ބަނދެ ނުނިމުނު ބާޖެއްގެ މައްސަލައިގައި އެމްއީއެމްޕީގެ އޮޑިޓުތައް މާލިއްޔަތު ކޮމިޓީން އަލުން ދިރާސާކުރަނީ

މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން: މި ކޮމިޓީން ނިންމީ ދެން ހުރި ރިޕޯޓުތަކުގައި މައްސަލައެއް ނެތް ކަމަށް-- ފޮޓޯ: މަޖިލިސް

މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން: މި ކޮމިޓީން ނިންމީ ދެން ހުރި ރިޕޯޓުތަކުގައި މައްސަލައެއް ނެތް ކަމަށް-- ފޮޓޯ: މަޖިލިސް

މޯލްޑިވްސް އެންވަޔަރަމެންޓަލް މެނޭޖްމަންޓް ޕްރޮޖެކްޓް (އެމްއީއެމްޕީ) ގެ އޮޑިޓު ރިޕޯޓު އަލުން ދިރާސާ ކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުވަން މިއަދު ނިންމައިފި އެވެ.

މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީން ނިންމީ އެމްއީއެމްޕީގެ 2014 އާއި 2015 ގެ އޮޑިޓް ރިޕޯޓް އަލުން މާލިއްޔަތު ކޮމިޓީއަށް ގެނެސް ދިރާސާ ކުރުމަށް ފަހު މަޖިލީހުގެ ތަޅުމަށް ފޮނުވުމަށެވެ.

އެމްއީއެފްޕީގެ އޮޑިޓުތަކުން ފާހަގަވީ މައްސަލައަކީ ކުނި އުފުލާ ބާޖެއްގެ މައްސަލަ އެވެ. އެ ރިޕޯޓުގައިވާ ގޮތުން އެ ބާޖު ބަންނަން ބޭނުންވާ ފައިސާ ނުހޯދައި އެ މަސައްކަތް ކުރަން އުޅުމާ ގުޅިގެ މަސައްކަތް ނުނިމި ދިގުލައިގެން ގޮސް، ދައުލަތުގެ ބަޖެޓުން އެ މަޝްރޫއަށް ހޭދަކުރަން ޖެހުނެވެ.

ބާޖު ބަނުމުގެ މަސައްކަތް ހަވާލުކުރީ ޓްރޮޕިކަލް އިންވެސްޓްމަންޓާ އެވެ. މިކަމަށް ދައުލަތުގެ ބަޖެޓުން އިތުރަށް ހަރަދުކޮށްގެން ވެސް މަސައްކަތް ނުނިމުނުއިރު، އެ މަސައްކަތަށް މިހާތަނަށް ޖުމްލަ 7.6 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އޮޑިޓުގައި ފާހަގަކޮށްފައި ވެ އެވެ.

މިފަދަ މައްސަލަތައް ތަކުރާރުވިޔަ ނުދިނުމަށް މުސްތަގުބަލުގައި ޕްރޮޖެކްޓްތައް ހަވާލުކުރާއިރު އެ މަޝްރޫއުގައި ހިނގައިދިޔަފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް އެންވަޔަރަމަންޓް މިނިސްޓްރީއަށް އެންގުމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު ރިޕޯޓުގައި ލަފާދީފައި ވެ އެވެ.

އެމްއީއެމްޕީގެ އޮޑިޓުތައް އަލުން ދިރާސާކުރަން ނިންމި ނަމަވެސް، އެ ކޮމިޓީން ދިރާސާކުރި އެހެން ރިޕޯޓުތަކުގައި މައްސަލައެއް ނެތް ކަމަށް ނިންމައި އެ ހުރިހާ ރިޕޯޓުތަކެއް ފައިލްކުރަން ސަބްކޮމިޓީން ވަނީ ނިންމާފަ އެވެ.

އެއީ ޗިލްޑްރެންސް އޮމްބޮޑްސް ޕާސަން އޮފީހުގެ 2021 އާއި 2022 ގެ އޮޑިޓް ރިޕޯޓާއި، އިންތިގާލީ އިންސާފު އޮމްބޮޑްސް ޕާސަން އޮފީހުގެ 2021 ގެ އޮޑިޓް ރިޕޯޓާއި، ހަޒާނާ މޯލްޑިވްސް ލިމިޓެޑްގެ 2016، 2017، 2018 ގެ އޮޑިޓުތަކުގެ އިތުރުން އެމްޑަބްލިއުއެސްސީގެ 2017، 2018، 2019، 2020 ގެ އޮޑިޓުތަކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox