އިއްބެ، ލޯން އެއްބަސްވުމެއްގެ ދަށުން އޮޑި އަށް

Jul 13, 2024, 7:32 AM
މިދިޔަ އަހަރުގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ތެރެއިން އިއްބެ ލަނޑެއް ޖެހުމަށް ފަހު އުފާފާޅުކުރަނީ.

މިދިޔަ އަހަރުގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ތެރެއިން އިއްބެ ލަނޑެއް ޖެހުމަށް ފަހު އުފާފާޅުކުރަނީ.

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކޮންޓްރެކްޓްގައި ހުރި އިބްރާހިމް ވަހީދު ހަސަން (އިއްބެ)، ލޯން އެއްބަސްވުމެއްގެ ދަށުން މި ފަހަރު ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ އޮޑި ސްޕޯޓްސް ކްލަބަށް ބަދަލުވެއްޖެ އެވެ.

މިދިޔަ ސީޒަނުގައި ވެސް އިއްބެ ވަނީ ލޯން ޑީލެއްގެ ދަށުން އޮޑި އަށް ކުޅެފަ އެވެ. މަސް އޮޑި ސްޕޯޓްސް ކްލަބްގެ ނަމުގައި މިދިޔަ ސީޒަނުގައި ދެ ވަނަ ޑިވިޝަނުގައި ވާދަކޮށް މުބާރާތުގެ ޗެމްޕިއަންކަން، އެ ޓީމުން ހޯދީ އިއްބެގެ ކެޕްޓަންކަމުގަ އެވެ.

އޮޑި ސްޕޯޓްސް ކްލަބުން މިއަދު އާންމުކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އިއްބެ އެ ޓީމަށް ގެންނަން މާޒިޔާއާ އެކު އެއްބަސްވުމަކަށް އަތުވެފައިވާ ކަމަށެވެ.

އިއްބެ މިދިޔަ ސީޒަނުގެ ދެ ވަނަ ޑިވިޝަނުގެ ތަށި އުފުލާލަނީ.

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ޒުވާން ޓީމަށާއި ސީނިއާ ޓީމަށް ވެސް ކުޅުނު އިއްބެގެ ކުޅުން ފާހަގަވާން ފެށީ ޓީސީ ސްޕޯޓްސް ކްލަބް ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ފެށި ފަހުންނެވެ. އޭނާ ވަނީ ޓީސީއާ އެކު، ބަންގްލަދޭޝްގައި ބޭއްވި ޝެއިހް ކަމާލް ކަޕް 2017 ވަނަ އަހަރު ކާމިޔާބުކޮށްފަ އެވެ. އަދި 2018 ވަނަ އަހަރު، ބަންގްލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ރާއްޖޭން ހޯދިއިރު، އިއްބެ އަކީ ޓީމުގެ މުހިންމު މެމްބަރެކެވެ.

ޓީސީ އަށް ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދައިދޭން އެހީތެރިވުމަށް ފަހު، އިއްބެ އެ ޓީމު ދޫކޮށްލީ 2019 ވަނަ އަހަރު އެވެ. އެ ފަހުން، މާޒިޔާ އަށް ކުޅެމުން އައިއިރު، މިދިޔަ ސީޒަނުގައި ލޯން އެއްބަސްވުމެއްގެ ދަށުން ފުރަތަމަ ކްލަބް ވެލެންސިއާއާ ވެސް ގުޅުނެވެ. އެކަމަކު، އެ ޓީމު ޓްރާންސްފާ ބޭން އެއްގައި އޮތުމުން، އިއްބެ އަށް އެއްވެސް މެޗެއް ނުކުޅެވުނެވެ. އެހެންވެ، ފަހުން، އޭނާ ބަދަލުވީ އޮޑި ސްޕޯޓްސް ކްލަބް އަށެވެ.

ކުރިއަށް އޮތް ސީޒަނުގައި ވެސް އިއްބެ ފެންނާނީ އޮޑި ސްޕޯޓްސް ކްލަބުންނެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އެންމެ ފަހުން އޮތް އިންތިހާބީ ކޮމީޓީގެ ދައުރު ހަމަވުމުން، މި ވަގުތު ފުޓްބޯޅަ އޮތީ ވާނުވާއެއްގަ އެވެ. ކުރިއަށްދާނެ ގޮތެއް ފީފާ އިން އަންގަންދެން ފުޓްބޯޅައިގެ ކަންކަން މަޑުޖެހިފައި އޮތްއިރު، ސީޒަން ފަށާނެ ދުވަހެއް ނޭނގެ އެވެ. އެންމެ ފުރަތަމަ ސީޒަން ފަށަން ކަނޑައެޅީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް ވިކްޓަރީ ލީގުގެ އެއް ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބް ތާވަލުގެ އެއްވަނައަށް ޖެހިލައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހުމަދު ރިޒްވާން، ރަވްޝަންބެކް އަދި އަލް ހާޖީ ގޭރޯ. މި މޮޅާއެކު ވިކްޓަރީން ވަނީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހަމަކޮށްފައި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހާޒިގު ރިޓަޔާކޮށްފި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހަސަން ހާޒިގު ރަޝީދު، 16 އަހަރަށްފަހު ގައުމީ ޓީމުން ރިޓަޔާކޮށްފި. އޭނާ ރިޓަޔާކުރީ މެލޭޝިއާގައި ކުރިއަށްދިޔަ އައިސީސީ ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހުގައި. ކްރިކެޓް ބޯޑުން ވަނީ ހާޒިގު ގައުމީ ޓީމަށް ކޮށްދިން އަގުހުރި ހިދުމަތްތަކާއި އޭނާގެ ނަމޫނާ އަހުލާގު ފާހަގަކޮށްފައި.

މިސައިލް އެލާޓެއްގައި ޖެހުނު މެޗުގައި ރޮނާލްޑޯގެ ލަނޑެއް

މިސައިލް އެލާޓަކާ ގުޅިގެން 15 މިނިޓު ފަސްކޮށް ފެށި އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓްގެ މެޗުގައި، ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑަކާއެކު އަލް ނަސްރުން ނެފްޓްޝީ ފެރްގާނާ ބަލިކޮށްފި. މިއީ މި މުބާރާތުގައި އަލް ނަސްރުން ހޯދި ފުރަތަމަ މޮޅު ކަމަށްވާއިރު، ރޮނާލްޑޯ މިހާރު ވަނީ އޭނާގެ ކެރިއަރުގައި 981 ލަނޑު ހަމަކޮށްފައި

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މޮޅު އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މެޗުގައި ބަރޮސް މޯލްޑިވްސްއާ ވާދަކޮށް 2-1 ގެ ނަތީޖާއަކުން ސަން ސިޔާމް އޮޅުވެލި މޮޅުވެއްޖެ. ޖުމްލަ ހަ ރިސޯޓަކުން ވާދަކުރާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހު.

އެންރީކޭ އެދެނީ މެންޗެސްޓާ ސިޓީ އަދަަބަކުން ސަލާމަތްވާން

މާލީ ގަވާއިދުތަކާ ހިލާފުވެގެން މެންޗެސްޓާ ސިޓީއަށް ކުރިމަތިވެފައިވާ މައްސަލަތަކުން އެ ކްލަބް ސަލާމަތްވުމަށް އެދޭ ކަމަށް ޕީއެސްޖީގެ ކޯޗު، އެންރީކޭ ބުނެފި. އޭނާ ބުނީ ސިޓީން ހޯދާފައިވާ ކާމިޔާބީތަކަކީ ދަނޑުމަތީގައި ކުރި ބުރަ މަސައްކަތުން ހޯދި ހައްގު ކާމިޔާބީތަކެއް ކަމަށާއި، އެހެންކަމުން އެ ޓީމަށް އަދަބެއް ނުލިބި ސަލާމަތްވާނެ ކަމަށް އުންމީދުކުރާ ކަމަށް

ޔުނައިޓެޑް ބަލި، އާސެނަލާއި ބާސެލޯނާ އަށް މޮޅެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން އެތުލެޓިކޯ މެޑްރިޑް، ބާސެލޯނާ އަދި އާސެނަލް ވަނީ މޮޅުވެފައި. އެތުލެޓިކޯ އިން 2-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކުރިއިރު، ބާސެލޯނާ އިން ގަލަތަސަރާއި އަތުން 4-1 އިން އަދި އާސެނަލުން ލިލް އަތުން 3-0 އިން ވަނީ މޮޅުވެފައި

އިންފަންޓީނޯ އަށް ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރު ލިބުނު

ފީފާގެ ރައީސް އިންފަންޓީނޯ އަށް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރުގެ ޕޭމަންޓެއް ލިބިފައިވާއިރު، އެ ފައިސާގެ ތަފްސީލު ފީފާގެ މާލީ ރިޕޯޓުތަކުގައި ހިމަނާފައި ނުވާ ކަމުގެ ތުހުމަތު ވަނީ ފެންމަތިވެފައި. ނަމަވެސް ފީފާއިން މި ތުހުމަތުތައް ދޮގުކޮށް، ހުރިހާ މާލީ މުއާމަލާތްތަކެއް ހިންގަނީ ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ކަމަށް ބުނޭ

Newsletter

Get the latest news delivered straight to your inbox