އައްޑޫ މޭޔަރު ނިޒާރު ގޮވާލެއްވީ ބަހަނާ ނުދައްކައި ފެނަކައިން ކަރަންޓު ދޭން

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު (ކ) އަދި ފެނަކަ ކޯޕަރޭޝަންގެ އެމްޑީ މުއާޒް (ވ) -- ފޮޓޯ: އަދަދު

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު (ކ) އަދި ފެނަކަ ކޯޕަރޭޝަންގެ އެމްޑީ މުއާޒް (ވ) -- ފޮޓޯ: އަދަދު

އައްޑޫ ސިޓީގެ ކަރަންޓު މައްސަލައިގައި ފެނަކަ ކޯޕަރޭޝަންގެ އެމްޑީ މުއާޒް މުހައްމަދު ރަޝީދު ބަހަނާ ނުދައްކަވައި، ކަރަންޓު ދިނުމަށް މޭޔަރު އަލީ ނިޒާރު މިއަދު ގޮވާލައިފި އެވެ.

ކުރީ ސަރުކާރަށް ފަޑުކިޔައި މުއާޒް ފޭސްބުކްގައި ކުރި ޕޯސްޓަކަށް ރައްދު ދެއްވަމުން ނިޒާރު ވިދާޅުވީ އޭސީސީން ދައްކަން ޖެހޭ ވާހަކަ ނުދައްކައި އައްޑޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކޮށްދޭން އެދޭ ކަމަށެވެ.

މުއާޒް ވިދާޅުވީ މިދިޔަ ސަރުކާރުން މާކެޓް ރޭޓުގައި 44 މިލިއަން ރުފިޔާއަށް ނިންމޭނެ އިމާރާތެއް 76 މިލިއަން ރުފިޔާ ހަރަދު ކުރިއިރުވެސް ނުނިމުން ކަމަށެވެ.

"މަނިކުފާން ހަވާލުވީ ފެނަކަ ހިންގަވަން. އައްޑޫގައި އަޅަން ފަށާފައިވާ ޕަވާ ހައުސް ނިންމަވައި ޖެނެރޭޓަރު ގެންނަވާ. ފައިސާ ހޯދަން އެނގެންވާނެ. ސަރުކާރުން ފައިސާ ލިބޭނެ. ނޭގޭނަމަ ކުރީގެ އެމްޑީ ސައީދުގެ މަޝްވަރާ ހޯއްދަވާ،" ނިޒާރު ވިދާޅުވި އެވެ.

މިއަދު އޮތް އައްޑޫ ސިޓީ ކައުންސިލް ބައްދަލުވުމުގައި ނިޒާރު ވިދާޅުވީ ދަރަނި ހުއްޖަތަކަށް ދައްކައިގެން، ރައްޔިތުންނަށް ދޭ ހިދުމަތްތަކުން ރެކޭނެ ފުރުސަތެއް ނޯންނާނެ ކަމަށައި ފެނަކައިގެ އެމްޑީ މުއާޒް މުހައްމަދު ރަޝީދުއަކީ މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރެވޭ ވަރުގެ ބޭފުޅެއް ނޫން ކަމަށެވެ.

ފެނަކަ ހިންގަމުންދަނީ ސަރުކާރުން ފައިސާ ދީގެންކަން ފާހަގަކުރައްވާ ނިޒާރު ވިދާޅުވީ ފެނަކައަކީ އަސާސީ ހިދުމަތް ދޭ ކުންފުންޏެއް ކަމަށާއި އެ ކުންފުންޏަށް ސަރުކާރުން ފައިސާ ދޭނެ ކަމަށެވެ.

"ފައިސާ ހޯދަން ދަސްކުރަން ޖެހޭ. ފައިސާ ހޯދާ ގޮތް ދަސްކޮށްގެން ފައިސާ ހޯދައިގެން ދައުލަތް ހިންގޭނީ. 500 މިލިއަން ދީފައި ޑްރޯން ގަތީ. ހަމަ މުލިއާގެ މަރާމާތު ކުރަންވީމަ 20 މިލިއަން ހަރަދުވި. ހުވާ ކުރުމުގެ ރަސްމިއްޔާތަށް 26 މިލިއަން ހަރަދުވި. އެ ހުރިހާ ކަމެއް ކުރިއިރު ނުވިސްނެނީބާ ރައްޔިތުން މި ހާލަތަށް ވެއްޓޭނެކަން،" އޭނާ ވިދާޅުވި އެވެ.

ކަރަންޓުގެ މައްސަލަ ހައްލު ކުރެވޭނީ ސަރުކާރު ވެސް ހިންގަން އެނގިގެން ކަމަށާއި މިއަދާ ހަމައަށް ސަރުކާރު ހިންގަން އެނގޭތަނެއް ނުފެންނަ ކަމަށް ނިޒާރު ވިދާޅުވި އެވެ.

ފެނަކައިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އައްޑޫގައި މިހާރު ހަރު ކުރެވިފައި ހުރި ޖެންސެޓުތަކުގެ ތެރެއިން، 1.8 މެގަވޮޓްގެ އިންޖީނަށް ދިމާވެފައިވާ މައްސަލައަކާ ގުޅިގެން އައްޑޫއަށް ބޭނުންވާ މިންވަރަށް ކަރަންޓު އުފައްދަން ދަތިތައް ކުރިމަތިވެފައިވާ ކަމަށެވެ.

އެގޮތުން އެ އިންޖީނަށް ބޭނުންވާ ސްޕެއާއަކީ ރާއްޖެއިން ބޭރުން ހޯދަން ޖެހޭ ސްޕެއާއަކަށް ވުމުން، އެ ސްޕެއާ ހޯދައި އިންޖީނަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ.

އައްޑޫއަށް ކަރަންޓުގެ އެކި މައްސަލަތައް ދިމާވަމުން އަންނަނީ މި އަހަރު ފެށުނު ފަހުންނެވެ. ނަމަވެސް މައްސަލަ އެއްކޮށް ހައްލު ކުރެވިފައެއް ނުވެ އެވެ. އެކަމާ ގުޅިގެން ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކޮށް، ދަތިތައް ދިމާވާ ކަމަށް ބުނެ އަޑު އުފުލަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox