ޔާމީނު މައްޗަށް ކުރަނީ ސިޔާސީ ދައުވާއެއް ކަމަށް ވަންޏާ މިހާރު ކުރިއަށް އެ ގެންދަނީ ރައީސް މުއިއްޒުގެ ނުފޫޒުން: ޖަމީލު

ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު -- ފޮޓޯ: އަދަދު

ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު -- ފޮޓޯ: އަދަދު

ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ފަދައިން ކުރީގެ ރައީސް ޔާމީނުގެ މައްޗަށް އެމްއެމްޕީއާރުސީގެ މައްސަލައިގައި ދައުލަތުން ކުރި ދައުވާތަކަކީ ސިޔާސީ ދައުވާތަކެއް ކަމަށް ވަންޏާ، މިހާރު އެ މައްސަލަ ކުރިއަށް ދަނީ ރައީސް މުއިއްޒުގެ ނުފޫޒުން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ވިދާޅުވެއްޖެ އެވެ.

ޕީއެންއެފް އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ޖަމީލު ވިދާޅުވީ ގާނޫނުތައް ނެގެހެއްޓުމަކީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާއިން ރައީސްގެ މައްޗަށް ލާޒިމު ކުރާ ކަމެއް ކަމަށެވެ. އޭނާ އިޝާރާތްކުރެއްވީ ދެއްކެވީ ޔާމީނުގެ މައްޗަށް އުފުލަނީ ސިޔާސީ ދައުވާއެއް ކަމަށް ރައީސް މުއިއްޒު އެތައް ފަހަރެއްގެ މަތިން ވިދާޅުވެފައިވާ ވިދާޅުވުމަށެވެ.

"ރައީސް މުއިއްޒު އެބަ ވިދާޅުވޭ، އަޅުގަނޑަށް ރައީސް މުއިއްޒުގެ ވާހަކައިން އިންފާ [ދޭހަ] ކުރެވެނީ ރައީސް މުއިއްޒު އެބަ ގަބޫލު ކުރައްވައޭ ވަރަށް ސާފު ގޮތެއްގައި އެބަ ވިދާޅުވޭ ރައީސް ޔާމީނުގެ މައްސަލައަކީ ސިޔާސީ ދައުވާއެކޭ، އެ މައްސަލަ ކޯޓުތަކުގައި ކުރިއަށް ދާނީ، ކުރީގައި ކުރިއަށް ދިޔައީ ކުރީގައި ހުރި ރައީސްގެ ނުފޫޒުންނޭ އަޅުގަނޑަށް އިންފާ [ދޭހަ] ކުރެވުނީ ސާފު ގޮތެއްގައި ވިދާޅުވަނީ، މިހާރު އެ މައްސަލަ ކުރިއަށް ދާ ކަމަށްވަންޏާ އޭގެ މާނައަކީ މިހާރުގެ ރައީސުލްޖުމްހޫރިއްުޔާގެ ނުފޫޒުންނޭ އެ މައްސަލަ ކުރިއަށް ދާނީ،" ޖަމީލް ވިދާޅުވި އެވެ.

އެޔާމީނުގެ މައްޗަށް އުފުލަނީ ސިޔާސީ ދައުވާއެއް ކަމަށް ރައީސް މުއިއްޒު އެތައް ފަހަރެއްގެ މަތިން ވިދާޅުވެފައިވެ އެވެ. ގޮތުން ވެރިކަމަށް އިންތިހާބުވެވަޑައިގެންނެވުމަށް ފަހު ހުވާ ކުރެއްވުމުގެ ކުރިން ރައީސް މުއިއްޒު އަލް ޖަޒީރާއަށް ދެއްވި އިންޓަވިއުގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވެސް "ޔާމީނުގެ މައްޗަށް އުފުލުނީ ސިޔާސީ ދައުވާއެއް. އެކަން ވަރަށް ސާފުކޮށް އެނގޭ،" ކަމަށް ވިދާޅުވެފައިވެ އެވެ.

އަދި ރާއްޖޭގެ "ޝަރުއީ ނިޒާމު މިވަގުތު މިނިވަނެއް ނޫން،" ކަމަށް އެ އިންޓަވިއުގައި މުއިއްޒު ވިދާޅުވި އެވެ.

އޭގެފަހުން ވެރިކަމުގެ ހުވާ ކުރެއްވި ދުވަހުގެ ރައްޔިތުންނާ މުހާތަބު ކުރައްވައި ރައީސް މުއިއްޒު ދެއްވި ފުރަތަމަ ތަގުރީރުގައި ސަރުކާރުން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން މިހިނދުން މިނދަށް ނިންމުން، އެކަން މި ނިންމީ،" ކަމަށް ވިދާޅުވި އެވެ.

އެ ވާހަކަތަކުގެ ހަނދާން އައު ކުރައްވައި ޖަމީލު ވިދާޅުވީ ރައީސް ޔާމީނުގެ މައްޗަށް ކުރާ ދައުވާތަކަކީ ސިޔާސީ ދައުވާތަކެއްކަން ވަރަށް ސާފުކޮށް އެ މައްސަލައިގެ ޝަރީއަތްތަކުން އެނގި ހާމަވި ކަމަށެވެ. އެގޮތުން ވ. އާރަށް މައްސަލަ އާއި ރ. ފުއްގިރި މައްސަލައިގައި ރައީސް ޔާމީނު ފިޔަވައި ދެން ތިބި ހުރިހާ އެންމެންގެ މައްސަލަތައް ދައުލަތުން އަނބުރާ ގެންގޮސްފައިވާކަން ޖަމީލު ފާހަގަ ކުރެއްވި އެވެ.

ރައީސް މުއިއްޒުއަކީ ގާނޫނުގައި ބުނާ ހަމަހަމަކަން ހިފަހައްޓަން ބޭފުނުންފުޅުވާ ބޭފުޅެއް ނަމަ ރައީސް ޔާމީނުގެ މައްސަލަ އެކަނި ކުރިއަށް ގެންދާ ސަބަބާ ގުޅޭގޮތުން ޕީޖީއާ ސުވާލު ކުރައްވަން ކެރިވަޑައިގަންނަވާނެތޯ ޖަމީލު ސުވާލު އުފެއްދެވި އެވެ.

"މި މައްސަލައިގެ ވަށައިގެން ހުރި ހުރިހާ މައްސަލަތަކުގައި، މައްސަލަތައް ޕްރޮސެކިއުޓާ ޖެނެރަލް އަނބުރާ ގެންދެވި އިރުގައި ރައީސުލްޖުމްހޫރިއްޔާއަށް ކެރިވަޑައިގަންނަވާނެތޯއޭ މިއަދު ޕްރޮސެކިއުޓާ ޖެނެރަލްގެ މައްޗަށް އަމުރު ކުރައްވަން މަނިކުފާނު ހަމަހަމަކަމާއެކު މުއާމަލާތް ކުރައްވަން މި މައްސަލައިގެ ވަށައިގެން ހުރި އެއްޗެހިތައް އަނބުރާ ގެންދެވި ކަމަށް ވަންޏާމުން ކީއްވެހެއްޔޭ މި މައްސަލަ ކުރިއަށް ގެންދަވަނީ،" ޖަމީލު ސުވާލު އުފެއްދެވި އެވެ.

އޭނާ ވިދާޅުވީ "މީގައި ނުބައި ނިޔަތެއް ނެތްކަމުގައި ވަންޏާމުން މިކަމަކީ ހިނގަންޖެހޭ ކަމެއް" ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ރައީސް ޔާމީނުގެ މައްސަލަ ފެންމަތިވެފައި މިވަނީ ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިޔާނާތް ހިންގި ކަމަށް ބުނާ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ހިޔާނާތުގެ ދައުވާތައް ސާބިތު ކުރުމަށް ކްރިމިނަލް ކޯޓުގައި ދައުލަތުން ހުށަހެޅި އާ ހެކިތައް އެއްފަރާތް ކުރުމަށް ހައި ކޯޓުން ނިންމި ބައި ސުޕްރީމް ކޯޓުގައި ދައުލަތުން އިސްތިއުނާފު ކުރުމުންނެވެ.

ޔާމީނުގެ އެކައުންޓަށް ޖަމާވެފައިވާ ފައިސާއަކީ އެ މައްސަލައގައި ޔާމީނަށް ރިޝްވަތު ދިން ކަމަށް ތުހުމަތުކުރާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމާ ދެމެދު ހިނގި ޑޮލަރު މާރު ކުރުމުގެ މުއާމަލާތެއް ކަން ސާބިތު ކުރަން ދިފާއީ ހެކިތަކެއް އޭރު ހުށަހެޅި އެވެ.

ޔާމީނުގެ ދިފާއީ ހެކިންގެ ވާހަކަތައް ނަފީ ކުރުމަށް ދައުލަތުން އައު ހެކިތަކެއް ކްރިމިނަލް ކޯޓަށް ހުށަހެޅި އެވެ. އެ ހެކިތައް ދަށު ކޯޓުން ބަލައިގަތެވެ.

ނަމަވެސް ހައި ކޯޓުން މައްސަލަ އަލުން ބަލަން ހުކުމްކުރި އިރު ނިންމީ އެ އައު ހެކިތައް ދަށު ކޯޓުން ބަލައިގަތީ ގޯސްކޮށް ކަމަށެވެ.

ދައުލަތް ތަމްސީލްކުރާ ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ، އެ ހެކިތައް އެއްފަރާތްކޮށްގެން ކްރިމިނަލް ކޯޓުން މައްސަލަ އަލުން ބެލުމަށް ހައި ކޯޓުން ނިންމި ނިންމުމަކީ ސުޕްރީމް ކޯޓުގެ ކުރީގެ ބައެއް ނިންމުންތަކާ އަރައރުންވާ ގޮތަށް އޮތް ނިންމުމެއް ކަމަށެވެ.

އަދި ހެކިތައް ބަލައިގަތުމަށް ދަށު ކޯޓުން ނިންމި އިޖުރާއަތަކީ މައްސަލަ އަލުން ބަލައި ގޮތެއް ކަނޑައަޅާއިރު އިސްލާހު ކުރެވިދާނެ އިޖުރާއަތަކަށް ވާތީ އެ ހެކިތައް އެއްފަރާތްކުރުމަށް ހައި ކޯޓުން އެންގި އެންގުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ޕީއެންސީ/ޕީޕީއެމްގެ ރިޔާސީ ޓިކެޓު އޭރު އަރުވާފައިވާ ޔާމީން 11 އަހަރަށް ޖަލަށް ލުމަށް އަދި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ ޑިސެމްބަރު 25، 2022، ގަ އެވެ. އެ ހުކުމް އިސްތިއުނާފަށް މިދިޔަ އަހަރު މާޗު މަހު ހުށަހެޅި އެވެ. ޝަރީއަތް ފެށުނީ ޖޫން، 2023، ގަ އެވެ. އަދި އަޑުއެހުންތައް ނިންމާލީ ނޮވެމްބަރު 21، 2023، ގަ އެވެ.

ޔާމީން މިނިވަންވީ މިދިޔަ އޭޕްރީލް މަހުގަ އެވެ. މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަ ނުކުރެވުނީ އިންތިހާބުގެ ވަގުތު ޖެހުނު އިރު ވެސް އެ ހުކުމް ދެމިއޮތުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox