މާލޭގައި ބަހައްޓާ ފެން ތާންގީތަކުގެ މަސައްކަތް "ބަޖެޓު ނެތިގެން" ހުއްޓިފައި

ފެން ތާންގީތައް ބަހައްޓާ މަޝްރޫއުގެ ބިންގާ އެޅި ދުވަހުގެ ފޮޓޮއެއް: ކުރިން ބުނީ ދޮޅު އަހަރުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް -- ފޮޓޯ: އެމްޑަބްލިޔުއެސްސީ

ފެން ތާންގީތައް ބަހައްޓާ މަޝްރޫއުގެ ބިންގާ އެޅި ދުވަހުގެ ފޮޓޮއެއް: ކުރިން ބުނީ ދޮޅު އަހަރުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް -- ފޮޓޯ: އެމްޑަބްލިޔުއެސްސީ

މާލޭގައި ފެން ރައްކާކުރެވޭ ކެޕޭސިޓީ އިތުރުކުރަން މީގެ ހަތަރު ވަރަކަށް އަހަރު ކުރިން އެމްޑަބްލިޔުއެސްސީ އިން ފެށި މަޝްރޫއަށް ބޭނުންވާ ފައިސާ ނެތިގެން އެ މަސައްކަތް ހުއްޓިފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެމްޑަބްލިޔުއެސްސީގެ މި މަޝްރޫއަކީ މީގެ އަށް ވަރަކަށް އަހަރު ކުރިން މާލެއަށް ދިމާވި ފެނުގެ ކާރިސާއާ ގުޅިގެން، އެފަދަ ކަމަކުން ރައްކާތެރިވުމަށާއި، މާލޭގެ ފެނުގެ ރައްކާތެރިކަން ކަށަވަރުކުރަން އެ ކުންފުނިން އެކުލަވާލި "ވޯޓާ ސެކިއުރިޓީ ޕްލޭން" ގެ ދަށުން 2020 ގެ ސެޕްޓެމްބަރުގައި ފެށި މަޝްރޫއެކެވެ.

އޭރު އެމްޑަބްލިޔުއެސްސީ އިން ބުނީ 82 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މި މަޝްރޫއުގެ ދަށުން 13،648 ކިޔުބިކް މީޓަރުގެ ފެން ރައްކާ ކުރެވޭ ދެ ތާންގީ ބަހައްޓާނެ ކަމަށެވެ. އަދި މުޅި މަޝްރޫއުގެ މަސައްކަތް 2021 ގެ ނިޔަލަށް ނިމޭނެ ކަމަށް ވެސް ބުންޏެވެ.

އެކަމަކު މިއަދާ ހަމައަށް އައިއިރު، އެ މަސައްކަތް ކުރަމުންދާ މާލޭގެ 378 ނަމްބަރު ކޮށީ (ކުރިން އެސްޓީއޯގެ ރެޑީ މިކްސް ކޮންކްރީޓް ހުރި ތަން) ގައި، އެންމެ ތާންގީއެއް ވެސް ނުބެހެއްޓެ އެވެ.

މިކަމާ ގުޅޭ ގޮތުން "އަދަދު" އިން ސުވާލުކުރުމުން އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު ވިދާޅުވީ، އެ މަޝްރޫއު ހުއްޓުނީ އެކި ސަބަބުތަކާ ހުރެ ކަމަށެވެ. އޭގެ ތެރޭގައި ކުރީ ސަރުކާރުން މަޝްރޫއަށް ފައިސާ ހަމަޖައްސާފައި ނެތުމާއި، މިހާރު ފައިސާ ހޯދަން ހުރި ދަތިތައް އޭނާ ނަންގަތެވެ.

"ކުރީ ސަރުކާރަކުން މިކަމަށް ބަޖެޓް ހަމަޖެހިފައެއް ނެތް. މި ސަރުކާރުން ވެސް ބަޖެޓު ހަމަޖެހިފައި ނުވާތީ މިހާރު ދަނީ ބަޖެޓް ހަމަޖެއްސުމުގެ މަސައްކަތް،" މަތީން ވިދާޅުވި އެވެ.

އަނެއް ސަބަބަކަށް މަތީން ފާހަގުރެއްވީ ތާންގީތައް ބަހައްޓަން ޖެހޭ ސައިޓުގައި ހުރި ޓެކްނިކަލް މައްސަލަތަކެވެ. އޭނާ ވިދާޅުވީ އެ ބިމަކީ ކުރިން ކުނި ހުރި ތަނަކަށް ވުމުން ގިނަ ގޮންޖެހުންތަކާ ދިމާވެ، އިތުރު މަސައްކަތް ކުރަން ޖެހިފައިވާ ކަމަށެވެ.

"އެ ބިމަކީ ކުރިން ކުނި ހުރިތާކަށް ވުމުގެ ސަބަބުން އެ ބިން ވަނީ ވަރަށް ބޮޑަށް ތަގައްޔަރުވެފައި. އެހެންވީމަ ޖެހެނީ އެތާގަ ފައުންޑޭޝަންއެއް އަޅާފަ ދެން އެ ތާންގިތައް ބަހައްޓަން،" އޭނާ ވިދާޅުވި އެވެ.

ފެން ތާންގީތައް ބެހެއްޓުމުގެ ޕްރޮޖެކްޓުގައި ގޮންޖެހުންތައް ހުރި ނަމަވެސް، މި މަހުގެ ތެރޭގައި މި މަޝްރޫއުގެ މަސައްކަތް އަލުން ފެށޭ ވަރު ވާނެ ކަމަށް މަތީން ވިދާޅުވި އެވެ.

އެމްޑަބްލިޔުއެސްސީ އިން ކުރިން ބުނެފައިވާ ގޮތުގައި މި މަޝްރޫއު ނިމުމުން މާލޭގައި ފެން ރައްކާކުރެވޭ ކެޕޭސިޓީ ޖުމްލަ 50،296 ކިޔުބިކް މީޓަރަށް އިތުރުކުރެވޭނެ އެވެ. މިއީ މިހާރު މާލޭގައި ފެން ރައްކާކުރެވޭ ކެޕޭސިޓީގެ ދެ ގުނައަށް ވުރެ ބޮޑު އަދަދެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox