ޓީ20 ޕްރެޒިޑެންޓްސް ކަޕް: ސީބީއެލް ޗެމްޕިއަންކަން ހޯދައިފި

Nov 27, 2022, 5:04 AM
ޓީ20 ޕްރެޒިޑެންޓްސް ކަޕް: ސީބީއެލް ޗެމްޕިއަންކަން ހޯދައިފި

ސަތާރަ ލަނޑުން މާލޭ ސްޕޯޓްސް ކްލަބް ބަލިކޮށް ޓީ20 ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ސީބީއެލް އިން ހޯދައިފި އެވެ.

ޓީ20 ޕްރިމިއާ ކްރިކެޓު ލީގުގެ ގަދަ ހަތަރު ޓީމާ އެކު ކުރިއަށްދިޔަ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުން މާލޭ ސްޕޯޓްސް ކުލަބު ޖާގަ ހޯދީ ސެމީ ފައިނަލުގައި މާލޭ ވެޓްރަންސް ބަލިކޮށްގެންނެވެ. ސީބީއެލް ފައިނަލުން ޖާގަ ހޯދީ ލީގުގެ އެއް ވަނަ ހޯދި މިލާން ކްރިކެޓް އެކަޑެމީ ބަލިކޮށްގެންނެވެ.

ފައިނަލް މެޗުގެ ޓޮސް ދިމާވުމުން މާލޭ ސްޕޯޓްސް އިން ނިންމީ ސީބީއެލް އަށް ފުރަތަމަ ބެޓް ކުރަން ފުރުސަތުދޭށެވެ. ސީބީއެލް ކުޅެން އަރައި 20 އޯވަރުގައި އަށް ކުޅުންތެރިން ނުބައިވެގެން ހެދުނީ 162 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 33 ބޯޅައިން 55 ލަނޑު ހެދި އަކްސަތު ރެޑޭ އާއި، 21 ބޯޅައިން 25 ލަނޑުހެދި ޓީމްގެ ކެޕްޓަން ހަސަން ހާޒިގް އެވެ.

ޖަވާބުގައި މާލޭ ސްޕޯޓްސް ކުޅެންއަރައި 20 އޯވަރު ހަމަވިއިރު އަށް ކުޅުންތެރިން ނުބައިވެގެން ހެދުނީ 145 ލަނޑެވެ. މާލޭ ސްޕޯޓްސް އަށް އެންމެ ގިނަ ލަނޑު ހަދައިދިނީ 42 ބޯޅައިން 66 ލަނޑު ހެދި މުހައްމަދު ރިސްވާން އާއި 42 ބޯޅައިން 66 ލަނޑު ހެދި އިސްހާގް އީސާ އެވެ.

ޓީ20 ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް މެޗުގެ ތެރެއިން.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ފައިނަލުން މެޗުން ބަލިވި ނަމަވެސް މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާލޭ ސްޕޯޓްސް ކްލަބްގެ ބެޓްސްމަން މުހައްމަދު ރިސްވާން އެވެ. ފައިނަލް މެޗަށްފަހު ޗެމްޕިއަން ތަށްޓާއި މެޑަލް ހަވާލުކޮށްދެއްވީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެވެ.

ޓީ20 ޕްރެޒިޑެންޓްސް ކަޕްގެ އިތުރުން މިދިޔަ މަހު ނިމުނު ޓީ20 ޕްރިމިއާ ކްރިކެޓް ލީގުގެ ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށް ވެސް މި ރަސްމިއްޔާތުގައި ވަނީ އިނާމް ދީފަ އެވެ.

މިގޮތުން ލީގުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމާއި އެންމެ މޮޅު ބެޓްސްމަންގެ މަގާމް ހޯދީ މާލޭ ވެޓްރަންސްގެ ރުވާން ތަރަކަ އެވެ. އެންމެ މޮޅު އުކުންތެރިންނަށް ހޮވުނީ ސީބީއެލްގެ އިބްރާހިމް ރިޒާން އާއި މިލާން ކްރިކެޓް އެކަޑެމީގެ ލީމް ޝަފީގު އެވެ. ދެ ކުޅުންތެރިން ވެސް ލީގުގައި ވަނީ 14 ވިކެޓު ނަގާފަ އެވެ.

އެންމެ އުއްމީދީ ކުޅުންތެރިއަކަށް ކޮމެޓްސްގެ އަލީ ރާފިލް ހޮވުނުއިރު ލީގުގެ އެންމެ މޮޅު ފީލްޑަރަކަށް ހޮވުނީ މާލޭ ވެޓްރަންސްގެ ދިލްސާން ފެނާންޑޯ އެވެ.

ޓީ20 ޕްރެޒިޑެންޓްސް ކަޕާ އެކު މި އަހަރުގެ ކްރިކެޓުގެ ރަސްމީ ހުރިހާ މުބާރާތެއް ނިމުނީ އެވެ. މިއަހަރު ކުރިއަށް ގެންދިޔަ ގައުމީ ލީގާއި ގައުމީ މުބާރާތުގެ އިތުރުން އެހެން ފޯރިގަދަ މުބާރާތްތަކެއް އަންނަ އަހަރުގެ ކްރިކެޓު ކަލަންޑަރުގައި ހިމެނުމަށް ކްރިކެޓް ބޯޑުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ފަހުގެ ޚަބަރު

ޗެމްޕިއަން އިންޓަ އިން ފަހަތުން އަރައި ރޯމާއާ އެއްވަރުކޮށްފި

އިޓާލިއަން ލީގުގައި ރޯމާ އިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ލައުޓާރޯ މާޓިނޭޒް ކާމިޔާބުކުރި ދެ ލަނޑުން އިންޓަ މިލާނުން މެޗު އެއްވަރުކޮށްފި. މި ނަތީޖާއާއެކު ދެ ޓީމަށްވެސް ފަސް މެޗުން 13 ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން ތާވަލުގެ އެއްވަނަ ލިބެނީ ރޯމާ އަށް.

ބްރައިޓަނުން އާސެނަލް ބަލިކޮށްލިއިރު، ޓޮޓެންހަމް ގޯހުން ގޯހަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބްރައިޓަން އިން 3-0 ގެ ނަތީޖާއަކުން އާސެނަލް ބަލިކޮށް، އެ ޓީމުގެ ބަލިނުވުމުގެ ސިލްސިލާ ނިމުމަކަށް ގެނެސްފި. އަދި، އެސްޓަން ވިލާ އަތުން 3-2 އިން ބަލިވެ، ޓޮޓެންހަމްގެ ހާލަތު އިތުރަށް ގޯސްވެފައިވާއިރު، މިއީ މި ސީޒަނުގައި އާސެނަލް ބަލިވި ފުރަތަމަ މެޗު

ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ސޮބާ

ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ސޮބާހު މުހައްމަދު (ސޮބާ) ހަމަޖައްސައި، ކުރިއަށް އޮތް ފީފާ ބްރޭކުގައި ކުޅޭ މެޗުތަކަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މަހާއި އަންނަ މަހުގެ ކުރީކޮޅު ޗައިނާ، ކިރްގިސްތާން އަދި ލެބަނަންއާ ދެކޮޅަށް ކުޅޭ މެޗުތަކަށް ގައުމީ ޓީމު މާދަމާ ފުރާނެ

ރިސޯޓް ލީގު ނޯތު މާލެ ޒޯންގެ މެޗުތައް ފޯރިގަދަ

15 ރިސޯޓަކާއެކު ރިސޯޓް ލީގު ނޯތު މާލެ ޒޯންގެ ކުޅުން ފޯރިގަދަކޮށް ފަށާފައިވާއިރު، ވިއްސާރައިގެ ސަބަބުން ޝެޑިއުލަށް ބަދަލުތަކެއް އައި ނަމަވެސް، މިހާރު މުބާރާތުގެ މެޗުތައް އަންނަނީ ބާރަށް ކުރިއަށްދަމުން

މޮނާކޯ އަށް ފްރެންޗް ލީގުގެ ކުރީގައި ލީޑެއް

ފްރެންޗް ލީގުގައި ރޭ ލޯންސް އަތުން 2-1 އިން މޮޅުވެ، މޮނާކޯ އިން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މި ސީޒަނުގައި އަދި ބަލިނުވެ އޮތް މޮނާކޯ އަށް ފަސް މެޗުން 13 ޕޮއިންޓް ލިބިފައިވާއިރު، ރޭގެ މެޗުން އެ ޓީމު މޮޅުވީ މެޗުގެ ފަހުކޮޅު ލޯންސްގެ ކުޅުންތެރިއަކު އަތުން ބައިކޮޅަށް ވަން ލަނޑަކުން.

ކޮންމެ ގައުމަކަށް 10 މިލިއަން ޑޮލަރު ދޭން ފީފާ އަށް ގޮވާލައިފި

ފީފާގެ ރިޒާވް ފަންޑުގައި ހުރި ފައިސާއަށް ބަލައި، އެ އިދާރާގެ ކޮންމެ މެންބަރު ގައުމަކަށް 10 މިލިއަން ޑޮލަރު ދިނުމަށް ޔުއެފާ އާއި ކޮންކަކަފް އިން ވަނީ ގޮވާލާފައި. މިގޮތަށް އެދިފައިވަނީ ގައުމުތަކުގެ ފުޓްބޯޅަ އިންފްރާސްޓްރަކްޗާ އާއި ތަރައްގީއަށް އެހީތެރިވުމުގެ ގޮތުން ކަމަށާއި، މިއީ ފީފާއަށް މާލީ ބުރައަކަށް ނުވާނެ ކަމަށް އެ ފެޑެރޭޝަންތަކުން ބުނޭ

އަންހެން ސިންގަލްސް ވާދަވެރިވުމަކީ ނަބާގެ ބޮޑު އުންމީދު

ނަބާގެ އެންމެ ބޮޑު އުންމީދަކީ ރާއްޖޭގެ އަންހެން ސިންގަލްސްގައި ވާދަވެރިކަން އިތުރުވުން. ނަބާ ފާހަގަކުރި ގޮތުގައި މިހާރު ރާއްޖޭގައި އޮތް ފެންވަރުން އޭނާއަށް އުނދަގޫ މެޗެއް ދިމާވަނީ ހަމައެކަނި ފައިނަލުގައި. އެހެންކަމުން، ކުރިއަށް އޮތް ޖީލުގެ ކުޅުންތެރިން ތަމްރީނުވެ، ގައުމީ ފެންވަރުގައި ވަރުގަދަ ވާދަވެރިކަމެއް ދޭނެ ކަމަށް އޭނާ އުންމީދުކުރޭ.

Newsletter

Get the latest news delivered straight to your inbox