އޮލިމްޕިކްސްގެ ޕްރިލިމިނަރީ ބުރުގެ މެޗުން ދީމާ އަށް ނާކާމިޔާބު

އޮލިމްޕިކްސްގެ ޕްރިލިމިނަރީ ބުރުގެ މެޗުން ދީމާ އަށް ނާކާމިޔާބު

ފްރާންސްގެ ޕެރިހުގައި މިހާރު ކުރިއަށްދާ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، އޮލިމްޕިކްސްގެ ޓޭބަލް ޓެނިސް އިވެންޓްގް ޕްރިލިމިނަރީ ބުރުން ޕޮލަންޑްގެ ކަޓާރްޒައިނާ ވޭގަޖަން އަތުން ރާއްޖޭގެ ގައުމީ ޓީޓީ ތަރި، ފާތިމަތު ދީމާ އަލީ ބަލިވެއްޖެ އެވެ.

ކަޓާރްޒައިނާ އަކީ ދުނިޔޭގެ ޓޭބަލް ޓެނިސް ރޭންކިންގް އަށް ބަލާއިރު, 135 ވަނައިގައި އޮތް ކުޅުންތެރިޔާ އެވެ. ގަދަ 64 ކުޅުންތެރިންގެ ބުރުން ޖާގަ ހޯދުމަށް ކުޅުނު މި މެޗު ކަޓާރްޒައިނާ ކާމިޔާބުކުރީ ސީދާ ހަތަރު ސެޓުންނެވެ.

މެޗުގެ ސެޓުތައް ދިޔައީ 11-05, 11-05, 11-02 އަދި 11-08 އިންނެވެ.

މި މެޗުގެ ފުރަތަމަ ސެޓު ފަށައިގެން ކަޓާރްޒައިނާ ދެ ޕޮއިންޓްގެ ލީޑެއް ނެގި ނަމަވެސް ދީމާ ވަނީ ފަހަތުން އަރާ އެއްވަރުކޮށްފަ އެވެ. އެކަމަކު، އޭގެ ފަހުން، ކަޓާރްޒައިނާ ވަނީ އަލުން ލީޑު ނަގާ ލީޑާ ބޮޑު ލީޑެއްގައި ކުޅެފަ އެވެ. މި ސެޓު ކަޓަގީނާ ގެންދިޔައީ 11-05 އިންނެވެ.

ދެ ވަނަ ސެޓު ފަށައިގެން ވެސް ކަޓަގީނާ ވަނީ އަށް ޕޮއިންޓްގެ ލީޑެއް ނަގައިފަ އެވެ. އެކަމަކު، ސެޓުގެ ފަހު ކޮޅު ދީމާ ވަނީ ކައިރިކައިރިން ތިން ޕޮއިންޓް ހޯދައި، ކަޓާރްޒައިނާ އަށް، ކޮންމެ ވެސް ވަރެއްގެ ޕްރެޝަރެއް ކޮށްފަ އެވެ. އެކަމަކު، މި ސެޓު ކަޓާރްޒައިނާ ކާމިޔާބު ކުރީ 11-05 އިންނެވެ.

ތިން ވަނަ ސެޓު ފަށައިގެން ވެސް ކޮންފިޑެންސާ އެކު ފެނުނު، ކަޓާރްޒައިނާ ވަނީ ފަސް ޕޮއިންޓްގެ ލީޑެއް ނަގައިފަ އެވެ. މި ސެޓުގައި ދީމާގެ ފަރާތުން ފެނިގެންދިޔައީ ފުރަތަމަ ދެ ސެޓާ އަޅާ ބަލާއިރު ދަށް ކުޅުމެކެވެ. މި ސެޓު ކަޓަގީނާ ކާމިޔާބުކުރީ 11-02 އިންނެވެ.

ހަތަރު ވަނަ ސެޓު ފަށައިގެން ފުރަތަމަ ޕޮއިންޓް ހޯދީ ދީމާ އެވެ. އެކަމަކު، ކައިރިކައިރީގައި ދީމާގެ ފަރާތުން ބޮޑު ދެ ގޯސް ހެދި ކަޓާރްޒައިނާ ވަނީ 4-2 އިން ލީޑު ނަގައިފަ އެވެ. މުޅި މެޗުގައި ވެސް ފެނިގެންދިޔަ އެންމެ ފޯރިގަދަ ސެޓުގައި ދީމާ ވަނީ ކަޓާރްޒައިނާ އަށް ޕްރެޝަރުކޮށް ބޮޑު ލީޑެއް ނެގިޔަ ނުދީ ކުޅެފަ އެވެ. މި ސެޓު ކަޓާރްޒައިނާ ކާމިޔާބުކުރީ 11-08 އިންނެވެ.

އުމުރުން 16 އަހަރުގެ ދީމާ އަކީ އޮލިމްޕިކްސް އަށް ކޮލިފައިވެގެން މުބާރާތުގައި ވާދަކުރި ދިވެހި ހަމައެކަނި އެތުލީޓެވެ. ރާއްޖޭން އަންނަނީ، 1988 އިން ފެށިގެން އޮލިމްޕިކްސްގައި ވާދަކުރަމުންނެވެ. މި ފަހަރުގެ އޮލިމްޕިކްސް އަކީ އެންމެ ގިނަ ކުޅިވަރުން ރާއްޖެ ފެންނާނެ އޮލިމްޕިކްސް އެވެ. އެ ގޮތުން، ޓީޓީގެ އިތުރުން ބެޑްމިންޓަނާއި ސްވިމިންގެ އިތުރުން އެތުލެޓިކްސް ހިމެނޭ ގޮތަށް، ޖުމްލަ ފަސް ދިވެހި އެތުލީޓުން އޮލިމްޕިކްސްގައި ފެންނާނެ އެވެ.

އޮލިމްޕިކްސްގައި ދެން އެންމެ އަވަހަށް ރާއްޖޭގެ އެތުލީޓަކަށް މެޗެއް އޮތީ، މާދަމާ ބެޑްމިންޓަން ތަރި، ފާތިމަތު ނަބާހާ އާއި އިންޑިއާގެ ޕީވީ ސިންދޫ ބައްދަލުކުރާ މެެޗެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބުރު އަތުން މޮޅެއް ހޯދައި މާޒިޔާ ދެ ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބް 2-0 އިން ބަލިކޮށް، މާޒިޔާ ތާވަލުގެ ދެވަނައަށް ޖެހިލައިފި. ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމު ތައްޔާރުވުމަށްޓަކައި މި މެޗަށްފަހު ލީގުގެ ކުޅުން ވަނީ މަހެއްހާ ދުވަހަށް މެދުކަނޑާލާފައި. ލީގު މެދުކަނޑާލިއިރު ތާވަލުގެ އެއްވަނައިގައި އޮތީ 16 ޕޮއިންޓާއެކު ވިކްޓަރީ ސްޕޯޓްސް ކްލަބް

އިތުރު ވަގުތުގައި ދެ ގޯލު ޖަހައިގެން މޮޅުވެ އިންޓަ އެއް ވަނަ އަށް

އިޓާލިއަން ލީގުގައި ފިއޮރެންޓީނާ އަތުން 2-1 އިން މޮޅުވެ، އިންޓަ މިލާނުން ތާވަލުގެ އެއްވަނައަށް ޖެހިލައިފި. މެޗުގެ އިތުރު ވަގުތުގައި ޖެހި ދެ ގޯލާއެކު އިންޓަ މޮޅުވިއިރު، އެޓީމަށް އެއްވަނަ ލިބެނީ ލާޒިއޯއާ އެއްވަރަށް ޕޮއިންޓް ލިބިފައިވީ ނަމަވެސް ހެޑް-ޓު-ހެޑް ގަވާއިދުން

ލިވަޕޫލަށް މޮޅެއް، ބޯންމައުތުން ޔުނައިޓެޑް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން ލިވަޕޫލުން 2-0 އިން ބްރައިޓަން ބަލިކުރިއިރު، ބޯންމައުތުން ވަނީ 3-0 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފައި. މި މޮޅާއެކު ލިވަޕޫލް ތާވަލުގެ ހަތަރުވަނައަށް ޖެހިލިއިރު، ޔުނައިޓެޑުން މި މެޗަށް ނުކުތީ އެޓީމުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭސް ނުލައި

ޓީސީ ބަލިކޮށް ބިސް ބުރު ފަސް ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސް ކްލަބް 2-1 އިން ބަލިކޮށް، ބިސް ބުރު ސްޕޯޓްސް ކްލަބް ތާވަލުގެ ފަސް ވަނައަށް ޖެހިލައިފި. ވިއްސާރައިގެ ސަބަބުން ކުޅުން މެދުކަނޑާލަން ޖެހުނު މި މެޗުގައި ބިސް ބުރުގެ ލަނޑުތައް ޖަހައިދިނީ އިބްރާހިމް އަތީގާއި މުހައްމަދު ޒިދާން އީސާ

އެތުލެޓިކޯ ސަޕޯޓަރުން ކިބައިން އަލްވަރޭޒް މައާފަށް އެދިއްޖެ

މި ސީޒަން ފެށުމުގެ ކުރިން ކްލަބް ބަދަލުކުރުމާ ގުޅޭގޮތުން ދެވުނު އިންޓަވިއުއެއްގެ ސަބަބުން، އެތުލެޓިކޯ މެޑްރިޑްގެ ސަޕޯޓަރުންގެ ކިބައިން ފޯވާޑް ޖޫލިއަން އަލްވަރޭޒް މައާފަށް އެދިއްޖެ. އޭނާ ބުނިގޮތުގައި އެ ވަގުތު ކަންތައް ކުރެވުނު ގޮތް ގޯސްކަމަށާއި، ސަޕޯޓަރުންގެ ނުރުހުން އަމާޒުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ގަބޫލުކުރޭ

ސިފައިން ގައުމީ ފައިނަަލަށް، އެމްޓީސީސީ މެޗު އެޗްޑީސީ އަށް

ގައުމީ ވޮލީ މުބާރާތުގެ ފައިނަލުން ސިފައިން ޖާގަ ހޯދިއިރު، އައިޓީސީގެ މައްސަލައެއްގައި އެމްޓީސީސީން މެޗު ދޫކޮށްލުމުން އެޗްޑީސީ ވަނީ ތިން ވަނަ ސެމީއަށް ދަތުރުކޮށްފައި. އެމްޓީސީސީން މެޗު ދޫކޮށްލީ ބިދޭސީ ކުޅުންތެރިންގެ އެގްރީމަންޓެއްގައި ސޮއިކުރަން ވީއޭއެމްއިން އެންގި ވަގުތު ކުޑަވުމާއި ގާނޫނީ ގޮތުން ބަލަންޖެހޭ ކަންކަން ހުރުމުން

ސާފަށް ތައްޔާރުވާން ރާއްޖޭން އިންޑޮނޭޝިއާގައި ކޭމްޕްކުރަނީ

އަންނަ މަހު ބަންގްލަދޭޝްގައި ބާއްވާ 15 ވަނަ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު އިންޑޮނޭޝިއާގައި ކޭމްޕްކުރާ ގޮތަށް ވަނީ ހަމަޖެހިފައި. މި މަހުގެ 26 އިން އަންނަ މަހުގެ 2 އަށް ކުރިއަށްދާ މި ކޭމްޕަށް ފަހު، ޓީމު މުބާރާތަށް ފުރާނީ އަލުން ރާއްޖެ އައުމަށް ފަހުގައި.

Newsletter

Get the latest news delivered straight to your inbox