އެެންމެ ފަހުން އަބްދުއްރަހީމް ވެސް ޔާމީންނަށް ވަގަށް ގޮވައިފި

ކުރީގެ ރައީސް އަބްދުއްﷲ ޔާމީން -- ފޮޓޯ: އަދަދު

ކުރީގެ ރައީސް އަބްދުއްﷲ ޔާމީން -- ފޮޓޯ: އަދަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރަމުން ދިޔަ ވައްކަމާއި ހިޔާނާތުގެ ތުހުމަތަކީ ހަގީގަތެއް ނޫން ކަމަށް ވިދާޅުވެ، އެ ޓެގު ދޮވެ ސާފުކޮށް، އުފްކޮށް ދިން، ރައްޔިތުންގެ މަޖިލީހުގެ މިހާރު ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް އެންމެ ފަހުން ޔާމީނަށް ހިނިޔާތުގެ ތުހުމަތުކޮށް ވަގަށް ގޮވައިފި އެވެ.

ޕީއެންސީގެ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި އެ ޕާޓީގެ ޗެއާޕާސަންގެ މަގާމުގައި ވެސް ހުންނެވި އަބްދުއްރަހީމް، ޔާމީނަށް ހޫނު ރައްދެއް ދެއްވީ، ހިޔާނާތުގެ ތުހުމަތު އަބްދުއްރަހީމާއި ޕީއެންސީގެ ލީޑަޝިޕަށް ޔާމީން ކޮށްފައި ވަނިކޮށެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަ މި ސަރުކާރަށް ބަލަން ނުކުރޭނެ ކަމަށް، އެ ހިޔާނާތް ހިންގެވި އިރު ރާއްޖޭގެ ރައީސް ކަމުގައި ހުންނެވި, އަަދި އެކަމުގައި ބައިވެރިވުމުގެ ތުހުމަތުކުރެވޭ ޔާމީން، ޕީއެންއެފްގެ ޖަލްސާގައި ޖުލައި 29، 2024 ގައި ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުން ގެއްލުނު ހުރިހާ ފައިސާއެއް ހޯދައި، އެ ވައްކަމުގައި ކޮންމެ މީހަކު ބައިވެރިވެފައި އޮތަސް އެމީހަކަށް އަދަބު ދެއްވާނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދަޅުވެފަ އެވެ.

އެމްއެމްޕީއާރުސީގެ މައްސަލަ ބަލަން ރައީސް މުއިއްޒަށް ކެރިވަޑައިނުގަންނަވާނެ ކަމަށާއި އެއީ މަޖިލީހުގެ ރައީސް އަބްދުލްރަހީމާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރުގެ އިތުރުން ރައީސް މުއިއްޒަށް ވެސް ތުހުމަތުކުރާ ހިޔާނާތުގެ މައްސަލަތައް ގިނަ ކަމަށް ޔާމީން ވިދާޅުވި އެވެ.

"އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ބޮޑެތި ކަޅު ފައިސާ ނަގާފައި ހުރި މީހުން އެ ތިބީ ރައީސް އޮފީހުގައި، ވަޒީރުންގެ ގޮތުގައި، މުއިއްޒު ކޮން ވާހަކައެއްތޯ އެ ދައްކަވަނީ،" ޔާމީން ރައީސަށް ޗެލެންޖުކުރެއްވި އެވެ.

އެމްއެމްޕީއާރުސީގެ މައްސަލަ ބަލަން މިނިވަން ކޮމިޝަނެއް ހެދުމަށް ޔާމީން ގޮވާލާފައިވާތީ، އަބްދުއްރަހީމް ރޭގެ ޖަލްސާގައި ވިދާޅުވީ އޭނާގެ މައްސަލަ ބަލާ ކޮމިޝަނުގެ ޗެއާއަކަށް ހުންނަވަންވާނީ ޔާމީން ކަމަށާއި ދެން ތިއްބަވަން ވާނީ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި، ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު އާއި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު އަދި ކާނަލް ރޭންކުގައި ސިފައިންގޭގައި ކުރިން އުޅުއްވި އަހްމަދު ފަޔާޒު އަލީ ރިޒާ (ޕާޕާ) ކަމަށެވެ.

"އެ ކޮމިޓީއަށް ޖަވާބުދާރީވާން ދާން އަޅުގަނޑު މި ހުރީ ތައްޔާރަށް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އެއާއެކު ޔާމީންގެ މައްސަލަ ބަލަށް ވެސް ކޮމިޝަނެއް އުފައްދަވަން ވާނެ ކަމަށާއި އެ ކޮމިޝަންގެ ރިޔާސަތު ބަލަހައްޓާނީ އަބްދުއްރަހީމް ކަމަށް އޭނާ ވިދާޅުވި އެވެ.

"އޭރުން އަޅުގަނޑު އެމްއެމްޕީއާރުސީގެ މައްސަލަ ބަލައިދޭނަން. ބަލައިފިއްޔާ ދެން ވާނެ ގޮތް އެނގޭނެ. އަބްދުއްރަހީމް ފައިސާ ހޯދީ ކޮންތާކުން ކިހިނެއްހޭ ބުނީމާ، އަޅުގަނޑު ސުވާލުކޮށްލަން ބޭނުން 2013 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވިއިރު ތިމާއަށް ނިސްބަތްވާ އެއްވެސް އެކައުންޓެއްގައި 100،000ރ ހަމަ ބޭފުޅަކު ފަސް އަހަރު ފަހުން ވެރިކަމުން ފައިބައި ވަޑައިގެންނެވި އިރު 400 މިލިއަނުން 500 މިލިއަނުން އެ އެކައުންޓުގައި ފައިސާ ހުރި. ކޮންތާކުން ހޯދި ފައިސާއެއްތޯ. އެ ފައިސާގެ ތަފްސީލު ރައްޔިތުންނަށް ދެއްވަންވީ ނޫންތޯ. އެ ހޯދިގޮތް ކިޔައިދޭންވީ ނޫންތޯ،" ޔާމީނަށް އަބްދުއްރަހީމް ހިޔާނާތާއި ވައްކަމުގެ ތުހުމަތު ކުރައްވަމުން ވިދާޅުވި އެވެ.

އެ ފައިސާއަކީ ސިޔާސީ މަސައްކަތަށް ލިބުނު ފައިސާ ކަމަށް ޔާމީން ކޯޓުގައި ވިދާޅުވެފައިވާތީ އެކަމަށް ވެސް އަބްދުއްރަހީމް ރައްދު ދެއްވި އެވެ. ނަމަވެސް، މީގެ ކުރިން އެ ހުރިހާ ވާހަކައެއް އަބްދުއްރަހީމް އާއި ޕީޕީއެމް/ޕީއެންސީ އިން ދިޔައީ ދިފާއު ކުރަމުންނެވެ.

"ބަލަ ސިޔާސީ ޕާޓީއެއް އޮތޭ، އެ ޕާޓީގެ އެކައުންޓުތައް ހުއްޓޭ، އެއަކަށް ނުވަދޭ އެއްވެސް ފައިސާއެއް،" އަބްދުރަހީމް ވިދާޅުވި އެވެ.

"އެހެންވީމާ ކުރީ ރޭވެސް އަޅުގަނޑު ދެންނެވި ކުޅަނދުރު ހަތައަކަށް އޮއްކާ އުކަން ނުހަދާށޭ. އެއީ ވަރަށް ގޯސް ކަމެކޭ. ވަރަށް ވިސްނާފައި އެކަހަލަ ކަންކަން ކުރަންވާނީ."

ކުޅަނދުރު ހަދައިގެ މިސާލުން އަބްދުއްރަހީމް ރައްދު މިދެއްވީ، ޔާމީންއާ ބެހޭ ގޮތުން އޭނާ އަށް އެނގޭ ކަންކަން ގިނަވުމާއެކު، އޭނާގެ މައްޗަށް ޔާމީން ވެސް އެކި ތުހުމަތުތައް ކުރާނަމަ، ރައްދު ދޭނެ ކަމުގެ އިންޒާރެއްގެ ގޮތުގަ އެވެ.

ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ނަތީޖާއިން ރައްޔިތުން އެ ބުނީ ޔާމީން ދެން ގެއަށް ވާންނާށޭ ކަމަށާއި "ތިޔަ ހުރީ ވައްކަން ކޮށްގެންނޭ" ކަމަށެވެ.

ޔާމީނަކީ އަރިހުގައި އުޅޭ މީހުންނަށް އިހުލާސްތެރިއެއް ނޫން ކަމަށާއި، ހިޔާނާތްތެރިއެއް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަށާރަ ވަނަ މަޖިލީހުގެ ނައިބު ރައީސްކަން އަބްދުއްރަހީމަށް ދެއްވާނެ ކަމަށް ވިދާޅުވުމަށް ފަހު، އެމަގާމު ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމަށް ދިނުން ސިފަ ކުރެއްވީ ޔާމީން ދެއްވި ލަގާއެއް ގޮތުގަ އެވެ.

"އެއީ ހިޔާނާތްތެރިވުމަކީ،" އަބްދުރަހީމް ވިދާޅުވި އެވެ.

ރައީސް ޔާމީނަކީ ވަރަށް ގަދަރުކުރާ އިހުތިރާމު ކުރާ ބޭފުޅެއް ކަމަށް އަބްދުއްރަހީމް ވިދާޅުވުމަށް ފަހު، ރައްދު ދެއްވީ ޅެން ބައިތަކުންނެވެ.

ހީވަނީ މިލްކެއް ކަމަށްހޭ ދިވެހި ވެރިކަމަކީ މަގޭ

ބީވުމުން ތިޔަ ރޫޅެނީ ވެއްޓެނީ ނަފުސުގެ އަގޭ

ނެއްޓި ހަމައިން ބުއްދި ލުހިގެން ދާތަނޭ އަދު ފެންނަނީ

ވެއްޓިގެން އަބުރާއި އިއްޒަތް ދާވަރުގެ ހަދަނީ ދޮގޭ.

މިއީ އެންމެން ދަންނަ ހަގީގަތް ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

ޔާމީންގެ މައްޗަށް ހިޔާނާތާއި މަނީލޯންޑެރިންގެ ދެ ދައުވާއެއް ކުރި އެވެ. ނަމަވެސް ދެ ދައުވާއާ ގުޅިގެން ޖަލަށް ލިޔަސް، ކޮންމެ ފަހަކު އެންމެ ފަހު ވަގުތު އެ މަނިކުފާނު ސަލާމަތްވި އެވެ..

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox