ކުރީ ސަރުކާރުން ހެދި އެއްބަސްވުންތައް ހާމަނުކޮށް، މި ސަރުކާރުންވެސް އިންޑިއާއާއެކު އެއްބަސްވުންތަކެއްގައި ސޮއިކުރަނީ

ރައީސް މުއިއްޒު، އިންޑިއާގެ ބޮޑުވަޒީރު މޯދީއާއެކު: މި ސަރުކާރުންވެސް ވަނީ އެ ގައުމާއެކު އެއްބަސްވުންތަކެއް ހަދަން ނިންމާފަ --- ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު، އިންޑިއާގެ ބޮޑުވަޒީރު މޯދީއާއެކު: މި ސަރުކާރުންވެސް ވަނީ އެ ގައުމާއެކު އެއްބަސްވުންތަކެއް ހަދަން ނިންމާފަ --- ފޮޓޯ: ރައީސް އޮފީސް

ކުރީ ސަރުކާރުން އިންޑިއާއާއެކު ހެދި އެއްބަސްވުންތައް ހާމަކުރަންވީ ވައުދު ނުފުއްދައި، މި ސަރުކާރުންވެސް އެ ގައުމާއެކު އާ އެއްބަސްވުންތަކެއްގައި ސޮއިކުރަން ނިންމައިފި އެވެ.

މީހުން ބިނާކުރުމާއި ވިޔަފާރީގެ ދާއިރާއިން އިންޑިއާއާއެކު އެއްބަސްވުންތަކެއްގައި ސޮއިކުރަން ނިންމާފައިވަނީ އެ ގައުމުގެ އެކްސްޓާނަލް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު މާދަމާއިން ފެށިގެން އާދިއްތަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުގަ އެވެ.

މި ދަތުރުގައި ދެ ގައުމުގެ ދެމެދު އެމްއޯޔޫ ތަކެއްގައި ސޮއިކުރާނެ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނި ނަމަވެސް އެއްބަސްވުންތަކުގެ އަދަދެއް ނުބުނެ އެވެ.

ވެރިކަންކުރާ ޕީއެންސީއިން އިދިކޮޅުގައި އޮތް ފަސް އަހަރު، ނިމިދިޔަ އެމްޑީޕީގެ ސަރުކާރަށް އެންމެ ބޮޑަށް ފާޑުކީ އިންޑިއާއާއެކު ހެދި އެއްބަސްވުންތަކާ ގުޅުވައިގެންނެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ކެމްޕޭނުގައިވެސް އެންމެ ހަރުއަޑުން ނުރުހުން ފާޅުކުރެއްވީ މި އެއްބަސްވުންތަކާ ބެހޭގޮތުންނެވެ. އެއީ "އަޑި ނޭނގޭ އެއްބަސްވުންތަކެއް" ކަމަށް ވެސް އޭރުގެ އިދިކޮޅުން ސިފަކުރި އެވެ.

އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިތާ ދެވަނަ ދުވަހު ސަރުކާރުން ވަނީ، މިދިޔަ ފަސް އަހަރުގައި ރާއްޖެއިން އިންޑިއާ އާއެކު 100 އަށްވުރެ ގިނަ އެއްބަސްވުން ހަދާފައިވާ ކަމަށް ބުނެފަ އެވެ.

ނޮވެމްބަރު 19، 2023، ގައި ރައީސް އޮފީހުގެ އަންޑާ ސެކެރެޓަރީ ފޯ ޕަބްލިކް ޕޮލިސީ، މުހައްމަދު ފިރުޒުލް ނޫސްވެރިންނާ ބައްދަލުކުރައްވާ ވިދާޅުވީ، އެ ހުރިހާ އެއްބަސްވުންތަކެއް ސަރުކާރުން ދިރާސާ ކުރާނެ ކަމަށެވެ.

"އެއްބަސްވުންތަކުގައި ސިޔާދަތަށް އުނިކަން ލިބޭ ގޮތަށް ހުރި މާއްދާތައް ހާމަ ކުރާނަން، އެހެންނަމަވެސް މީގެ ތެރޭގައި ހުންނާނެ އަސްކަރީ އެކިއެކި ޓެކްނިކަލް ޑީޓެއިލްތަކާ ގުޅޭ ކަންތައްތައް،" އެދުވަހު އޭނާ ވިދާޅުވި އެވެ.

ނަމަވެސް މިއަދާ ހަމައަށްވެސް އިންޑިއާއާއެކު ހަދާފައިވާ އެއްބަސްވުމެއް ހާމަކޮށްފައެއް ނުވެ އެވެ. އެ ގައުމާއެކު ހަދާފައިވާ ހައިޑްރޮގްރަފީ އެއްބަސްވުން ބާތިލުކުރަން ނިންމިއިރު އެ އެއްބަސްވުންވެސް ހާމައެއް ނުކުރެ އެވެ.

ސަރުކާރުން ބުނި ގޮތަށް އެއްބަސްވުންތައް ހާމަކުރަމުން ނުދާތީ މިހާރު އިދިކޮޅުގައި އޮތް އެމްޑީޕީންވެސް ދަނީ ފާޑުކިޔަމުންނެވެ. އެ ޕާޓީން ބުނާގޮތުގައި ސަރުކާރަށް އެކަން ކުރަން ނުކެރެނީ އެއްބަސްވުންތަކުގައި ގޯހެއް ނެތީމަ އެވެ.

"ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އިތުރު ކުރުމަށްޓަކާ ދެން ވިދާޅުވި ވާހަކައަކީ ސަތޭކަ އެތައް އެގްރީމެންޓެއް އެބައޮތޭ އިންޑިއާއާ އެކީގައި ވެފަ، އޭގަ އެބަހުއްޓޭ އެތައް މާއްދާތަކެއް، މިނިވަންކަމާއި ސިޔާދަތައް ގެއްލުން ލިބޭ، އެހެންވީމަ އެ އެއްޗެހި މި ދަނީ ދިރާސާ ކުރަމުންނޭ، ނޯންނާނެއޭ، މި ދިވެހިރާއްޖޭގެ އެންމެ ވެލިފުކަކަށްވެސް، އެންމެ ވެލިފުކަކަށްވެސް ގެއްލުން ލިބިދާފަދަ އެގްރީމެންޓެއް އެމްޑީޕީގެ ސަރުކާރުގަ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ވެވަޑައިގެންފައެއް ނޯންނާނެ"

ޖެނުއަރީ 11، ގައި އެމްޑީޕީގެ ރައީސް އަދި އެ ޕާޓީގެ ވެރިކަމުގައި ފޮރިން މިނިސްޓަރުކަން ކުރެއްވި އަބްދުﷲ ޝާހިދު ވިދާޅުވި އެވެ.

އިތުރަށް ކިޔާލުމަށް

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox