ހުލާސާކޮށް އިއްޔެ: ޝަރީއަތަށް ނުފޫޒު ފޯރުވި މި ސަރުކާރު ވެރިންގެ ލިސްޓު ޔާމީން އަތުގައި

ކުރީގެ ރައީސް އަބްދުﷲ ޔާމީން -- ފޮޓޯ: އަދަދު ނޫސ

ކުރީގެ ރައީސް އަބްދުﷲ ޔާމީން -- ފޮޓޯ: އަދަދު ނޫސ

ޕީއެންސީ/ޕީޕީއެމްގެ ލީޑަރަކަށް ކުރިން ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ޝަރީއަތަށް މިހާރު އެ އިއްތިހާދުގެ ސަރުކާރުގައި އިސްކޮށް ހުންނެވި ބޭފުޅުންގެ ތެރެއިން ނުފޫޒު ފޯރުވި ބޭފުޅުންގެ "ފުލް ލިސްޓު" އެބަ އޮތް ކަމަށް ޔާމީން އިއްޔެ ރޭ ވިދާޅުވި އެވެ.

ޔާމީން މިހާރު ހިންގަވާ ޕީއެންއެފްގެ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނަށް އިއްވި 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު ޝަރީއަތް ލަސް ކުރުމަށް މި ސަރުކާރުގެ އިސް ބޭފުޅުންގެ ބައިވެރިވުން އެބަ އޮތް ކަމަށެވެ.

ނަމަވެސް ތުހުމަތުކުރައްވާ ބޭފުޅުންގެ ނަންތައް ވިދާޅެއް ނުވެ އެވެ. ވިދާޅުވީ އެ ނަންތައް ހާމަކުރަން ޖެހޭ ވަގުތު އައުމުން އެ ކަން ވެސް ކުރައްވާނެ ކަމަށެވެ.

"ހައި ކޯޓުގައި އަޅުގަނޑުގެ މައްސަލަ ހިނގަމުން ދިޔައިރު އޭގެތެރެއަށް އަތް ބާނައި އަޅުގަނޑަށް ގެއްލުން ދޭން މިހާރު ތި ގަރުދިޔަ ޖަގަހައިގައި މަސައްކަތް ކުރާ އިސް ބޭފުޅުންގެ ތެރެއިން ކޮން ބައެއް ކަން، ފުލް ލިސްޓު އެބަ އޮތް، ކޮން ފަނޑިޔާރަކާތޯ ގުޅީ ވެސް އަޅުގަނޑަށް އެނގޭ،" ޔާމީން ވިދާޅުވި އެވެ.

އެ މަނިކުފާނަށް ލިބިފައި އޮތް ރިޔާސީ ކެންޑިޑެސީ ބާތިލު ކުރުމަށް ޕާޓީގެ ތެރެއިން ބައެއް ބޭފުޅުން މަސައްކަތް ކުރި ކަމަށް ވެސް ޔާމީން ތުހުމަތު ކުރެއްވި އެވެ. އޭގައި އެންމެ އިސްކޮށް ހުންނެވީ މިހާރު ސަރުކާރުގެ ވަޒީރަކު ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ. ނަމަވެސް އެއީ ކޮން ވަޒީރެއް ކަމެއް ވިދާޅެއް ނުވެ އެވެ.

"އެ ކަންކަން އަޅުގަނޑުމެންނަށް ނޭނގެނީއަކީ ނޫން އިނގޭތޯ، އަދި ވަގުތު ނުޖެހޭތީ އަޅުގަނޑުމެން އެ ބޭފުޅުންގެ ނަންނަން ހާމަ ނުކުރަނީ އިނގޭތޯ، އެ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އެ ބޭފުޅުންގެ ތެރެއިން ކޮން ބައެއްގެ ވާހަކަ ކަން މި ދައްކަނީ،" ޔާމީން ވިދާޅުވި އެވެ.

ހައި ކޯޓުގައި ހިނގަމުން ދިޔަ އިސްތިއުނާފުގެ ޝަރީއަތް ހުކުމާ ހަމައަށް ވާސިލްވުމަށް ފަހު، އެ މައްސަލަ ބައްލަވަމުން ގެންދެވި ފަނޑިޔާރުންގެ ޗުއްޓީއާއި އެހެނިހެން އެކި ސަބަބުތަކާ ހުރެ ލަސްވަމުން ގޮސް އެ މައްސަލައިގެ ހުކުމް އިއްވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ދެ ދުވަހަށް ވެފައި ވަނިކޮށެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox