އޮޑިޓް އޮފީހުން ބުނީ މަސައްކަތުގައި ނުރައްކަލާ ކުރިމަތިވާ ކަމަށް

އޮޑިޓާ ޖެނެރަލް އޮފީހުގެ ލީގަލް ކައުންސެލް މުހައްމަދު ނަސީމު މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ.

އޮޑިޓާ ޖެނެރަލް އޮފީހުގެ ލީގަލް ކައުންސެލް މުހައްމަދު ނަސީމު މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން ކުރާ މަސައްކަތްތަކާ ގުޅިގެން މުވައްޒަފުންނަށް ނުރައްކަލާ ކުރިމަތިލާން ޖެހޭ ކަމަށް، އެ އޮފީހުގެ ލީގަލް ކައުންސެލް މުހައްމަދު ނަސީމު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަަވާބު ދެއްވަމުން ނަސީމު ވިދާޅުވީ އޮޑިޓް އޮފީހުގެ މުވައްޒަފުންނަށް ފާޑުފާޑުގެ "ތުރެޓްތައް" އައިސްފައި އެބަހުރި ކަމަށާއި މުދަލަަށް ގެއްލުން ލިބޭ ހިސާބަށް ވެސް ކަންތައްތައް ގޮސްފައި އެބަހުރި ކަމަށެވެ. ފޯނުކޯލްތަކުގެ ޒަރިއްޔާއިން ބިރުދެއްކުން ފަދަ ކަންތައްތައް ހިނގާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ސީދާ ކޯޓަކަށް ގެންގޮސް ދައުވާކޮށް، އެކަހަލަ ކަމެއް ކޮށްފަކާ ނެތް، އެކަމަކު އަޅުގަނޑުމެންނަށް ފާޑުފާޑުގެ ތުރެޓްތައް އައިސްފައި އެބަހުރި،" އޭނާ ވިދާޅުވި އެވެ.

އެހެން ވިދާޅުވުމުން ކޮމިޓީގެ މެންބަރަކު ސުވާލު ކުރެއްވީ އެގޮތަށް ކަންތައް ކުރީ ކޮން ފަރާތަކުން ތޯ އެވެ.

ނަސީމު ވިދާޅުވީ އެގޮތަށް ބިރު ދައްކަނީ ކޮންބައެއްކަން ނޭނނގޭ ކަމަށާ އެނގޭ ނަމަ ކަމާ ބެހޭ އިދިރާތަކަށް ހުށަހެޅުނީސް ކަމަށެވެ.

"އަޅުގަނޑުމެންގެ މުދަލަށް ވެސް ހަމަ ގެއްލުން ލިބޭ ހިސާބަށް ކަންތައްތައް ގޮސްފައި އެބަހުރި، އަނެއްކޮޅުން ފޯނުކޯލުން ހަަމަ ބިރުދެއްކުން ކަހަލަ ކަންތައްތައް ވެސް ގޮސްފައި އެބަހުރި. ދެން އަޅުގަނޑުމެންނަކަށް ސިދާ މީހާއެއް ނޭނގޭ، އައިޑެންޓިފައި ކުރެވޭ ގޮތަކަށް އެއްވެސް މީހަކު އެކަހަލަ ކަމެއް ނުއެއް ކުރާނެތާ،" ނަސީމު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގާނޫނީ ވާޖިބެއް އަދާކުރުމުން އެކަހަލަ ބިރުދެއްކުންތައް އަންނާތީ "ދެންނެވެން ނޯންނަ" ކަމަށެވެ.

"އަަޅުގަނޑުމެންނަށް މިކަންތައް ކޮށްގެން މިކަހަލަ ތުރެޓެއް އެބަ އާދޭ، އެހެން ކިޔާފައި ދެންނެވޭކަށް ނެތޭ އަސްލު ގާނޫނީ ގޮތުން، އެއީ އަަޅުގަނޑުމެން މި ދަންނަވާ އެއްޗަކީ. އެކަމަކު ހަމަ އަަޅުގަނޑުމެން ކަހަލަ އެހެން މިނިވަން މުއައްސަސާތަކަށް އެބަ ހުއްޓޭ އެ ފުރުސަތު،"

އޭނާ އެމޭރުމުން ވާހަކަ ދެއްކެވުމުން ކޮމިޓީގެ މެންބަރު އަދި މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ސުވާލުކުރެއްވީ އޮޑިޓް އޮފީހަށް ލިބިފައި ހުރި އިންޒާރުތަކުގެ މައްސަލަ ކަމާ ބެހޭ ފަރާތްތަކަށް ހުށަހަަޅާފައިވާނެތޯ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވީ، ނަސީމު އެ ވިދާޅުވީ އެމްއެމްޕީއާރުސީގެ އޮޑިޓް ކުރިއިރު ކުރިމަތިވި ކަންތައްތަކެއްގެ ވާހަކަ ކަމަށެވެ. އެ މައްސަލަތައް އޭރު ފުލުުހުންނަށް ހުށަހަޅާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox