މައި ކަރަންޓު ކޭބަލަށް ގެއްލުންވެ، އަނެއްކާ ވެސް އައްޑޫގެ ރަށްތަކުން ކަރަންޓު ކެނޑެނީ

އައްޑޫ ސިޓީ: ކޭބަލަކަށް މައްސަލަ ދިމާވެ ކަރަންޓު ހިދުމަތަށް އަންނަނީ ބުރޫ އަރަމުން -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

އައްޑޫ ސިޓީ: ކޭބަލަކަށް މައްސަލަ ދިމާވެ ކަރަންޓު ހިދުމަތަށް އަންނަނީ ބުރޫ އަރަމުން -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތައް ކަމަށްވާ ސ. ހިތަދޫ، ސ. މަރަދޫ، ސ. މަރަދޫފޭދޫ އަދި ސ. ފޭދޫއަށް ކަރަންޓު ދޭ މެއިން ކޭބަލަކަށް މައްސަލަ ދިމާވެ، ކަރަންޓުގެ ހިދުމަތަށް ބުރޫ އަރައިފި އެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވީ ރެއިން ފެށިގެންނެވެ. އެ ފަހުން އެކި ވަގުތުތަކުގައި، އެކި ރަށްރަށުން ކަރަންޓު ކެނޑި، ރައްޔިތުންނަށް އަންނަނީ އުނދަގޫތައް ދިމާވަމުންނެވެ.

ކަރަންޓަށް ދިމާވެގެން އުޅޭ މައްސަލައިގެ މައުލޫމާތު "އަދަދު" އާ ހިއްސާކުރައްވަމުން ފެނަކަ ކޯޕަރޭޝަންގެ އެމްޑީ މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ދޭ މެއިން ކޭބަލަކަށް މައްސަލަ ދިމާވެފައިވާ ކަމަށާއި މައްސަލަ ދިމާވި ކޭބަލް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މައްސަލަ ހައްލުކުރަން ކުރަމުންދާ މަސައްކަތުގެ ތެރެއިން ބައެއް ތަންތަނުން ކަރަންޓުގެ ހިދުމަތް މެދުކެނޑޭނެ. އެނގޭ ކަމަކީ މައްސަލަ ދިމާވެގެން އުޅެނީ އެޗްވީ ކޭބަލަކަށް ކަން ގެއްލުން ވެގެން [ކަން]. މަސައްކަތް ކުރަނީ މައްސަލަ ހައްލުކުރަން،" މުއާޒް ވިދާޅުވި އެވެ.

އައްޑޫ ސިޓީން މީގެ ކުރިން ވެސް މެއިން ކޭބަލަކަށް މައްސަލަ ދިމާވެ، ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑުނެވެ. އެ ފަހަރު ކޭބަލަށް މައްސަލަ ދިމާވީ މަގު ހެދުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ.

އައްޑޫ ސިޓީއަށް ދޭތެރެ ދޭތެރެއިން ކަރަންޓުގެ ހިދުމަތް މެދުކެނޑޭތީ އެ ސިޓީގެ ރައްޔިތުން އަންނަނީ ކަންބޮޑުވަމުންނެވެ. އަދި ސިޓީގެ މޭޔަރު އަލީ ނިޒާރު ވެސް ވަނީ ކަރަންޓުގެ ހިދުމަތަށް ބުރޫ ނާރާގޮތަށް ދިމާވާ މައްސަލަތަކަށް ފުރިހަމަ ހައްލެއް ގެނައުމަށް ގޮވާލާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox