ގަވަރުނަރު ވަކިކުރުމާ މެދު މާލިއްޔަތު ކޮމިޓީން މާދަމާ ގޮތެއް ނިންމަނީ

ގަވަރުނަރު ވަކިކުރުމާ މެދު މާލިއްޔަތު ކޮމިޓީން މާދަމާ ގޮތެއް ނިންމަނީ

އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝީމް ވަކިކުރަން ރައީސަށް ލަފާ ދޭން ރައްޔިތުންގެ މަޖިލީހުން ހިންގާ މައްސަލައިގައި ޖަވާބުދާރީވާން، އާލާސްކަންފުޅާ އުޅުއްވާތީ މިއަދު ވެސް އޭނާ ހާޒިރުވެވަޑައިގެންފައި ނުވާތީ މާދަމާ އޮންނަ ބައްދަލުވުމުގައި ލިޔުމުން އޭނާ ފޮނުވާފައިވާ ޖަވާބަށް ބަލައި ވަކި ގޮތެއް އެ މައްސަލައިގައި ނިންމާނެ ކަމަށް މާލިއްޔަތު ކޮމިޓީގެ މުގައްރިރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ގަވަރުނަރުގެ ޒިންމާ އަދާނުކުރެވޭ ކަމަށް ބުނެ ހާޝިމް ވަކިކުރަން ލަފާ ދިނުމުގެ މައްސަލައިގައި ކޮމިޓީގައި މިއަދާއި އިއްޔެ ވެސް އޮތީ އޭނާއަށް ޖަވާބުދާރީވާން ފުރުސަތު ދިނުމެވެ. މިއީ މަޖިލީހުގެ ގަވާއިދުގެ ދަށުން އޭނާއަށް ދޭން ޖެހޭ ފުރުސަތެއް، އަދި ކޮންމެހެން ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތެކެވެ.

"މިއަދު ވެސް އޮތީ ގަވަރުނަރުގެ މައްސަލަ ރައީސުލްޖުމްހޫރިއްޔާއަށް ދެންނެވުމަށް މަޖިލީހުގެ ފްލޯއަށް, ސެންޓްރަލް ބޭންކްގެ ގަވަރުނަރު ވަޒީފާއިން ވަކިކުރުމާ ގުޅޭގޮތުން އިތުބާރު ނެތް ކަމުގެ ވޯޓާ މެދު ގޮތެއް ނިންމަން. މިއަދު މިއީ ދެވަނަ ދުވަސް ދަންނަވާ. މިއަދު ވެސް ވަޑައިނުގެންނެވުނު," ގާސިމް ވިދާޅުވި އެވެ.

Advertisement

މިއަދު ވެސް އާލާސްކަންފުޅާ އުޅުއްވާތީ ހާޒިރުވެވެން ނެތް ކަމަށް ޑެޕިއުޓީ ގަވަރުނަރު ސޮއިކުރައްވައި މާލިއްޔަތު ކޮމިޓީއަށް ފޮނުވި ސިޓީއެއް މެދުވެރިކޮށް ގަވަރުވަނަރު ވަނީ އަންގަވާފަ އެވެ.

"މާދަމާ ވެސް އަނެއްކާ އެ މައްސަލަ މިޖަހަނީ. އެންމެ ފަހު ދުވަސް ކަމަށް މި ބަލަނީ. މާދަމާ ގަވަރުނަރު ވަޑައިގަތަސް ނުގަތަސް އެމަނިކުފާނު ފޮނުވާފައިވާ ސިޓީއަށް ބަލައި ގޮތެއް ނިންމުމަށް ކޮމިޓީން ވަނީ ނިންމާފައި," މާމިގިލީ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ގާސިމް ވިދާޅުވި އެވެ.

ކޮމިޓީއަށް ހާޒިރުވެވަޑައި ނުގެންނެވި ނަމަވެސް، ހާޝިމް ވަނީ އޭނާއަށް ޒިންމާ އަދާނުކުރެވޭނެ ކަމަށް މަޖިލީހުން ފާހަގަަކުރި ކަންކަމަށް ޖަބާވުދާރީވެ، މަޖިލީހަށް ލިޔުމުން ޖަވާބެއް ފޮނުއްވާފަ އެވެ.

ގަވަރުނަރުގެ ޒިންމާ އަދާނުކުރެވޭ ކަމަށް ބުނާ މައްސަލާގައި ކޮމިޓީއަށް ފޮނުއްވި ލިޔުމުގައި، މިކަމަށް އިންކާރުކުރައްވަމުން ހާޝިމް ވިދާޅުވީ، އިގުތިސޯދީ ކާރިސާއެއް އައުމުގެ ކުރިން އެ ފަދަ ހާލަތަކުން ގައުމު ސަލާމަތްކުރަން ބޭނުންވާ މައުލޫމާތާއި އިރުޝާދު ދީ، އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ މުހިންމު ކަން އޭނާ އާއި އެމްއެމްއޭއިން ސަރުކާރާ ހިއްސާކޮށްފައިވާނެ ކަމަށެވެ.

މި މައުލޫމާތުތައް މާލިއްޔަތު ކޮމިޓީއާ ވެސް ހިއްސާކުރައްވާފައިވާނެ ކަން ފާހަގަކުރައްވަމުން، ހާޝިމް އިތުރަށް ވިދާޅުވީ މިއަދު ބޯމަތިވެފައިވާ އިގުތިސޯދީ މުސްތަގުބަލާ މެދު އޮތް ބިރުވެރިކަމުގެ އަސްލަކީ އެމްއެމްއޭ އާއި ބައިނަލްއަގުވާމީ މާލީ އިދާރާތަކުން އިރުޝާދާއި ލަފާ، ސަރުކާރުން އަޑުނޭހުން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox