ކަރަންޓު މައްސަލައިގެ ބަހުސަށް ފަހު މަޖިލީހުން ކަރަންޓު ކެނޑިގެން ޖަލްސާ ކުރުކޮށްލައިފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ޖަލްސާ ހުއްޓާލީ ބެކަޕް ޖަނަރޭޓަރުގައި ގިނަ އިރު ޖަލްސާ ނުބޭއްވިދާނެތީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ޖަލްސާ ހުއްޓާލީ ބެކަޕް ޖަނަރޭޓަރުގައި ގިނަ އިރު ޖަލްސާ ނުބޭއްވިދާނެތީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކަރަންޓުގެ ހިދުމަތް ދޭ ކުންފުނި ކަމަށްވާ ސްޓެލްކޯ އާއި ފެނަކައިން ފާއިތުވެދިޔަ މަސްތަކުގައި ރައްޔިތުންނަށް ފޮނުވި ބިލުތައް އިންތިހާއަށް ބޮޑުވެފައި ވާތީ އެކަން ބަލައި ތަހުގީގު ކުރުމަށް ހުށަހެޅީ ކުއްލި މައްސަލައިގެ ބަހުސް ނިމި އަލުން މެންދުރުފަހު މަޖިލިސް ފެށި ވަގުތު ރައްޔިތުންގެ މަޖިލީހުން ކަރަންޓު ކެނޑުމާ ގުޅިގެން މިއަދުގެ ޖަލްސާ ކުރުކޮށްލައިފި އެވެ.

މެންދުރު 13:00 ގައި ޖަލްސާ ފަށަން އޮތް ނަމަވެސް އޭގެ 15 ވަރަކަށް މިނެޓު ފަހުން ޖަލްސާ ފެށިއިރު ރިޔާސަތުގައި އިންނެވީ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމެވެ. އޭނާ ވިދާޅުވި ގޮތުގައި އެވަގުތު މަޖިލީހަށް ކަރަންޓު ދެމުން ދިޔައީ ބެކަޕް ޖެނެރޭޓަރުންނެވެ.

"އަޅުގަނޑުމެންނަށް ހުރިހާ ފަންކްޝަންތަކެއް އެބަހުރި ސްޓްރީމް ވެސް ކުރަމުން ދަނީ. އެހެން ނަމަވެސް ބެކަޕް ޖެނެރޭޓަރުގައި އަޅުގަނޑުމެންނަށް ހިފެހެއްޓޭނީ ކިހާ އިރަކަށް ކަމެއް ނޭނގެ. އަޅުގަނޑު ގަސްްތުކުރަނީ މިއަދުގެ ޖަލްސާ މިހާ ހިސާބުން ނިންމާލަން," ނާޒިމް ވިދާޅުވި އެވެ.

މިއަދުގެ ޖަލްސާގައި ސްޕޯޓްސް މިނިސްޓަރު އަބްދުالله ރާފިއު ވެސް ހާޒިރުކުރި އެވެ. އެއަށް ފަހު އެމްޑީޕީގެ ފަރާތުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިގަނެ ބަހުސް ވެސް ކުރި އެވެ. އެއީ ކަރަންޓާ ގުޅޭ މައްސަލަ އެކެވެ. އެ ބިލުތަކަށް ފަހު ޖިނާއީ އިޖުރާއަތުގެ ގާނޫނާ ގުޅޭ ބަހުސް ވެސް ކުރިއަށްދިޔަ އެވެ.

ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ ޖުލައި 22, ގަ އެވެ. އެ ޖަލްސާގައި ގަވަރުނަރު ވަކިކުރުމާ މެދު މަޖިލީހުން ގޮތެއް ނިންމާނެ ކަމަށް ބެލެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox