ގާނޫނުއަސާސީއަށް ފަސޭހައިން ބަދަލު ނުގެނެވޭ ގޮތަށް އޮތުން މުހިންމު: ގާސިމް

ރައްޔިތުންގެ މަޖިލީހުގެ މާމިނގިލި ދާއިރާގެ ރައީސް ގާސިމް އިބްރާހީމް. އޭނާއަކީ ގާނޫނުއަސާސީ އެކުލަަވައިލި ހާއްސަ މަޖިލީހުގެ ދެވަނަ ރައީސް. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ރައްޔިތުންގެ މަޖިލީހުގެ މާމިނގިލި ދާއިރާގެ ރައީސް ގާސިމް އިބްރާހީމް. އޭނާއަކީ ގާނޫނުއަސާސީ އެކުލަަވައިލި ހާއްސަ މަޖިލީހުގެ ދެވަނަ ރައީސް. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ގާނޫނުއަސާސީއަށް ފަސޭހައިން ބަދަލުތައް ނުގެނެވޭ ގޮތް ހަދަން ޖެހޭ ކަމަށް ޖޭޕީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި މިހާރު އަމަލު ކުރާ ގާނޫނުއަސާސީ ތަސްދީގު ކުރިތާ މިއަދު 16 އަހަރު ފުރުމާ ގުޅިގެން ގާސިމް ވިދާޅުވީ، މިއަދަކީ ދައުލަތުގެ ބާރުތައް ވަކިވެ، ދިވެހިންނަށް އާސާސީ ހައްގުތަކާއި ޑިމޮކްރެޓިކް އުސޫލުތަކަށް މަގުފަހިވެގެން ދިޔަ ދުވަސް ކަމަށެވެ.

ގާސިމަކީ މިހާރު އަމަލުކުރާ ފެހި ގާނޫނު އަސާސީ އެކުލަވައިލި ހާއްސަ މަޖިލީހުގެ ދެވަނަ ރައީސެވެ. އޭނާ ވިދާޅުވީ ކުރިން އޮންނަ ގޮތުން ގާނޫނު އަސާސީއަށް ބަދަލުގެނެވެނީ ހާއްސަ މަޖިލިސް އެއްކޮށްގެން ކަމަށާއި އެކަން އެގޮތަށް އޮތުމަކީ މުހިންމު ކަމެއް ކަމަށެވެ.

"އެހެން ނޫނީވިއްޔާ، ވަރަށް ފަސޭހައިން 75 ޕަސެންޓު ރައްޔިތުންގެ މަޖިލީހުގެ ތިބި މެންބަރުންގެ އަދަދުން ލިބޭ ވޯޓަކުން ގާނޫނު އަސާސީ ބަދަލުކުރެވޭ ކަމަށް ވަންޏާ އޭގެ ހުރި ނުރަނގަޅު ކަންތައްތަކެއް ވެސް އަތުވެދާނެ. އެކަމާ މެދުގަ ވެސް ވިސްނާލަން ޖެހޭ،"

ފެހި ގާނޫނު އަސާސީއަށް 16 އަހަރު ތެރޭގައި ގެނެވިފައިވަނީ މަދު އިސްލާހުތަކެއް ކަމަށާއި ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް މިހާރު މަޖިލީހަށް ލިބިދޭ ބާރުތައް ބަދަލުކުރަން ޖެހޭ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

"ގާނޫނު އަސާސީ އިސްލާހު ކުރުމަށްޓަކާ ރައްޔިތުންގެ މަޖިލީހަށް މިހާރު ލިބިފައިވާ ހުރިހާ ބާރުތަކެއް އެގޮތަށް އޮތުމުގެ ބަދަލުގައި ކޮންމެވެސް މެކޭނިޒަމެއް އެބަ ލާންޖެހެއޭ އަޅުގަނޑުމެން އެގޮތަށް އެހާ ފަސޭހައިން ބަދަލު ނުކުރެވޭނެ މެކޭނިޒަމެއް،" މި ސަރުކާރާއެކު މަސައްކަތް ކުރައްވަމުން ގެންދަވާ ގާސިމް ވިދާޅުވި އެވެ.

އެކަން އެހެން ކުރަން ޖެހެނީ ބައެއްގެ ވިސްނުމަށް އަންނަ ހިޔާލާތެއްގެ ސަބަބުން ރައްޔިތުންގެ އަސާސީ ހައްގުތަކާއި އިސްލާމް ދީން ހިމާޔަތް ކުރުމަށް ގާނޫނު އަސާސީގައި ހިމަނާފައިވާ މާއްދާތަކަށް ހުރަސް އެޅިދާނެތީ ކަމަށެވެ.

ގާސިމް މިފަދައިން ވާހަކަދެއްކެވިއިރު މީގެ ކުރިންވެސް ވެރިކަންކުރާ ޕީއެންސީގެ މަޖިލިސް މެންބަރުން ވަނީ ގާނޫނު އަސާސީއަށް ބަދަލު ގެނައުމުގެ ކަންކަން ހަރުކަށިކޮށް، ގާނޫނު އަސާސީގައި "ތަޅު އަޅުވަން" ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް، މި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައިވެސް ގާނޫނު އަސާސީއަށް ބަދަލުގެނައުން ހިމަނާފައިވެ އެވެ. ގެންނަން ކަނޑައަޅާ ތަފުސީލެއް ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.

މިހާރު އަމަލުކުރަމުން އަންނަ ގާނޫނުއަސާސީއަކީ، ގާނޫނުއަސާސީ އިސްލާހުކުރުމުގެ މަސައްކަތެއްގެ ގޮތުގައި ފެށި މަސައްކަތެއްގެ ނަތީޖާއެވެ. އިސްލާހުކުރުމުގެ ނަމުގައި މުޅިން އާ ގާނޫނުއަސާސިއެއް އެކުލަވައިލައި ނިމި، މި ގާނޫނު އަސާސީ ތަސްދީގުކުރީ 2008، އޮގަސްޓް 7، ގަ އެވެ.

އޭރުގެ ރައީސް މައުމޫނު އަބްދުލްގައްޔޫމު މި ގާނޫނުއަސާސީ ތަސްދީގުކުރެއްވީ އެކަން ނުކުރައްވައި ލަސްކުރައްވާތީ އޭރުގެ އިދިކޮޅު ފަރާތްތަކުން ރިޔާސީ ގަނޑުވަރުގެ ކައިރިއަށް އެއްވެ މުޒާހަރާތައް ވެސް ކުރި ފަހުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox