ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ނައިބު ރައީސް މުހައްމަދު ފިރާޒު އެ ބޯޑުގެ ވަޒީފާއިން ވަކިކޮށްފި އެވެ.
ޕީސީބިއަށް މެންބަރުން އައްޔަނުކުރަނީ ރައީސުލްޖުމްހޫރިއްޔާ ކަމަށްވާއިރު އޭނާ މަގާމުން ވަކިކުރި ސަބަބެއް ޕީސީބީން ހާމަނުކުރެ އެވެ.
އޭނާ އެ މަގާމުގައި ހުންނަވަނިކޮށް ވެރިކަންކުރާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވި މައްސަލަ ބަލަން މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީން ވެސް ނިންމި އެވެ. އެ
ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓާކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނުގެ 10 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ގޮތުން ޕީސީބީގެ ރައީސް އާއި ނައިބު ރައީސް އަށް ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ވެސް ނުހުރެވޭނެ އެވެ.
ފިރާޒު ޕީސީބީ އަށް އައްޔަން ކުރީ އެމްޑީޕީގެ ވެރިކަމުގަ އެވެ. އޭނާ ފިޔަވައި ދެން އެ ބޯޑުގައި ތިއްބެވި މެމްބަރުން އައްޔަން ކުރެއްވީ މި ސަރުކާރުންނެވެ.














