ބަންގްލަދޭޝްއަށް ހެދި ގޮތް މި ގައުމަކަށް ނުހެދޭނެ، ކުރިމަތިލާން ޖެހުނު ކޮންމެ މީހަކާ ކުރިމަތިލާނަން: އަބްދުއްރަހީމް

މަޖިލީހުގެ ރައީސް އަބްދުއްރަހީމް: އޭނާ ވިދާޅުވީ ބަންގްލަދޭޝް އަށް ހެދިގޮތް މި ގައުމަކަށް ނުހެދޭނެ ކަމަށާއި ވެރިކަން ދިފާއުކުރަން ކުރިމަތިލާން ޖެހުނު ކޮންމެ މީހަކާ ކުރިމަތިލާނެ ކަމަށް --- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

މަޖިލީހުގެ ރައީސް އަބްދުއްރަހީމް: އޭނާ ވިދާޅުވީ ބަންގްލަދޭޝް އަށް ހެދިގޮތް މި ގައުމަކަށް ނުހެދޭނެ ކަމަށާއި ވެރިކަން ދިފާއުކުރަން ކުރިމަތިލާން ޖެހުނު ކޮންމެ މީހަކާ ކުރިމަތިލާނެ ކަމަށް --- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ބަންގްލަދޭޝްގެ ދަރިވަރުން އިސްވެ ތިބެ ފެށި މުޒާހަރާއެއްގެ ތެރެއިން އެ ގައުމުގެ ބޮޑުވަޒީރު ޝެއިހް ހަސީނާ އިސްތިއުފާ ދެއްވި ގޮތަށް ރާއްޖޭގައި މިހާރު އޮތް ވެރިކަން ބަދަލު ނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ވެރިކަންކުރާ ޕީއެންސީން ރޭ އެ ޕާޓީގެ ޖަގަހާގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، މުޒާހަރާގެ ސަބަބުން ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާ އިސްތިއުފާ ދެއްވި މަންޒަރު ފެނިގެން އިދިކޮޅު ސިޔާސީ ލީޑަރުން އެގޮތަށް ކަންކުރަން ބޭނުންވިޔަސް އެ ފުރުސަތު ނުލިބޭނެ ކަމަށެވެ.

"މަޑުމަޑުން އަޅުގަނޑުމެން ނުތިބޭނަމޭ، އަޅުގަނޑުމެންނަށް ކެރޭނެއޭ މި ދަންނަވަނީ ކުރިމަތިލާން ޖެހުނު ކޮންމެ މީހަކާ ކުރިމަތިލާން. ބުނަން ޖެހުނު ކޮންމެ ބަހެއް ބުނަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ރައްދު ދެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ޕީއެންއެފްގެ އިސް ބޭފުޅުންގެ ވާހަކަތަކަށެވެ. ޕީއެންއެފުން ހޯމަ ދުވަހުގެ ރޭ ބޭއްވި ޖަލްސާއެއްގައި އެ ޕާޓީގެ ލީޑަޝިޕުގެ އެކި ބޭފުޅުން ވަނީ ބަންގްލަދޭޝް ދިޔަ ހާލަތަށް ރާއްޖެ ނުދަނީސް ގައުމު ސަލާމަތް ކުރަންޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް، ޕީއެންސީގެ ޗެއާޕާސަންކަން ވެސް ކުރައްވާ އަބްދުއްރަހީމް ދެކެވަޑައިގަންނަވާ ގޮތުގައި އެބޭފުޅުންގެ ކިބައިގައި އެފަދަ މުޒާހަރާއެއް ޖެއްސުމުގެ ފެންވަރެއް ނެތެވެ.

"ހިތްވަރެއް ނުހުންނާނޭ، މުޒާހަރާއަށް ނުކުންނަށް ބުނެފިއްޔާ ޖަމީލެއް ނުފެންނާނެ. މަލީހެއް ނުފެންނާނެ. ހުސެއިން ވަހީދެއް ނުފެންނާނެ. ރައީސް ޔާމީނެއް ނުނިކުންނަވާނެ މަގުމައްޗަކަށް. ރައީސް ޔާމީނު އެއީ އާންމުކޮށް މިހެން މަގުމައްޗަށް ނިކުމެ ސިޔާސީ ކަންކަމުގަ އުޅުއްވާ ބޭފުޅެއް ނޫނޭ. އަޅުގަނޑުމެންނަށް ނޫންތޯ އިނގޭނީ. ސޯޓުބުރި ލައްވައިގެން ގޭގަ އިންނަވާނީ،" އެމަނިކުފާނު ވިދާޅުވި އެވެ.

"ބަންގްލަދޭޝްއަށް ހެދި ގޮތް" މި ގައުމަށް ނުހެދޭނެ އަނެއް ސަބަބަކީ "ދިވެހި ލޭ" ހިނގާ "ދިވެހި ދަރިން" މިތަނުގައި ތިބުން ކަމަށާއި ގައުމުގެ މިނިވަންކަމާއި އަމާންކަމާއި ރައްކާތެރިކަމާއި ރައްޔިތުންގެ ފުދުންތެރިކަމާ ކުޅޭ ހިސާބަށް ދިޔައިމާ އެ މީހުން މަޑުން ނުތިބޭނެތީ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

ސިޔާސީ ހަމަނުޖެހުންތަކުގެ ތެރެއިން ވެރިކަން ބަދަލުކުރާ މޭރުމަކުން ޕީއެންއެފްގެ އިސް ލީޑަރު އަދި މަޖިލީހުގެ ރައީސް ވާހަކަ ދެއްކެވި ނަމަވެސް ބަންގްލަދޭޝްގައި ކުރިއަށް ދިޔައީ ދާހިލީ ހަމަނުޖެހުމެކެވެ. އެ މުޒާހަރާތައް ލީޑުކުރީ އެ ގައުމުގެ ދަރިވަރުންނެވެ.

މީގެ ދެތިން ހަފުތާ ކުރިން ޔުނިވާސިޓީ ދަރިވަރުންނާއި އާންމުން މުޒާހަރާ ކުރަން ފެށީ ސިވިލް ސާވިސްގެ ވަޒީފާ އެ ގައުމުގެ ވަކި ބަޔަކަށް ރިޒާވްކޮށްފައި އޮންނަ އުސޫލު ބަދަލު ކުރުމަށް ގޮވާލަ އެވެ.

މި މުޒާހަރާތަކުގެ ބައިވެރިންނާ ދެކޮޅަށް އެ ގައުމުގެ ސިފައިން ބާރުގެ ބޭނުންކުރުމުގެ ސަބަބުން 300 އަށްވުރެ ގިނަ މީހުން މަރުވި އެވެ. ހަސީނާ އިސްތިއުފާ ދެއްވުމުގެ ކުރިއަށް ހިނގި 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް 100 މީހުން މަރުވި އެވެ.

މުޒާހަރާގެ ބައިވެރިން ރިޔާސީ ގަނޑުވަރަށް ވަދެގަތުމުން ފިއްލާވައި، އިސްތިއުފާ ދެއްވި ހަސީނާ މިހާރު ހުންނެވީ އިންޑިއާގަ އެވެ. ބަންގްލަދޭޝްގެ މަސްރަހު އަދިވެސް ރަނގަޅު ނުވާއިރު އެ ގައުމުގެ މަޖިލިސް އުވާލާ އާ ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް އަސްކަރިއްޔާއިން ދަނީ ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox