ބައިލައްކަ ރުފިޔާގެ މުސާރައަކަށް އެމްއެމްއޭ އަށް ފަސް މެނޭޖިން ޑިރެކްޓަރުން ހޯދަން އިއުލާނުކޮށްފި

އެމްއެމްއޭ އިމާރަތައް ވަންނަ ދޮރު: އެމްއެމްއޭއަށް ފަސް މެނޭޖިން ޑިރެކްޓަރުން ހޯދަން ވަނީ އިއުލާނުކޮށްފަ --- ފޮޓޯ: އަދަދު

އެމްއެމްއޭ އިމާރަތައް ވަންނަ ދޮރު: އެމްއެމްއޭއަށް ފަސް މެނޭޖިން ޑިރެކްޓަރުން ހޯދަން ވަނީ އިއުލާނުކޮށްފަ --- ފޮޓޯ: އަދަދު

މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ފަސް މެނޭޖިން ޑިރެކްޓަރުން ހޯދަން އިއުލާނުކޮށްފި އެވެ.

އެ އިދާރާއިން މިއަދު ގެޒެޓުކުރި އިއުލާނެއްގައި ބުނީ ފަސް އެމްޑީންގެ ގޮތުގައި ބޭނުންވަނީ ހިދުމަތްކުރުމަށް ހުނަރުވެރި ގާބިލު އަދި އިހުލާސްތެރިކަމާއި ތެދުވެރިކަމާއެކު ކުރިއަށް ދިއުމަށް ޝައުގުވެރިވާ މީހުން ކަމަށެވެ. އަދި މި ވަޒީފާތަކައް ދެ ޖިންސުގެ މީހުންނަށް ވެސް ހަމަހަމަ ފުރުސަތު އޮތް ކަމަށްވެސް އެމްއެމްއޭ އިން ބުންޏެވެ.

އެމްއެމްއޭ އެމްޑީން ހޯދަން އިއުލާނުކުރި ދާއިރާތައް

  • މަނިޓަރީ ޕޮލިސީ، ރިސަރޗް އެންޑް ސްޓެޓިސްޓިކްސް
  • ފައިނޭންޝަލް ސްޓެބިލިޓީ
  • ބޭންކިންގ އޮޕަރޭޝަންސް
  • ކޯޕޮރޭޓް ސަރވިސަސް
  • ފައިނޭންޝަލް ސެކްޓަރ ޑިވަލަޕްމަންޓް

ޝައުގުވެރިވާ ފަރާތްތަަކުން މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އޮގަސްޓު 22، ގެ މެންދުރު 1:00 އާ ހަމައަށް ވަނީ ހުޅުވާލާފަ އެވެ. މެނޭޖިން ޑިރެކްޓަރުންގެ މުސާރައަކީ 50،000ރ. އާއި 55،000ރ. އާ ދެމެދުގެ އަދަދެކެވެ. އެކަކަށް މި މަގާމު އަދާކުރެވޭނީ ފަސް އަހަރުގެ ދެ ދައުރަށެވެ.

މި މަގާމާބެހޭ އިތުރު ތަފުސީލުތައް އެމްއެމްއޭއިން ގެޒެޓުކުރި އިއުލާނުގައި ހިމަނާފައިވެ އެވެ.

މަރުކަޒީ ބޭންކުން ހޯދާ އެމްޑީގެ މަގާމަކީ އެމްއެމްއޭގައި މީގެ ކުރިން ތިބި އެސިސްޓަންޓު ގަވަރުނަރުގެ މަގާމު އުވާލައި އެ މަގާމުގައި ތިބި މީހުން އެޑްވައިޒަރުންގެ މަގާމާށް ޕްރޮމޯޓުކުރުމަށްފަހު އަލަށް އުފެއްދި މަގާމެކެވެ.

އެމްއެމްއޭގެ އޮނިގަނޑަށް ބޮޑު ބަދަލެއް ގެންނަން ނިންމެވީ އަަލަށް އައްޔަންކުރި ގަވަރުނަރު، ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މަގާމާ ހަވާލުވެވަޑައިގެންނެވުމާ އެކުގަ އެވެ.

މިފަަދަ މަގާމުތަކެއް އުފައްދާފައި މިވަނީ ރާއްޖޭގެ މާލީ ހާލަތު ވެސް ވަރަށް ގޯސްވެފައިވާ ވަގުތެއްގަ އެވެ.

އެގޮތުން މިދިޔަ މަހުުގެ ތެރޭގައި ޖުލްމަ ޑޮލަރު ރިޒާވުން 113 މިލިއަން ޑޮލަރު މަދުވުމާ ގުޅިގެން، ވޭތުވި ދިހަ އަހަރުގެ ތެރޭގައި ނުދާހާ ދަށަށް ރިޒާވު ވެއްޓިއްޖެ ކަމަށް އެމްއެމްއޭއިން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox