ރޯ މަސް ބޭރުކުރަނީ މަސްދަޅަށް ޖެހޭ ބޭރުގެ ޓެކްސް އަދި ޓެރިފް ބޮޑުކަމުން: ޝިޔާމް

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް: މަސްދަޅު ބޭރު ކުރުމުގައި ހުރި ގޮންޖެހުމުގެ ވާހަކަ ދެއްކެވި - ފޮޓޯ: އަދަދު ފައިލް

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް: މަސްދަޅު ބޭރު ކުރުމުގައި ހުރި ގޮންޖެހުމުގެ ވާހަކަ ދެއްކެވި - ފޮޓޯ: އަދަދު ފައިލް

ރާއްޖޭން ރޯ މަސް ބޭރުކުރަމުން ދަނީ ދަޅުގައި މަސް ބަންދުކޮށްގެން އަދި އެ ނޫން ވެސް ގޮތްގޮތަށް އަގު އެއްކޮށްގެން މަހުގެ ބާވަތްތައް ބޭރުކުރާނަމަ ގައުމުތަކަށް ދައްކަން ޖެހޭ ޓެކްސް އަދި ޓެރިފް ބޮޑު ވުމުން އެހެން ގޮތެއް ނެތި މަޖުބޫރު ވެގެން ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ކާބޯތަކެއްޗާއި ބެހޭ ޖަމިއްޔާ، އެފްއޭއޯގެ މަސްވެރިކަމުގެ ކޮމިޓީގެ 36 ވަނަ ޖަލްސާގައި ބައިވެރިވެވަޑައިގެން ޝިޔާމް ވިދާޅުވީ ބައިނަލް އަގުވާމީ މާރުކޭޓަށް މަހުގެ ބާވަތްތައް ނެރުމަށް ކުރަން ޖެހޭ ހަރަދުތައް ވަރަށް ބޮޑު ކަމަށެވެ.

ރާއްޖޭން ރޯ ގަނޑުކުރި ކަޅުބިލަމަސް ދުނިޔޭގެ ބާޒާރަށް ނެރެން މަޖުބޫރުވެފައިވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ. އެއީ މަސް ބޭރު ކުރުމަށް ރާއްޖޭން ވެސް ގައުމުތަކަށް ބޮޑު ޓެކްސްއެއް ދައްކަން ޖެހޭތީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އަމާޒަކީ މަހުގެ އަގު އެއްކޮށްގެން ރާއްޖޭން މަސް ބޭރުކުރުން ކަމަށާއި އަދި މި ހާލަތު ބަދަލުކުރަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ. ރާއްޖޭން ހިންގާ ދޮށީގެ ދެމެހެއްޓެނިވި މަސްވެރިކަމުގެ އުކުޅުގެ ނަމޫނާ ދުނިޔޭގެ ކޮންމެ ގައުމަަކުން ވެސް ބަލައިގަނެ، އެ މަސްވެރިކަން ކުރިއެރުވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ވަކާލާތު ކުރެއްވި އެވެ.

މިނިސްޓަރު ޝިޔާމް ވަނީ ދުނިޔޭގެ އެ ޖަމިއްޔާގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވައި ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ދާއިރާތައް ފާހަގަކުރައްވައި މަޝްވަރާތަކެއް ކުރައްވައިފަ އެވެ.

އެ ޖަމިއްޔާގެ އެހީތެރިކަމާއެކު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި މީގެ 40 އަހަރު ކުރިން ފެށި ކަނދުފަތީގެ މަޝްރޫއު އިތުރަށް ހަރުދަނާ ކުރުމަށް ކަނދުފަތި ކަނޑައިގެންދާ މިންވަރު މަދުކުރަން ޑިޒައިނަށް ބަދަލުތަކެއް ގެންނަން ޖެހޭ ނަމަ އެބަދަލުތައް ގެނައުމަށް އެއްބަސްވެފައިވެ އެވެ.

އޯޝަން ރިސޯސަސް ގާނޫނެއް ޑްރާފްޓްކުރުމަށް ބޭނުންވާ ތަޖްރިބާކާރުންގެ އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް އެއްބަސްވެވުނެވެ.

މެރިކަލްޗަރ ސިނާޢަތެއްގެ ގޮތުގައި ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ބެހޭގޮތުންވެސް ފުޅާދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

ރާއްޖެއިން ޔޫރަޕަށް އެކްސްޕޯޓްކުރާ މަހުން ނަގާ 24 ޕަސެންޓު ޑިއުޓީ ކަނޑާލުމަށް ކޮންމެ ސަރުކާރަކުން ވެސް މަސައްކަތްތަކެއް ކޮށްފައިވެ އެވެ. ކުރީގެ ސަރުކާރުގައި ޑިއުޓީއަކާ ނުލާ މަހުގެ ބާވަތްތައް އެތެރެކުރަން އިނގިރޭސިވިލާތާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރަން ވާހަކަ ދައްކާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox