ރެކޯޑްތަކާއި ހިތްވަރު، އުލްޔާ އަށް އޮލިމްޕިކްސް އަކީ ޝަރަފެއް

Aug 3, 2024, 3:33 AM
ރެކޯޑްތަކާއި ހިތްވަރު، އުލްޔާ އަށް އޮލިމްޕިކްސް އަކީ ޝަރަފެއް

ނިސްބަތުން ބަލާއިރު، ކުރު މުއްދަތެއްގެ ތެރޭގައި، ބޮޑެތި ކުރިއެރުންތަކެއް ހޯދައި، ގިނަ ގައުމީ ރެކޯޑްތަކެއް މުގުރާލުމަށް ފަހު، އައިޝަތު އުލްޔާ ޝާއިގު، މި ފަހަރުގެ ޕެރިސް އޮލިމްޕިކްސްގެ ފުރުސަތު ހޯދުމަކީ އިބްރަތްތަކެއް ހޯދޭނެ ކަމެކެވެ. ނިކަން ބޮޑު ހިތްވަރެއް ދައްކައި، އެތުލީޓެއް ކެނޑިނޭޅި ކުރި މަސައްކަތެއްކަން ސާފެވެ. އެހެންކަމުން، މިއީ، އުލްޔާ ދެކޭ ގޮތުގައި، އޭނާ އަށް ލިބުނު އެންމެ ބޮޑު ޝަރަފެެކެވެ.

"ވަރަށް އުފަލުން މި ހުރީ އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލް ކުރަން ލިބުނީމަ. ވަރަށް ބޮޑަށް ޝުކުރު އަދާކުރަން މައިންބަފައިންނާއި ކޯޗުންނަށް. ދެން، އެމްއެލްއޭ (މޯލްޑިވްސް ލައިފްގާޑް އެސޯސިއޭޝަން)ގެ ފެތުންތެރިންނަށް ވެސް ފާހަގަކުރަން. އުމުރުން އަށް އަހަރުން ފެށިގެން 21 އަހަރާ ހަމައަށް އަހަރެން ކުރިއަރުވަން ކުރި މަސައްކަތަށް ވެސް ޝުކުރުވެރިވަން. އެ މީހުން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އެންމެ ބޮޑު ސަޕޯޓަކީ،" މޯލްޑިވްސް ލައިފްގާޑް އެސޯސިއޭޝަނުން (އެމްއެލްއޭ އިން) އާންމުުކުރި ވީޑިއޯ އަކަށް ދިން އިންޓަވިއުއެއްގައި އުލްޔާ ބުންޏެވެ.

މާލޭގައި ފުރިހަމަ ކުރި ޓްރެއިނިންއެއްގެ ތެރެއިން އުލްޔާ.--- ފޮޓޯ: ސްވިިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް / އިސްމާއިލް ތޯރިގު

އޮސްޓްރޭލިއާގައި ފެތުމުގެ ޓްރެއިނިންތައް ހަދައި، ކެރިއަރެއް ބިލްޑް ކުރަން މަސައްކަތް ކުރަމުން އަންނަ އުލްޔާ އަށް މި ފަަހަރުގެ އޮލިމްޕިކްސް އިން ފުރުސަތު ލިބުނު އެންމެ ބޮޑު ސަބަބަކީ، މިދިޔަ ފެބްރުއަރީ މަހު ފިލިޕީންސްގައި ބޭއްވި އޭޝިއަން އޭޖް ގުރޫޕް މުބާރާތުގައި 50 މީޓަރު ފްރީސްޓައިލް އިވެންޓް، 29.29 ސިކުންތުން ނިންމައި، ގައުމީ ރެކޯޑަކާ އެކު، ހޯދި ޕޮއިންޓްތަކެވެ.

މި ފަހަރުގެ އޮލިމްޕިކްސް އަށް ރާއްޖޭގެ ހަތަރު ކުޅިވަރަކުން އެތުލީޓުން ދިޔައިރު، އެންމެ ފަހުން އިއުލާނުކުރީ ފެތުމުގެ އެތުލީޓުންނެވެ. އެ ގޮތުން، އުލްޔާ އަށް އޮލިމްޕިކްސްގެ ފުރުސަތު ލިބުނުކަން އެނގުނީ، މިދިޔަ ޖޫން މަހު ސިންގަޕޫރުގައި ބޭއްވި މުބާރާތަށް ފަހު އެވެ. އެ މުބާރާތަށް ދިޔައިރު، އަންހެން ދެ އެތުލީޓެއްގެ މެދުގައި އޮލިމްޕިކްސް އަށް ދިއުމުގެ ފުރުސަތުގެ ވާދަވެރިކަން އޮތެވެ.

"އޮލިމްޕިކްސް ޓީމުގައި ހިމެނޭކަން އެނގުނީ ޖޫން މަހުގެ ތެރޭގައި. އެއީ ސިންގަޕޫރުގައި ކުރިއަށްދިޔަ މުބާރާތަށް ފަހު. ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނު އިހުސާސް ކުރެވުނީ ޓީމުގައި ހިމެނޭކަން އެނގުނީމަ،" އުލްޔާ ބުންޏެވެ.

އޮލިމްޕިކްސްގެ ކުރިން އުލްޔާ މި ވަނީ މަހެއްގެ ތެރޭގައި، ގައުމީ ރެކޯޑް ދެ ފަހަރެއްގެ މަތިން މުގުރާލައިފަ އެވެ. އެ ހިތްވަރަށް، ސްޕޯޓްސް މިިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) ވަނީ ތައުރީފުކުރައްވައިފަ އެވެ.

އޮސްޓްރޭލިއާގައި ކުރިއަށްދިޔަ ބްރޭކާސް ބިގް ސްޕްލޭޝް، ޖޫން 2024 މީޓް ގައި 50 މީޓަރު ފްރީސްޓައިލް އިވެންޓުގައި އުލްޔާގެ ޓައިިމިން އަކީ 28.81 ސިކުންތެވެ. އެއީ ގައުމީ ރެކޯޑެކެވެ. އެ ރެކޯޑް މުގުރާލީ، ޖުލައި މަހު، އޮސްޓްރޭލިއާ ގައި ކުރިއަށްދިޔަ ދި ޔުނިވާސިޓީ އޮފް ވެސްޓާން އޮސްޓްރޭލިއާ (ޔޫޑަބްލިއުއޭ) ވެސްޓް ކޯސްޓް ކްލަބް ނައިޓް ނަންބަރު 7 މީޓްގައި 28.75 ސިކުންތުން ރޭސް ނިންމައިގެންނެވެ.

އަށް ވަރަކަށް އަހަރު މުގުރާނުލެވި އޮތް ރެކޯޑެއް އެއް މަސް ތެރޭ ދެ ފަހަރަށް މުގުރާލުމަށް ފަހު އުލްޔާ، މިއަދު މެންދުރު ފަހު، ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، އޮލިމްޕިކްސްގައި ވާދަކުރާނެ އެވެ.

މިހާ ހިސާބަށް ކުރި ދަތުރުން އުލްޔާގެ ހިތްވަރު ޔަގީނުން ވެސް ފެނިއްޖެ އެވެ. އޮލިމްޕިކްސް އަކީ އޭނާ އަށް ބޮޑު ޝަރަފެކެވެ.

"ކުޑައިރުގައި ވެސް އެނގިފައި އޮތް ގޮތުން، އޮލިމްޕިކްސް އަކީ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރުގެ މުބާރާތް، ފެތުމުގައި ވެސް. ހަމަ ގިނަ ގައުމުތައް ވަރަށް ވަރުގަދަ އަށް ވާދަކުރާނެ. ވަރަށް އުފާކުރަން ދުނިޔޭގެ އެންމެ ވަރުގަދަ އެތުލީޓުންނާ އެއް ހަމައެއްގައި ވާދަކޮށްލަން ލިބޭތީ،" އޮލިމްޕިކްސްއާ ބެހޭގޮތުން މިއީ، އުލްޔާގެ ވިސްނުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox