ބޮޑު ހިތްވަރެއް، އާންގެ އޮލިމްޕިކްސް ހުވަފެން ހަގީގަތަކަށް

Aug 1, 2024, 2:53 AM
ޕެރިސް އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލްކުރާ ފިރިހެން ފެތުންތެރިޔާ، އާން، 19. -- ފޮޓޯތައް: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ -- ގްރެފިކްސް: އިސްމާއިލް އިމްދާދު - އަދަދު

ޕެރިސް އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލްކުރާ ފިރިހެން ފެތުންތެރިޔާ، އާން، 19. -- ފޮޓޯތައް: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ -- ގްރެފިކްސް: އިސްމާއިލް އިމްދާދު - އަދަދު

ރާއްޖޭގައި އަރަމުން އަންނަ އެހެން އެތުލީޓުންނެކޭ އެއްގޮތަށް، މުހައްމަދު އާން ހުސެއިން ވެސް، ގައުމީ ފެތުންތެރިންގެ ޓީމާ ހަމައަށް ކުރި ދަތުުރުގައި، އެހެން ކުޅިވަރު ދަނޑުތަކުގައި ވެސް ތަޖުރިބާތަކެއް ކުރި އެެވެ. އެ ގޮތުން، ހޭންޑްބޯޅަ އާއި ފުޓްބޯޅަ އަދި އެތުލެޓިކްސްގައި ވެސް ކުޅުނު އާން، ފެތުމުގެ ތެރެއަށް ނުކުތީ 2012 ވަނަ އަހަރު ގްރޭންޑް ދޭއްގައި އުޅެމުންނެވެ.

މޯލްޑިވްސް ލައިފްގާޑް އެސޯސިއޭޝަން (އެމްއެލްއޭ)އާ ގުޅި ފަތަން ދަސްކުރުމުން ފެށިގެން، ގައުމީ ލެވަލްގެ އެތުލީޓަކާ ހަމައަށް ދިއުމުގައި، އާން، 19، އެކި ކަންކަން ތަޖުރިބާކޮށްފައިވެ އެވެ. އޭގެ ތެރެއިން އެއް ކަމަކީ، ދެ ކޮނޑަށް ލިބުނު އަނިޔާ އެވެ.

އޮލިމްޕިކްސްގައި މި ފަހަރު ވާދަކުރާ ފަސް އެތުލީޓުންނާ ގުޅޭ ތައާރަފެއް ދެމުން ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) ވެސް ވަނީ، އާން އަށް ކުރިމަތިވި ބޮޑު އަނިޔާއިން ރިކަވާވެ، އޮލިމްޕިކްސްއާ ހަމައަށް ކުރި ދަތުރުން އެހެން އެތުލީޓުން އިބްރަތް ހާސިލްކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

ޕެރިހުގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސްގައި އާންގެ އިވެންޓް އޮތީ މިއަދު ހެނދުނު އެވެ. ޕެރިހަށް ފުރުމުގެ ކުރިން، "އަދަދު" އަށް ދިން އިންޓަވިއުއެއްގައި އާން ބުނީ، އަނިޔާ ވެގެން އެ ހޭދަކުރަން ޖެހުނު މުއްދަތުގައި، އޭނާގެ ވިސްނުން ބެހެއްޓީ ޕޮޒިޓިވްކޮށް ކަަމަށެވެ.

"އެހާ ބޮޑަށް އަޅުގަނޑު އެކަމާ ދެރަ ނުވެ، މުސްތަގުބަލަށް ބަލާފައި، ތަންކޮޅެއް، ބޮޑު ޓާގެޓަކާ އެއްކޮށް ގަދައަޅާ މަސައްކަތްކުރީ އަދި ބައިވަރު އެހެނިހެން މީހުންގެ އެހީތަކާ އެއްކޮށް، މަސައްކަތްކުރީމަ ވަރަށް ރަނގަޅު،" އާން ބުންޏެވެ.

ކޮމަންވެލްތު ގޭމްސްގެ އިވެންޓެއްގެ ތެރެއިން އާން ފަތަނީ.--- ފޮޓޯ: ގެޓީއިމޭޖަސް

އުމުރުން 17 އަހަރުގައި ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރި އާން ވަނީ، ވޭދުވެދިޔަ އަހަރުތަކުގައި، ގައުމީ ޓީމުގައި ހިމެނިގެން، ބައިނަލްއަގުވާމީ ލެވަލްގައި ގިނަ ތަޖުރިބާތަކެއްކޮށްފަ އެވެ. އޭގެ ތެރޭގައި، އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އާއި ކޮމަންވެލްތުގޭމްސްގައި ވާދަކުރުން ހިމެނެ އެވެ.

އެކަމަކު، ދުނިޔޭގެ ލެވެލްގެ އެހެން ގިނަ އެތުލީޓުންނެކޭ އެއްގޮތަށް އާންގެ ވެސް އޮތީ ބޮޑު އުންމީދެކެވެ.

"ފަސް ވަރަކަށް އަހަރުވެއްޖެ، އަޅުގަނޑު ނެޝަނަލް ޓީމަށް އެރިއްސުރެ، އަޅުގަނޑުގެ ހުވަފެނެއް އެއީ އޮލިމްޕިކްސް އަށް ދިއުމަކީ، އައިމް ވެރީ ތޭންކްފުލް، ވަރަށް ޝުކުރުވެރިވަން، އެމްއޯސީ އާއި އެސޯސިއޭޝަނަށް، ދެން އަޅުގަނޑުގެ ކޯޗަށް، ދެން، އަޅުގަނޑުގެ މައިންބަފައިން ކޮށްދިން މަސައްކަތަށް،" ބޮޑު ހުވަފެން ހަގީގަތަކަށް ވުމުގެ ޝުކުރުގެ ލިސްޓު ހިއްސާކުރަމުން އާން ބުންޏެވެ.

އާން ވަނީ އޭނާގެ ސްވިމިން ކެރިއަރު ބައްޓަންކޮށްދިން، މޯލްޑިވްސް ލައިފްގާޑް އެސޯސިއޭޝަން އަށް ވަރަށް ބޮޑު ޝުކުރެއް އަދާކޮށްފަ އެވެ.

ފަތަން ދަސްކުރަން ފުރަތަމަ މޫދަށް އެރި، ފަހުން ފެތުމަށް އުފެދުނު ޝައުގާއި އަމިއްލަ ގައިގައި ހުރި ފެތުމުގެ ހުނަރު ވަޒަންކުރެެވެން ފެށި ހިސާބުން، އާންގެ އުންމީދުތައް ގުޅިފައިވާ އޮލިމްޕިކްސްގެ ސްޓޭޖުން އޭނާ މިއަދު ފެނިގެންދާނެ އެވެ.

އާން، މި ފަހަރުގެ އޮލިމްޕިކްސްގައި ވާދަކުރަން ހަމަޖެހިފައިވަނީ، ފިރިހެނުންގެ 50 މީޓަރު ފްރީސްޓައިލް އިވެންޓްގަ އެވެ. އާންގެ އުންމީދަކީ، 24 ސިކުންތަށް ވުރެ އަވަހަށް މި އިވެންޓް ނިންމުމެވެ. އާން ވަނީ، މި އަހަރު މެލޭޝިއާގައި ކުރިއަށްދިޔަ އިވެންޓެއްގައި، 24.28 ސިކުންތުން އެ އިވެންޓް ނިންމައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox