އެމްއެމްއޭގެ އެސިސްޓަންޓު ގަވަރުނަރުގެ މަގާމު އުވާލައި އެ މަގާމުގައި ތިބި މީހުން އެޑްވައިޒަރުންނަށް ޕްރޮމޯޓުކޮށްފި

އެމްއެމްއޭ އިމާރަތައް ވަންނަ ދޮރު: އެމްއެމްއޭގެ އެސިސްޓަންޓު ގަވަރުނަރުގެ މަގާމު އުވާލައިފި --- ފޮޓޯ: އަދަދު

އެމްއެމްއޭ އިމާރަތައް ވަންނަ ދޮރު: އެމްއެމްއޭގެ އެސިސްޓަންޓު ގަވަރުނަރުގެ މަގާމު އުވާލައިފި --- ފޮޓޯ: އަދަދު

މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އެސިސްޓަންޓު ގަވަރުނަރުގެ އުވާލައި އެ މަގާމުގައި ތިބި މީހުން އެޑްވައިޒަރުންގެ މަގާމާށް ޕްރޮމޯޓުކޮށްފި އެވެ.

އެމްއެމްއޭގެ އޮފިޝަލަކު "އަދަދު" އަށް ވިދާޅުވީ މިއީ ޒަމާނީ ސެންޓްރަލް ބޭންކަކަށް އަދި ހެޔޮ ނަތީޖާ ނެރޭ ބޭންކަކަށް އެމްއެމްއޭ ހެދުމަށްޓަކައި އޮނިގަނޑަށް ގެނައި ބަދަލުތަކެއް ކަމަށެވެ. މި ބަދަލުތަކުގެ ސަބަބުން އެމްއެމްއޭ އިން ކުރަމުންދާ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާވެ، ހެޔޮ ނަތިޖާތަކެއް ނެރުމަށް ފަސޭހަވާނެ ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.

އެމްއެމްއޭގެ އެސިސްޓެންޓް ގަވަރުނަރުގެ މަގާމު އުވާލައި އޭގެ ބަދަލުގައި އުފެއްދީ މެނޭޖިން ޑިރެކްޓަރުގެ މަގާމެކެވެ. އަލަށް އުފެއްދި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ފަސް މީހަކު އައްޔަން ކުރާނެ އެވެ. އެ މަގާމުގެ ދައުރަކީ ފަސް އަހަރު ކަމަށާއި އެކަކަށް އެ މަގާމުގައި ހުރެވޭނީ ގިނަވެގެން ދެ ދައުރަށް ކަމަށް ވެސް އެމްއެމްއޭގެ އޮފިޝަލު ވަނީ މައުލޫމާތު ދެއްވާފަ އެވެ.

Advertisement

އެމްޑީންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އެމްއެމްއޭގެ މުވައްޒަފުންނަށާއި އާންމުންނަށް ވެސް ހުޅުވާލަން އެ ބޭންކުން ވަނީ ނިންމާފަ އެވެ.

"މީގެ ސަބަބުން އެމްއެމްއޭގައި މިހާރު ތިބި ގާބިލު ފަރާތްތަކަށް އާ ފުރުސަތުތައް ހުޅުވިގެންދާނެ. އަދި ފަންނީ ގާބިލު މީހުންނަށް އެމްއެމްއޭ އަށް ވަނުމަށް ވެސް ފުރުސަތު ހުޅުވިގެންދާނެ،" މި ނޫހާ ވާހަކަ ދެއްކި އޮފިޝަލު ވިދާޅުވި އެވެ.

އެމްއެމްއޭގެ އޮނިގަނޑަށް ބޮޑު ބަދަލެއް ގެންނަން ނިންމާފައި މިވަނީ މަގާމުގެ މަސްއޫލިއްޔަތުތައް ރަނގަޅަށް އަދާނުކުރާ ކަމަށް ބުނެ ގަވަރުނަރުގެ ގޮތުގައި ހުންނެވި އަލީ ހާޝިމް އެ މަގާމުން ވަކިކުރަން ރައީސް ނިންމަވާ އާ ގަވަރުނަރުގެ ގޮތުގައި ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު އައްޔަން ކުރައްވާފައި ވަނިކޮށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox