އިންޑިއާގެ އެހީގައި ސިވިލް ސާވަންޓުން ތަމްރީން ކުރުމުގެ އެއްބަސްވުން އާކޮށްފި

އިންޑިއާގެ އެހީގައި ސިވިލް ސާވަންޓުން ތަމްރީން ކުރުމުގެ އެއްބަސްވުން ކުރުން -- ފޮޓޯ: އެކްސް

އިންޑިއާގެ އެހީގައި ސިވިލް ސާވަންޓުން ތަމްރީން ކުރުމުގެ އެއްބަސްވުން ކުރުން -- ފޮޓޯ: އެކްސް

އިންޑިއާގެ އެހީގައި ރާއްޖޭގެ އިތުރު 1،000 ސިވިލް ސާވަންޓުން ތަމްރީންކުރުމުގެ އެއްބަސްވުން އާކޮށް، ނެޝަނަލް ސެންޓާ ފޯ ގުޑް ގަވަނަންސް އެންޑް ސިވިލް ސާވިސެސް ކޮމިޝަންއާއެކު ރާއްޖޭގެ ސިވިލް ސާވިސް ކޮމިޝަނުން އެމްއޯޔޫއެއްގައި ރޭ ސޮއިކޮށްފި އެވެ.

އެ އެމްއޯޔޫގައި ސޮއިކުރީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމަނިއަމް ޖައިޝަންކަރު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުގެ ތެރެއިން ފޮރިން މިނިސްޓްރީގައި ރޭ ބޭއްވި ރަސްމިއްޔާތެއްގަ އެވެ.އެމްއޯޔޫގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހް އެވެ. އަދި އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު މުނޫ މަހާވަރު އެވެ.

"މި އެމްއޯޔޫގެ ދަށުން ސިވިލް ސާވަންޓުން ތަމްރީން ކުރުމުގެ އެއްބަސްވުން އާކުރެވިގެން މި ދިޔައީ. މި ޕްރޮގްރާމުގެ ދަށުން އިތުރު ހަރުފަތްތަކަށް ދެވޭނެ ކަމަށް އުންމީދުކުރަން،" އެ ރަސްމިއްޔާތުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޖައިޝަންކަރު ވިދާޅުވި އެވެ.

ސިވިލް ސާވިސް ކޮމިޝަނުން ބުނީ މި އެމްއޯޔޫގެ ސަބަބުން މުވައްޒަފުންނަށް ގިނަ ކުރިއެރުންތައް ލިބިގެންދާނެ ކަމަށެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް 2019 ގައި ކުރެއްވި ދަތުރުފުޅުގައި ވެސް 1،000 މުވައްޒަފުން ތަމްރީން ކުރުމަށް އެމްއޯޔޫއެއްގައި ސޮއިކުރި އެވެ. އެ އެމްއޯޔޫގެ ދަށުން ގިނަ އަދަދެއްގެ މުވައްޒަފުން މިހާތަނަށް ވަނީ އިންޑިއާގައި ތަމްރީން ފުރިހަމަކޮށްފަ އެވެ.

އެ ރަސްމިއްޔާތުގައި އިންޑިއާގެ އެހީގައި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ސްޕީޗް ތެރަޕީ ޔުނިޓް ގާއިމު ކުރުމާއި ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި މެންޓަލް ހެލްތު ޔުނިޓް ގާއިމުކުރުމުގެ މަޝްރޫއުގެ ނިންމުން ވަނީ ފާހަގަކޮށްފަ އެވެ.

މީގެއިތުރުން ގދ.ތިނަދޫ އަބޫބަކުރު ސްކޫލާއި އިހައްދޫ ސްކޫލާއި ހއ އެޑިއުކޭޝަން ސެންޓަރުގައި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް (އައިއީއެސް) ޔުނިޓް ގާއިމުކުރުމާއި ތ. ތިމަރަފުށި، ތ. ވޭމަންޑޫ، ގއ. ކޮނޑޭގައި މަގުބައްތި ހަރުކުރުމުގެ މަޝްރޫއު ނިންމުން ވަނީ ފާހަގަކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox