އޮލިމްޕިކްސްގެ ފުރުސަތު ދީމާ އަށް ހުރިހާ ގޮތަކުން ވެސް ހާއްސަ

Jul 27, 2024, 5:50 AM
އޮލިމްޕިކްސްގެ ފުރުސަތު ދީމާ އަށް ހުރިހާ ގޮތަކުން ވެސް ހާއްސަ

ކޮލިފައިވެގެން އޮލިމްޕިކްސްއެއްގައި ވާދަކުރާ ފުރަތަމަ ދިވެހި އެތުލީޓުގެ ޝަރަފް ހޯދި 16 އަހަރުގެ ފާތިމަތު ދީމާ އަލީ ދެކޭގޮތުގައި، މިއީ ހަޔާތުގައި ވެސް މި ގޮތަށް ލިބޭނެ ހަމައެކަނި ފުރުސަތަށް ވެދާނެ އެވެ. އެހެންވެ، ދީމާ ހުރީ ވީ އެންމެ ރަނގަޅަށް މަސައްކަތްކޮށްގެން ރަނގަޅު ކާމިޔާބެއް ހޯދަން އަޒުމުކަނޑައަޅައިގެންނެވެ.

ޕެރިހުގައި ރޭ ފެށި އޮލިމްޕިކްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ އުފުލީ ދީމާގެ އިތުރުން، ގައުމީ އެތުލެޓިކްސް ޓީމުގެ، އިބާދުﷲ އާދަމް އެވެ.

ދީމާ ބުނީ އޮލިމްޕިކްސްގައި ރާއްޖޭގެ ދިދަ އުފުލުމަކީ ވަރަށް ކުރިން ވެސް އޮތް ބޮޑު އުންމީދެއް ކަމަށެވެ.

Advertisement

"ދީމާ ވަރަށް އެކްސައިޓެޑް، ދީމާ ވަރަށް ބޭނުންވެފައި ހުރީ ފްލެގް ބިއަރާ އަކަށްވާން. އައި ތިންކް އިޓްސް އަ ރިއަލީ ބިގް އޮނާ ޓު ބީ އޭބަލް ޓު ރިޕްރެޒެންޓް މައި ކަންޓްރީ (މި ގޮތަށް ގައުމު ތަމްސީލްކުރުމުގެ ފުރުސަތަކީ ބޮޑު ޝަރަފެއް) އެ ގޮތަށް، އެ ޓް އަ ބިގް ސްޓޭޖް. ކުޑަކޮށް ނާވަސް،" އޮލިމްޕިކްސް އަށް ފުުރުމުގެ ކުރިން، "އަދަދު" އަށް ދިން އިންޓަވިއުއެއްގައި ދީމާ ބުންޏެވެ.

ޕެރިސް އޮލިމްޕިކްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން ދިވެހި ކޮންޓިންޖެންޓް: ދީމާ ރާއްޖޭގެ ދިދަ ހިފައިގެން.--- ފޮޓޯ: ގެޓީއިމޭޖަސް.

ދީމާ މި ވަނީ ހަތަރު ވަނަ ފަހަރަށް ބައިނަލްއަގުވާމީ އިވެންޓެއްގައި ރާއްޖޭގެ ދިދަ އުފުލައިފަ އެވެ. ދީމާ ވަނީ މީގެ ކުރިން، 2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ނިންމުމުގެ ރަސްމިއްޔާތާއި މިިދިޔަ އަހަރުގެ އައިއޯއައިޖީގެ ހުޅުވުމުގެ ރަސްމިއްޔާތުގައި، ރާއްޖޭގެ ދިދަ އުފުލައިފަ އެވެ. އޭގެ އިތުރުން، އާކިޓެކްޗާ އާއި ޓެކްނޮލޮޖީގެ ފަހުގެ ވަސީލަތްތައް ތައާރަފްކުރުމާއި ދައްކާލުމުގެ ގޮތުން ދުބާއީގައި ބާއްވާ އެކްސްޕޯ 2020ގައި ރާއްޖޭގެ ދިދަ އުފުލުމުގެ ފުރުސަތު ދިނީ ވެސް ދީމާ އަށެވެ. އެކްސްޕޯ އަކީ ކުޅިވަރުގެ އިވެންޓެއް ނޫން ކަމުގައި ވިޔަސް ދީމާ އަށް މި ފުރުސަތު ލިބިގެންދިޔައީ ކުޅިވަރުގައި އޭނާ ހޯދަމުން އަންނަ ކުރިއެރުންތަކުގެ ސަބަބުންނެވެ.

އޮލިމްޕިކްސް އަށް ދީމާ ކޮލިފައިވީ، ނޭޕާލުގައި ކުރިއަށްދިޔަ ދެކުނު އޭޝިއާ ކޮލިފިކޭޝަންސްގެ ސިންގަލްސް ޗެމްޕިއަންކަން ހޯދައިގެންނެވެ. އެ އަށް ފަހު، ދީމާގެ ޓްރެއިނިން ކަންތައްތައް ބައްޓަންކޮށްފައިވަނީ ހާއްސަކޮށް އޮލިމްޕިކްސް އަށެވެ.

"ވަރަށް ހިތްހަމަޖެހޭ ޓްރެއިނިންތައް ދިޔަ ގޮތާ މެދު، ޗައިނީސް ޕެލޭޔަރެއް، ދެން އިރާގް ޕްލޭޔަރެއް. ދީމާ އަށް ލިބުނު ވަރަށް ރަނގަޅު ޓްރެއިނިން އެއް އެ މީހުންނާ އެކު. ކޯޗު ވެސް އައި ފަހު ހަފްތާގައި. އަ އޭމް ޕްރިޓީ ހެޕީ އެންޑް ސެޓިސްފައިޑް (ވަރަށް ހިތްހަމަޖެހޭ)،" ދީމާ ބުންޏެވެ.

"ވަރަށް ހިތްހަމަޖެހިފައި މި ހުރީ، މިއީ އުމުރުން އެއް ފަހަރު ލިބޭނެ ކަހަލަ ފުރުސަތެއް. އެހެންވީމަ އެންމެ ރަނގަޅު ނަތީޖާ އަކަށް މި އުންމީދު ކުރަނީ،"

އޮލިމްޕިކްސްގެ ޓޭބަލް ޓެނިސް އިވެންޓް މިއަދު ފަށާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އެ ގޮތުން، ޕްރިލިމިނަރީ ބުރުގައި ދީމާ ނުކުންނާނީ ޕޮލެންޑްގެ ކަޓާރްޒައިނާ ވްގްރީޒިންއާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބުރު އަތުން މޮޅެއް ހޯދައި މާޒިޔާ ދެ ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބް 2-0 އިން ބަލިކޮށް، މާޒިޔާ ތާވަލުގެ ދެވަނައަށް ޖެހިލައިފި. ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމު ތައްޔާރުވުމަށްޓަކައި މި މެޗަށްފަހު ލީގުގެ ކުޅުން ވަނީ މަހެއްހާ ދުވަހަށް މެދުކަނޑާލާފައި. ލީގު މެދުކަނޑާލިއިރު ތާވަލުގެ އެއްވަނައިގައި އޮތީ 16 ޕޮއިންޓާއެކު ވިކްޓަރީ ސްޕޯޓްސް ކްލަބް

އިތުރު ވަގުތުގައި ދެ ގޯލު ޖަހައިގެން މޮޅުވެ އިންޓަ އެއް ވަނަ އަށް

އިޓާލިއަން ލީގުގައި ފިއޮރެންޓީނާ އަތުން 2-1 އިން މޮޅުވެ، އިންޓަ މިލާނުން ތާވަލުގެ އެއްވަނައަށް ޖެހިލައިފި. މެޗުގެ އިތުރު ވަގުތުގައި ޖެހި ދެ ގޯލާއެކު އިންޓަ މޮޅުވިއިރު، އެޓީމަށް އެއްވަނަ ލިބެނީ ލާޒިއޯއާ އެއްވަރަށް ޕޮއިންޓް ލިބިފައިވީ ނަމަވެސް ހެޑް-ޓު-ހެޑް ގަވާއިދުން

ލިވަޕޫލަށް މޮޅެއް، ބޯންމައުތުން ޔުނައިޓެޑް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން ލިވަޕޫލުން 2-0 އިން ބްރައިޓަން ބަލިކުރިއިރު، ބޯންމައުތުން ވަނީ 3-0 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފައި. މި މޮޅާއެކު ލިވަޕޫލް ތާވަލުގެ ހަތަރުވަނައަށް ޖެހިލިއިރު، ޔުނައިޓެޑުން މި މެޗަށް ނުކުތީ އެޓީމުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭސް ނުލައި

ޓީސީ ބަލިކޮށް ބިސް ބުރު ފަސް ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސް ކްލަބް 2-1 އިން ބަލިކޮށް، ބިސް ބުރު ސްޕޯޓްސް ކްލަބް ތާވަލުގެ ފަސް ވަނައަށް ޖެހިލައިފި. ވިއްސާރައިގެ ސަބަބުން ކުޅުން މެދުކަނޑާލަން ޖެހުނު މި މެޗުގައި ބިސް ބުރުގެ ލަނޑުތައް ޖަހައިދިނީ އިބްރާހިމް އަތީގާއި މުހައްމަދު ޒިދާން އީސާ

އެތުލެޓިކޯ ސަޕޯޓަރުން ކިބައިން އަލްވަރޭޒް މައާފަށް އެދިއްޖެ

މި ސީޒަން ފެށުމުގެ ކުރިން ކްލަބް ބަދަލުކުރުމާ ގުޅޭގޮތުން ދެވުނު އިންޓަވިއުއެއްގެ ސަބަބުން، އެތުލެޓިކޯ މެޑްރިޑްގެ ސަޕޯޓަރުންގެ ކިބައިން ފޯވާޑް ޖޫލިއަން އަލްވަރޭޒް މައާފަށް އެދިއްޖެ. އޭނާ ބުނިގޮތުގައި އެ ވަގުތު ކަންތައް ކުރެވުނު ގޮތް ގޯސްކަމަށާއި، ސަޕޯޓަރުންގެ ނުރުހުން އަމާޒުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ގަބޫލުކުރޭ

ސިފައިން ގައުމީ ފައިނަަލަށް، އެމްޓީސީސީ މެޗު އެޗްޑީސީ އަށް

ގައުމީ ވޮލީ މުބާރާތުގެ ފައިނަލުން ސިފައިން ޖާގަ ހޯދިއިރު، އައިޓީސީގެ މައްސަލައެއްގައި އެމްޓީސީސީން މެޗު ދޫކޮށްލުމުން އެޗްޑީސީ ވަނީ ތިން ވަނަ ސެމީއަށް ދަތުރުކޮށްފައި. އެމްޓީސީސީން މެޗު ދޫކޮށްލީ ބިދޭސީ ކުޅުންތެރިންގެ އެގްރީމަންޓެއްގައި ސޮއިކުރަން ވީއޭއެމްއިން އެންގި ވަގުތު ކުޑަވުމާއި ގާނޫނީ ގޮތުން ބަލަންޖެހޭ ކަންކަން ހުރުމުން

ސާފަށް ތައްޔާރުވާން ރާއްޖޭން އިންޑޮނޭޝިއާގައި ކޭމްޕްކުރަނީ

އަންނަ މަހު ބަންގްލަދޭޝްގައި ބާއްވާ 15 ވަނަ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު އިންޑޮނޭޝިއާގައި ކޭމްޕްކުރާ ގޮތަށް ވަނީ ހަމަޖެހިފައި. މި މަހުގެ 26 އިން އަންނަ މަހުގެ 2 އަށް ކުރިއަށްދާ މި ކޭމްޕަށް ފަހު، ޓީމު މުބާރާތަށް ފުރާނީ އަލުން ރާއްޖެ އައުމަށް ފަހުގައި.

Newsletter

Get the latest news delivered straight to your inbox