލަކުން.

ދިރާގުޕޭ ކަސްޓަމަރުންނަށް މާދަމާ އެންމެ ރުފިޔާއަކަށް ބޯބާއެއް

ދިރާގުޕޭ ބޭނުންކުރާ ކަސްޓަމަރުންނަށް އެންމެ ރުފިޔާއަކަށް ބޯބާ ލިބޭ ހާއްސަ ޕްރޮމޯޝަނެއް މާދަމާ ހެނދުނު 10:00 އިން ފެށިގެން ވިކްޓޯރިއަސް ކެފޭގައި ކުރިއަށްދާނެއެވެ. ފުރަތަމަ 1,000 ކަސްޓަމަރުންނަށް ހުޅުވާލާފައިވާ މި އޮފާގައި ދިރާގުޕޭގެ މިހާރުގެ ކަސްޓަމަރުންނާއި އަލަށް ރަޖިސްޓްރީވާ ފަރާތްތަކަށްވެސް ބައިވެރިވެވޭނެއެވެ.

އެމްއައިބީގެ އީޖީއެމްގައި ބޯޑަށް ދެ މެންބަރަކު އައްޔަންކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ބޯޑުގައި ހުސްވެފައިވާ މަގާމުތަކަށް ހަސަން މަހޫދު އާއި އިޔާޒު ވަހީދު މިއަދު ބޭއްވި ހާއްސަ އާންމު ޖަލްސާގައި އައްޔަންކޮށްފިއެވެ. "ފަހިވޯޓު" މެދުވެރިކޮށް ބޭއްވި މި ޖަލްސާގައި ބޭންކުގެ 71.73 އިންސައްތަ ހިއްސާދާރުން ބައިވެރިވެފައިވާއިރު، އަލަށް އައްޔަންކުރި މެންބަރުންނަކީ މާލީ އަދި އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

Newsletter

Get the latest news delivered straight to your inbox