މަޖިލީހުގައި މުޅިން އަލަށް ގެދޮރުވެރިކަމާ ބެހޭ ކޮމެޓީއެއް އުފައްދައިފި

މި ކޮމިޓީގެ ފުރަތަމަ ބައްދަލުވުން. ރައްޔިތުންގެ މަޖިލީހުގައި ގެދޮރުވެރިކަމަށް ހާއްސަ ކޮމެޓީއެއް އެކުލަވައިލި މިއީ ފުރަތަމަ ފަހަރު -- ފޮޓޯ: މަޖިލިސް އިދާރާ

މި ކޮމިޓީގެ ފުރަތަމަ ބައްދަލުވުން. ރައްޔިތުންގެ މަޖިލީހުގައި ގެދޮރުވެރިކަމަށް ހާއްސަ ކޮމެޓީއެއް އެކުލަވައިލި މިއީ ފުރަތަމަ ފަހަރު -- ފޮޓޯ: މަޖިލިސް އިދާރާ

ރައްޔިތުންގެ މަޖިލީހުގައި މުޅިން އަލަށް ގެދޮރުވެރިކަމާ ބެހޭ ކޮމެޓީއެއް އުފައްދައި މުގައްރިރަކު ހޮވައި މަސައްކަތް ފަށައިފި އެވެ.

ގެދޮރުވެރިކަމާ ބެހޭ ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ ވެރިކަން ކުރާ ޕީއެންސީގެ ނުވަ މެންބަރުންނާއި އެމްޑީޕީގެ ދެ މެންބަރުންނެވެ. ކޮމެޓީގެ މުގައްރިރަކަށް ހޮވާފައި ވަނީ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު އެވެ.

މިއަދު ކުރިއަށް ގެންދިޔަ އެ ކޮމެޓީގެ ފުރަތަމަ ބައްދަލުވުމުގައި ފަލާހު ވިދާޅުވީ މަޖިލީހުގެ އެކި ކޮމެޓީތަކުން ބަލަމުންދާ ގެދޮރުވެރިކަމާ ގުޅޭ މައްސަލަތައް ގެދޮރުވެރިކަމާ ބެހޭ ކޮމެޓީއަށް ގެނެސް، އެ މައްސަލަތައް ދެން ބަލަމުން ދާނީ އެ ކޮމެޓީން ކަމަށެވެ.

ކޮމެޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުން:

  • ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފް
  • ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހުސައިން އިމްރާން ލަތީފް
  • މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރު
  • މާފަންނު މެދު ދާއިރާގެ މެންވަރު އަސްމާ ރަޝީދު
  • ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް
  • ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު
  • އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު
  • ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު
  • ހިތަދޫ އިތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާން
  • ގަލޮޅު އިތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް
  • ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް

ގެދޮރުވެރިކަމާ ބެހޭ ކޮމެޓީއެއް ވުޖޫދު ކުރުމުގެ ބޭނުމަކީ ގެދޮރުވެރިކަމާ ބެހޭ ހުރިހާ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދައިދިނުން ކަމަށް މީގެ ކުރިން މަޖިލީހުގެ ނައިބު ރައީސް، އަހުމަދު ނާޒިމް ވިދާޅުވެފައިވެ އެވެ.

ގެދޮރުވެރިކަމާ ބެހޭ ކޮމެޓީ ވުޖޫދު ކުރުމުން އެކަމާ ގުޅޭ މައްސަލަތަކަށް ހާއްސަ އިސްކަމެއް ދީގެން ދިރާސާކޮށް ހައްލު ހޯދުމަށް މަގުކޮށިގެންދާނެ ކަމަށް ވެސް ނާޒިމް ވިދާޅުވެފައިވެ އެވެ.

ގެދޮރުވެރިކަމާ ބެހޭ މައްސަލަތައް މީގެ ކުރިން ބަލަމުން ދިޔައީ މަޖިލީހުގެ އެކި ކޮމެޓީތަކުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox