ޓީ20 ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ސީބީއެލް އަށް

Aug 3, 2024, 6:53 PM
ޓީ20 ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ހޯދި ސީބީއެލް އިން ތަށްޓާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: އަތޫފް އާތިފް / އަދަދު

ޓީ20 ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ހޯދި ސީބީއެލް އިން ތަށްޓާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: އަތޫފް އާތިފް / އަދަދު

ފޯރިގަދަ މެޗަކަށް ފަހު އެއް ލަނޑުން، މިލާން ކްރިކެޓް އެކެޑަމީ ބަލިކުރުމަށް ފަހު، ޓީ20 ޕްރެޒިޑެންޓްސް ކަޕްގެ ތަށި ސީބީއެލް އިން އަނެއްކާ ވެސް ހޯދައިފި އެވެ.

މިއީ މި މުބާރާތް ބޭއްވި ތިން ވަނަ ފަހަރެވެ. ސީބީއެލް އިން ތަށި ހޯދާފައި މި ވަނީ ދެ ވަނަ ފަހަރެވެ.

ޓީ20 ޕްރިމިއާ ލީގުގެ ގަދަ ހަތަރު ޓީމު ކުޅޭ ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން 2022 ވަނަ އަހަރު ސީބީއެލް އިން ހޯދިއިރު، ސެމީގައި ވަނީ މިލާން ކްރިކެޓް އެކެޑަމީ ބަލިކޮށްފަ އެވެ. މިދިޔަ އަހަރު މުބާރާތުގެ ޗެމްޕިއަންކަން، ހޯދީ މިލާން ކްރިކެޓް އެެކެޑަމީންނެވެ. އެއީ މާލެ ވެޓަރަންސް ބަލިކުރުމަށް ފަހު އެވެ.

އެ ގޮތުން، ސީބީއެލް އިން 2022 ވަނަ އަހަރުގެ ފައިނަލުގައި 17 ލަނޑުން މާލޭ ސްޕޯޓްސް ކްލަބް ބަލިކޮށް ތަށި އުފުލާލިއިރު، މި ފަހަރުގެ ފައިނަލު ދިޔައީ ވަރަށް ފޯރިގަދަކޮށެވެ. ފަހު ބޯޅައާ ހަމައަށް އެ ޓީމުގެ އަތުން، ތަށި ގެއްލުމުގެ ފުރުސަތު އޮތެވެ.

ކުޅިވަރު އެކުވެނި ކްރިކެޓް ދަނޑުގައި މިއަދު މެންދުރު ފަހު ކުޅުނު ފައިނަލް މެޗުގައި، ޓޮސް ދިމާވުމުން ސީބީއެލް އިން ނިންމީ ކުޅެން އަރާށެވެ. އެ ގޮތުން، ސީބީއެލް އިން 20 އޯވަރުގެ ތެރޭގައި ވަނީ އަށް ކުޅުންތެރިން ނުބައިވެގެން، 167 ލަނޑު ހަދައިފަ އެވެެ. އެ ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، 33 ބޯޅައިން 56 ލަނޑު ހެދި ކައުޝަލް ރޮޑްރީގޯ އެވެ. ދެން، އެ ޓީމުގެ ސަމިތާ ފެނާންޑޯ ވަނީ 35 ބޯޅައިން 36 ލަނޑު ހަދައިފަ އެވެ.

ސީބީއެލް އާއި މިލާން ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އަތޫފް އާތިފް / އަދަދު

މި އިނިންގްސްގައި، މިލާން ކްރިކެޓް އެކެޑަމީގެ އިސްމާއިލް ނަޒްވާން ވަނީ ތިން ވިކެޓް ނަގައިފަ އެވެ.

ޖަވާބުގައި ކުޅެން އަރައި، މިލާނަށް 20 އޯވަރު ހަމަވިއިރު، ނުވަ ކުޅުންތެރިން ނުބައިވެގެން ހެދުނީ، 166 ލަނޑެވެ. އެންމެ ރަނގަޅަށް ކުޅުނީ، މުބާރާތުގައި އެންމެ ގިނަ ލަނޑު އެއްކުރި، ޔޫސުފް އަޒްޔާން އެވެ. އަޒްޔާން ވަނީ ފައިނަލް މެޗުގައި، 38 ބޯޅައިން 63 ލަނޑު ހަދައިފަ އެވެ. އަށް ފަހަރު ހަތަރަކަށް ޖެހިއިރު، ދެ ފަހަރު ހަޔަކަށް ޖެހި އެވެ. މިލާން ޓީމަށް ދެން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، 41 ބޯޅައިން 41 ލަނޑު ހެދި އަހުމަދު ހަސަން އެވެ.

ސީބީއެލް މޮޅުކޮށްދިނުމުގައި މި އިނިންސްގައި އެންމެ ބޮޑު ތަފާތެއް ދެއްކީ، ހަތަރު އޯވަރަށް ހަތަރު ވިކެޓް ނެގި، މަލިތު ޑި ސިލްވާ އާއި ތިން ވިކެޓް ނެގި، ހަރްޝާ އަމަރްސިންހޭ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ވެސް، ހަރްޝާ އެވެ.

ފައިނަލް މެޗުގެ ޝަރަފްވެރި މެހެމާނަކީ ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) އެވެ. މީގެ އިތުރުން، ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)ގެ ރައީސް، މުހައްމަދު ފައިސަލް އާއި އެ އެސޯސިއޭޝަންގެ ނައިބު ރައީސް، އަހުމަދު ހުސެއިން (ދޮނާ) ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ފަހުގެ ޚަބަރު

އާ ކޯޗާ އެކު އޮޑިން ގައްދޫ ބަލިކޮށް ވަރުގަދަކޮށް ފަށައިފި

އާ ކޯޗު ލޫޝިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި ގައްދޫ އަތުން 4-0 އިން މޮޅުވެ، އޮޑި ސްޕޯޓްސް ކްލަބް ލީގު ތާވަލުގެ އެއް ވަނަ އަށް ޖެހިލައިފި. މި މެޗުގެ ފުރަތަމަ ހާފުގައި އޮޑިން ތިން ލަނޑު ޖަހާފައިވާއިރު، މިއީ ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެން އެ ޓީމުން ހޯދި މުހިންމު ކާމިޔާބީއެއް.

ބިސް ބުރުން ފަހު ވަގުތު ބުރު ބަލިކޮށް ފޯމުގައި ކުރިއަށް

ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗު، އެއް ކުޅުންތެރިއަކު މަދުކޮށް ނިންމާލަން ޖެހުނު ނަމަވެސް، ބިސް ބުރުން ފަހަތުން އަރައި 2-1 އިން މެޗު ކާމިޔާބުކޮށްފި. މިއީ، ލީގުގައި ބިސް ބުރުން ޖެހިޖެހިގެން ހޯދި ދެވަނަ މޮޅު ކަމަށްވާއިރު، އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ އަލިއޫ އޮވޮލާބީ އާއި މަޖުދާން ސޯލިހު

ވައުދުވި ގޮތާ ހިލާފަށް ޔުއެފާގެ ރައީސް އިތުރު ދައުރަކަށް

ޔުއެފާގެ ރައީސް ކަމުގައި 3 ދައުރަށް ވުރެ އިތުރަށް ނުހުރެވޭ ގޮތަށް ގަވާއިދު އޮތް ނަމަވެސް، އަލެކްސަންޑަ ކެފެރިން ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ވަނީ ނިންމަވާފައި މީގެ ކުރިން އިތުރު ދައުރަކަށް ކުރިމަތިނުލައްވާނެ ކަމަށް ވިދާޅުވި ނަމަވެސް، އޭނާ މިހާރު ވަނީ 2027 ވަނަ އަހަރުގެ އިންތިހާބުގައި ވާދަކުރައްވާނެކަން މެންބަރު ގައުމުތަކަށް އަންގަވާފައި

ޝަކާ، ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައިގައި އަދަބުދީފި

ސްވިޒަލެންޑްގެ ކެޕްޓަން ގްރޭނިޓް ޝަކާ ކޮވިޑް ވެކްސިންގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައިގައި، އޭނާ 150,000 ޑޮލަރުން ޖޫރިމަނާކޮށް ކޮމިއުނިޓީ ސާވިސް ފުރިހަމަކުރުމަށް ޕްރޮސެކިއުޓަރުން ވަނީ އަދަބުދީފައި. ޝަކާ މި ކުށަށް އިއުތިރާފުވެ އަދަބު ގަބޫލުކޮށްފައިވާއިރު، މި މައްސަލައާ ގުޅިގެން އޭނާ މިވަގުތު ހުރީ ގައުމީ ޓީމާ ދުރުގައި

ބިސް ބުރުން ވިސްނަން ޖެހޭ ކަންކަން ގިނަ: ނާދު

މާލެ ރީޖަން ލީގުގެ ޗެމްޕިއަންކަން ހޯދައިގެން ޕްރިމިއާ ލީގަށް ކޮލިފައިވި ބިސް ބުރު ސްޕޯޓްސް ކްލަބުން އެ ލެވެލްގައި ވާދަކުރާއިރު، ތަޖުރިބާކާރު ޓީމުތަކާ ކުޅެވޭ ފަދަ "ނަމެއް" ހޯދަން ޖެހޭ ކަމަށް ކޯޗު ނާދު ބުނެފި. ލީގުގެ ފުރަތަމަ މެޗުން ބަލިވި ނަމަވެސް، ދެވަނަ މެޗު ކާމިޔާބުކޮށްފައިވާ ބިސް ބުރު ޓީމަކީ ލީގުގެ މެދުފަންތީގައި ވާދަކުރާނެ ޓީމެއް

ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު އައިހަމް އަށް

ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު ބޭއްވި އެފްއޭއެމް އެވޯޑްސްގައި، ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު މާޒިޔާގެ އަހުމަދު އައިހަމް (ފަތޯ) ހޯދައިފި. އައިހަމް މި ޝަރަފުވެރި މަގާމު ހޯދާފައިވަނީ ގައުމީ ޓީމާއި ކްލަބް ފެންވަރުގައި ދެއްކި މޮޅު ކުޅުމާ އެކުގައި. އައިހަމްއާ މި އެވޯޑަށް ވާދަކުރީ، ސެންޓޭ އާއި ހަމްޕު

އެފްއޭއެމް އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް އިންމި އަށް

އެފްއޭއެމް އިން އަލަށް ތައާރަފްކުރި އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް، ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) ކާމިޔާބުކޮށްފި. މި އެވޯޑަށް އިންމިއާ އެކު ގައުމީ ޓީމުގެ އިތުރު ހަތަރު ކުޅުންތެރިއަކު ވާދަކުރި

Newsletter

Get the latest news delivered straight to your inbox