އުލްޔާ، އެއް މަސް ތެރޭ ދެ ވަނަ ފަހަރަށް 50 މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑް މުގުރާލައިފި

Jul 21, 2024, 4:41 AM
އުލްޔާ، އެއް މަސް ތެރޭ ދެ ވަނަ ފަހަރަށް 50 މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑް މުގުރާލައިފި

ގައުމީ ފެތުންތެރިޔާ، އައިޝަތު އުލްޔާ ޝާއިގް، އެއް މަސް ތެރޭ ދެ ވަނަ ފަހަރަށް އަންހެނުންގެ ގައުމީ ޝޯޓްކޯސް 50 މީޓަރު ފްރީ ސްޓައިލް އިވެންޓްގެ ގައުމީ ރެކޯޑް މުގުރާލައިފި އެވެ.

އަންހެނުންގެ ޝޯޓްކޯސް 50 މީޓަރު ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯޑް އުލްޔާ މި ފަހަރު ހެދީ، އޮސްޓްރޭލިއާ ގައި ކުރިއަށްދިޔަ ދި ޔުނިވާސިޓީ އޮފް ވެސްޓާން އޮސްޓްރޭލިއާ (ޔޫޑަބްލިއުއޭ) ވެސްޓް ކޯސްޓް ކްލަބް ނައިޓް ނަންބަރު 7 މީޓްގަ އެވެ.

އުލްޔާ މި ފަހަރު، 50 މީޓަރު ފްރީސްޓައިލް އިވެންޓު ނިންމާފައިވާ ޓައިމިން އަކީ 28.75 ސިކުންތުންނެވެ.

މި އިވެންޓުގެ ޤައުމީ ރެކޯޑް އެންމެ ފަހުން އާކޮށްފައިވަނީ ވެސް އުލްޔާ އެވެ. އެއީ، މިދިޔަ ޖޫން މަހު، އޮސްޓްރޭލިއާގައި ކުރިއަށްދިޔަ ބްރޭކާސް ބިގް ސްޕްލޭޝް ޖޫން 2024 މީޓް ގަ އެެވެ. އެ ފަހަރު، 50 މީޓަރު ފްރީސްޓައިލް އިވެންޓުގައި އުލްޔާގެ ޓައިިމިން އަކީ 28.81 ސިކުންތެވެ.

އޭގެ ކުރިން މި ރެކޯޑް އޮތީ، 2016 ވަނަ އަހަރު ބޭއްވުނު 13 ވަނަ ފީނާ ވޯލްޑް ސްވިމިން ޗެމްޕިއަންޝިޕުގައި ވާދަކުރި އާމިނަތު ސަޖަން އަތުގަ އެވެ. ސަޖަން ރެކޯޑް ހެދީ 29.81 ސިކުންތުގެ ޓައިމިން އަކާ އެކު އެވެ.

އުލްޔާ އަކީ މި ފަހަރުގެ އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލްކުރާނެ ފެތުންތެރިއެކެވެ. އަންނަ ހަފްތާގައި ފަށާ އޮލިމްޕިކްސްގައި ސްވިމިން އިން ރާއްޖެ އަށް ލިބިފައިވަނީ ޔުނިވާސިލިޓީ ޕްލޭސަސްގެ ދެ ފުރުސަތެެވެ. ކޮލިފައިނުވާ ގައުމުތަކަށް ދޭ ސްލޮޓްތަކުގެ ތެރެއިން ފުރުސަތު ހޯދައި ރާއްޖެ ތަމްސީލްކުރާނީ އުލްޔާގެ އިތުރުން، މުހައްމަދު އާން ހުސެއިން އެވެ.

އޮލިމްޕިކްސް އަށް ދާނެ ދިވެހި ދެ ފެތުންތެރިން ކަނޑައަޅަން އަމަލުކުރަން ޖެހޭ ގޮތަކީ، ފެތުމުގެ ބައިނަލްއަގުވާމީ ޖަމިއްޔާ، ވޯލްޑް އެކުއަޓިކްސް އިން ކަނޑައަޅާފައިވާ އުސޫލުތަކަށް ބަލައިގެންނެވެ. އެއީ، ފެތުމުގެ ވަކި މުބާރާތްތަކެއްގައި ވާދަކުރި ދިވެހި ފެތުންތެރިންގެ ތެރެއިން އެންމެ މަތިން ވޯލްޑް އެކުއަޓިކްސް ސްވިމިން ޕޮއިންޓް ލިބޭ އެތުލީޓުންނަށް ފުރުސަތު ލިބޭ ގޮތަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox