އުޅަނދުފަހަރަށް ކަނޑާފައި މާލޭގައި ހިނގާބިނގާވެ އުޅެން އޮތީ މަގުގެ އެންމެ 18 ޕަސެންޓު

މާލޭގެ މަގެއް މަތީގައި ބަޔަކު ހިނގާފައި ދަނީ: މަގުތައް މަތީގައި ވެހިކަލްތައް ގިނަކަމުން، ހިނގާބިނގާވެ އުޅެން ދަތިވޭ -- ފޮޓޯ: އަދަދު

މާލޭގެ މަގެއް މަތީގައި ބަޔަކު ހިނގާފައި ދަނީ: މަގުތައް މަތީގައި ވެހިކަލްތައް ގިނަކަމުން، ހިނގާބިނގާވެ އުޅެން ދަތިވޭ -- ފޮޓޯ: އަދަދު

މިދިޔަ އަހަރުގެ ނިޔަލަށް މާލެ ސަރަހައްދުގައި، އެއްގަމު އުޅަނދުތަކުން މަގުގެ ޖާގައިގެ 82 ޕަސެންޓު ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

މާލެ ސަރަހައްދުގެ މަގުތަކަކީ އަމާން ތަނަކަށް ހެދުމަށް ރޭ އިފުތިތާހު ކުރި މާލެފަހި ޕްރޮގުރާމުގެ ކަރުދާހުގައި ހިމަނާފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2023 ގެ ނިޔަލަށް މާލެ ސަރަހައްދުގެ މަގުތަކުގައި ދުއްވާ 115،928 އުޅަނދުފަހަރު ރަޖިސްޓަރީކޮށް ބޭނުން ކުރަމުންދެ އެވެ.

އޭގެ ތެރެއިން 22،714 އުޅަނދަކީ 2022 ވަނަ އަހަރުގެ ނިޔަލަށް އުފެއްދި ތާރީހުން ފެށިގެން 15 އަހަރު ވެފައިވާ އުޅަނދެވެ. އެ އުޅަނދުތަކުން އެކަނި ވެސް މާލޭގެ 67،399 އަކަ މީޓަރުގެ ސަރަހައްދެއް ބޭނުން ކުރާ ކަމަށް އެ ކަރުދާހުން ދައްކަ އެވެ.

މާލޭގެ މަގުތަކުގެ ޖުމުލަ އޭރިއާއަކީ 390،000 އަކަ މީޓަރެވެ. ވެހިކަލްތަކުގެ ޖާގަ ޖުމުލަ ކޮށްލުމުން 319,402 އަކަ މީޓަރު އަރަ އެވެ. އެހެންވެ، މާލޭގެ މަގުތަކުގައި ދުއްވާ އުޅަނދުތައް ހިއްސާކުރާ ޖާގަ އުނި ކުރުމުން ހިނގާބިނގާވެ އުޅޭ މީހުންނަށް މާލޭގެ މަގުތަކުން އޮތީ އެންމެ 18 ޕަސެންޓެވެ. މާލޭގެ މަގުތަކުގައި ދުއްވާ އުޅަނދުތައް ހިއްސާކުރާ ޖާގަ އުނި ކުރުމުން ހިނގާބިނގާވެ އުޅޭ މީހުންނަށް މާލޭގެ މަގުތަކުން އޮތީ އެންމެ 18 ޕަސެންޓެވެ.

މާލޭ ސަރަހައްދުގައި ބޭނުން ކުރާ އެއްގަމު އުޅަނދުފަހަރުގެ ތެރެއިން އެންމެ ގިނައީ މޮޓޯ ސައިކަލެވެ. 2023 ގެ ނިޔަލަށް މާލެ ސަރަހައްދުގައި 100،555 މޮޓޯ ސައިކަލު ހުރި ކަމަށް ޓްރާންސޕޯޓުގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ. މި ސަރަހައްދުގައި ބޭނުންކުރާ ބަހާއި ލޮރީ އަދި ވޭނުގެ އަދަދު އެއްކޮށްލުމުން ޖުމުލައަކީ 1828 އެވެ.

އެ ހިސާބުތަކުން ދައްކާ ގޮތުގައި 2013 ވަނަ އަހަރުން ފެށިގެން އެންމެ ގިނަ އުޅަނދު ރަޖިސްޓްރީ ކުރީ މިދިޔަ އަހަރެވެ. މިދިޔަ އަހަރު އެކަނިވެސް 10،871 އުޅަނދު ރަޖިސްޓްރީ ކުރި އެވެ.

ޓްރާސްޕޯޓު މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން ފާއިތުވި ފަސް އަހަރު ތެރޭގައި މާލެ ސަރަހައްދުގައި 16،242 އެކްސިޑެންޓު ރިޕޯޓު ކޮށްފައިވެ އެވެ.

އޭގެ ތެރޭގައި އެންމެ ގިނައީ ސައިކަލު އެކްސިޑެންޓެވެ. އެ ކަރުދާހުގައި އާންމު ކޮށްފައިވާ މައުލޫމާތަށް ބަލާއިރު މާލެ ސަރަހައްދުގައި އެވަރެޖުކޮށް އަހަރެއްގެ މައްޗަށް 833 ސައިކަލު އެކްސިޑެންޓު ވެފައިވެ އެވެ.

މިދިޔަ ފަސްއަހަރު ތެރޭގައި އެންމެ މަދު އެކްސިޑެންޓު ހިނގާފައި ވަނީ ކޮވިޑު ދުވަސްވަރު އެވެ. ދެ ފަހަރެއްގެ މަތިން ދިވެހީން ލޮކްޑައުންގައި ތިބެން ޖެހުނު 2020 ވަނަ އަހަރު މާލެ ސަރަހައްދުން ރިޕޯޓު ކޮށްފައި ވަނީ 2244 އެކްސިޑެންޓުގެ މައްސަލަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox