އަލުން ގައުމީ ސްކޮޑަށް؛ އިއްބެގެ ފުޓްބޯޅަ ކެރިއަރުގެ އެންމެ ވަރުގަދަ އެނބުރި އައުން

ގައުމީ ޓީމުގެ ޕްރެކްޓިހުގެ ތެެރެއިން އިއްބެ (ކ) އާއި އަލީ އަޝްފާގު (ދަގަނޑޭ): ދެ ކުޅުންތެރިން ވެސް ގައުމީ ޓީމުގައި މި ހިމެނުނީ ތިން ވަރަކަށް އަހަރަށް ފަހު.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

ގައުމީ ޓީމުގެ ޕްރެކްޓިހުގެ ތެެރެއިން އިއްބެ (ކ) އާއި އަލީ އަޝްފާގު (ދަގަނޑޭ): ދެ ކުޅުންތެރިން ވެސް ގައުމީ ޓީމުގައި މި ހިމެނުނީ ތިން ވަރަކަށް އަހަރަށް ފަހު.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

އޭޝިއަން ކަޕް ކޮލިފައިންގައި، މި މަހު 31 ގައި މާލޭގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅެން ނެގި ގައުމީ ފުޓްބޯޅަ ޓީމުގެ ޕްރިލިމިނަރީ ސްކޮޑުގައި، އޮޑި ސްޕޯޓްސް ކްލަބްގެ އިބްރާހިމް ވަހީދު ހަސަން (އިއްބެ) ވަނީ ހިމެނިފަ އެވެ. މިއީ، ފާއިތުވި ތިން އަހަރަށް ފަހު ގައުމީ ސްކޮޑަށް އިއްބެ އެރި ފުރަތަމަ ފަހަރެވެ.

ރާއްޖޭން 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދި ޓީމުގައި މުހިންމު ދައުރެއް އަދާކުރި އިއްބެ، އެންމެ ފަހުން ގައުމީ ސްކޮޑުގައި ހިމެނިފައިވަނީ، 2023 ވަނަ އަހަރުގެ ޖޫން/ޖުލައި މަހު އިންޑިއާގެ ބެންގަލޫރުގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގަ އެވެ. ބަންގްލަދޭޝާ ދެކޮޅަށް 2024 ވަނަ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗުގެ ސްކޮޑުގައި އިއްބެ އަށް ފުރުސަތު ދޭން ވާހަކަ ދެއްކި ނަމަވެސް އެ ފަހަރު ޓީމަކު އިއްބެ ނެތެވެ. އަދި، އޭގެ ފަހުން، އިއްބެ، އަށް ގައުމީ ޓީމުގެ ޖާގައެއް ހައްގުވި ފަހަރުތަކުގައި ވެސް ފުރުސަތެއް ނުލިބުނެވެ.

މި ފަހަރުގެ ސީޒަނުގައި އޮޑި އަށް މޮޅު ކުޅުމެއް ދައްކަމުން އަންނަަ އިއްބެ ވަނީ މި ފަހަރު ގައުމީ ސްކޮޑުން ފުރުސަތު ލިބުމާ އެކު، ސޯޝަލް މީޑިއާގައި ޝުއޫރުފާޅުކޮށްފަ އެވެ. އެ ގޮތުން، އިއްބެ ވަނީ އޮޑީގެ ކޯޗު، ސްޕެއިނުގެ އަންދްރެސް ގާސިއާ އަށް ޝުކުރު އަދާކޮށްފަ އެވެ. އިއްބެ ބުނީ، ގާސިއާއާ އެކު، މަސައްކަތްކުރަން ފެށި ފުރަތަމަ ދުވަހުން ފެށިގެން ވެސް އޭނާ ދިޔައީ، އިއްބެ އަކީ ގައުމީ ޓީމުގައި ހުންނަން ޖެހޭ ލެވަލްގެ ކުޅުންތެރިއެއް ކަމުގައި ބުނަމުން ކަމަށެވެ.

Advertisement

އޮޑިގެ ކޯޗު ގާސިއާ (ކ)އާ އެކު އިއްބެ ފޮޓޯ އަކަށް ހުއްޓިލައިގެން.--- ފޮޓޯ: އޮޑި ސްޕޯޓްސް ކްލަބް

އިއްބެ ބުނީ، ގާސިއާގެ ފަރާތުން އެ އޮތް އިތުބާރާ އެކު، އަބަދުވެސް ހިތްވަރު ލިބުނީ ޓީމުގައި މުހިންމު ރޯލެއް އަދާކުރުމަށް ކަމަށެެވެ. އަދި، އޮޑި އަށް ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ހޯދައިދިނުމުގެ އިތުރުން ގައުމީ ޓީމުގެ ޖާގައެއް ލިބުނީ ވެސް އެ އިތުބާރާ އެކު ކުރިއަށް ދިއުމުން ކަމަށް އިއްބެ ވަނީ ފާހަގަކޮށްފަ އެވެ.

"ކޯޗުގެ ސަޕޯޓާ ނުލައި މިއީ ވާނެ ކަމެއް ނޫން. އަހަންނަށް މިއީ، ފުޓްބޯޅަ ކެރިއަރުގައި އެންމެ ބޮޑު އެނބުރި އައުން،" އިއްބެ، ލިޔެފައިވެ އެވެ.

އިއްބެ ވަނީ، އޭނާގެ ކެރިއަރުގެ މި ކާމިޔާބީ އަށް ޓަކައި، އޮޑިގެ މެނޭޖްމަންޓަށް ވެސް ޝުކުރު އަދާކޮށްފަ އެވެ.

އިއްބެގެ ކެރިއަރާ ގުޅޭ މުހިންމު އުސްއަލިތަކެއް

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ޒުވާން ޓީމަށާއި ސީނިއާ ޓީމަށް ވެސް ކުޅުނު އިއްބެގެ ކުޅުން ފާހަގަވާން ފެށީ ޓީސީ ސްޕޯޓްސް ކްލަބް ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ފެށި ފަހުންނެވެ. އޭނާ ވަނީ ޓީސީއާ އެކު، ބަންގްލަދޭޝްގައި ބޭއްވި ޝެއިހް ކަމާލް ކަޕް 2017 ވަނަ އަހަރު ކާމިޔާބުކޮށްފަ އެވެ. އަދި 2018 ވަނަ އަހަރު، ބަންގްލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ރާއްޖޭން ހޯދިއިރު، އިއްބެ އަކީ ޓީމުގެ މުހިންމު މެމްބަރެކެވެ.

ޓީސީ އަށް ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދައިދޭން އެހީތެރިވުމަށް ފަހު، އިއްބެ އެ ޓީމު ދޫކޮށްލީ 2019 ވަނަ އަހަރު އެވެ. އެ ފަހުން، މާޒިޔާ އަށް ކުޅެމުން އައިއިރު، މިދިޔަ ސީޒަނުގައި ލޯން އެއްބަސްވުމެއްގެ ދަށުން ފުރަތަމަ ކްލަބް ވެލެންސިއާއާ ވެސް ގުޅުނެވެ. އެކަމަކު، އެ ޓީމު ޓްރާންސްފާ ބޭން އެއްގައި އޮތުމުން، އިއްބެ އަށް އެއްވެސް މެޗެއް ނުކުޅެވުނެވެ. އެހެންވެ، ފަހުން، އޭނާ ބަދަލުވީ އޮޑި ސްޕޯޓްސް ކްލަބް އަށެވެ.

އެ ގޮތުން، 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު، ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން އޮޑިގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު އިއްބެ ވަނީ 492 ދުވަހަށް ފަހު ރަސްމީކޮށް ކްލަބް ފުޓްބޯޅަ މެޗަކަށް ނުކުމެ، މުހިންމު ގޯލެއް ޖަހައިފަ އެވެ. މިއީ، 2022 ވަނަ އަހަރުގެ އޮގަސްޓް މަހުގެ، 22 ވަނަ ދުވަހު، އެފްއޭ ކަޕް ފައިނަލުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ކްލަބް ވެލެންސިއާ ބައްދަލުކުރި މެޗަށް ފަހު، އިއްބެ ރަސްމީ ޑިވިޝަނެއްގެ ކްލަބް މެޗެއްގައި ފެނުނު ފުރަތަމަ ފަހަރެެވެ. އިއްބެ، އެ މެޗުގައި މާޒިޔާ އަށް ކުޅެން އެރީ ބަދަލެއްގެ ގޮތުގަ އެވެ.

އޮޑިއާ އެކު، ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދައި، އެ ޓީމު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްކޮށްދިނުމުގައި އިއްބެ އިސް ރޯލެއް އަދާކުރި އެވެ. އަދި، އޮޑިން ފުރަތަމަ ޑިިވިޝަނުގައި ފައިތިލަ ސާބިތުކޮށް، ވަރުގަދަ ޓީމެއްގެ ގޮތުގައި ކުރިއަށްދިއުމަށް ކުރާ ދަތުރުގައި، އިއްބެ ވެސް މި ވަނީ ކެރިއަރުގައި ބޮޑު ކުރިއެރުންތަކެއް ހޯދައިފަ އެވެ.

ގައުމީ ޓީމުގެ ޕްރެކްޓިހުގެ ތެރެއިން އިއްބެ.---- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

މި މަހު ޓީމޯ ލެސްޓޭއާ ދެކޮޅަށް ކުޅޭ މެޗަށް ނެގި ގައުމީ ސްކޮޑުން، އިއްބެގެ އިތުރުން ދުވަސްތަކަކަށް ފަހު ނޫނީ އަހަރުތަަކަކަށް ފަހު ދެން ފުރުސަތު ހޯދި ކުޅުންތެރިންނަކީ، އޮޑީގެ ގޯލްކީޕަރު މުހައްމަދު ޝަފީއު (ޗެކް)، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ އަލީ އަޝްފާގު (ދަގަނޑޭ)، ބުރު ސްޕޯޓްސް ކްލަބްގެ އަހުމަދު އަބްދުﷲ (ލިލީ) އަދި ވިކްޓަރީ ސްޕޯޓްސް ކްލަބްްގެ އަމްދާން އަލީ (އެންޑީ) އެވެ.

ޓިމޯ ލެސްޓޭ މެޗަށް ނެގި ގައުމީ ޓީމުގެ 26 ކުޅުންތެރިން ހިމެނޭ ޕްރިލިމިނަރީ ސްކޮޑު:

ބުރު ސްޕޯޓްސް ކްލަބް (2): އަހުމަދު އަބްދުﷲ (ލިލީ)، ތޯއިފް ގާސިމް (ތޯއްޕެ)

ކްލަބް އީގަލްސް (3): މުހައްމަދު އަޝްވާން، އަލީ ހާފިޒް (ހާއްޕެ)، އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ)

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން (8): ހުސެއިން ޝަރީފް (ހުސެން)، ސަމޫހު އަލީ (ސަމުއްޓެ)، ހައިޝަމް ހަސަން، ހުސެއިން ސިފާއު (ކުރޯ)، އިބްރާހިމް އައިސަމް، އަހުމަދު އައިހަމް (ފަތޯ)، ހަމްޒާ މުހައްމަދު (ހަމްޕު)، ނާއިޒު ހަސަން (ދާދު)

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް (5): މުހައްމަދު ފައިސަލް، މުހައްމަދު އިރުފާން، މުހައްމަދު ނިޒާމް، އަލީ ފާސިރު (ސެންޓޭ)، އަލީ އަޝްފާގު (ދަގަނޑޭ)

އޮޑި ސްޕޯޓްސް ކްލަބް (5): އިބްރާހިމް ވަހީދު ހަަސަން (އިއްބެ)، އަހުމަދު އައިހަމް (އައިހު)، މުޒްދާން ހަސަން، އަބްދުﷲ ލޫތު އިބްރާހިމް (ސާނޭ)، މުހައްމަދު ޝަފީއު (ޗެކް)

ވިކްޓަރީ ސްޕޯޓްސް ކްލަބް (3): އަމްދާން އަލީ (އެންޑީ)، އަލީ ޝާމިސް (ތޮއްޕޭ)، އަހުމަދު ރިޒުވާން (ރިޒޭ)

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް ވިކްޓަރީ ލީގުގެ އެއް ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބް ތާވަލުގެ އެއްވަނައަށް ޖެހިލައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހުމަދު ރިޒްވާން، ރަވްޝަންބެކް އަދި އަލް ހާޖީ ގޭރޯ. މި މޮޅާއެކު ވިކްޓަރީން ވަނީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހަމަކޮށްފައި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހާޒިގު ރިޓަޔާކޮށްފި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހަސަން ހާޒިގު ރަޝީދު، 16 އަހަރަށްފަހު ގައުމީ ޓީމުން ރިޓަޔާކޮށްފި. އޭނާ ރިޓަޔާކުރީ މެލޭޝިއާގައި ކުރިއަށްދިޔަ އައިސީސީ ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހުގައި. ކްރިކެޓް ބޯޑުން ވަނީ ހާޒިގު ގައުމީ ޓީމަށް ކޮށްދިން އަގުހުރި ހިދުމަތްތަކާއި އޭނާގެ ނަމޫނާ އަހުލާގު ފާހަގަކޮށްފައި.

މިސައިލް އެލާޓެއްގައި ޖެހުނު މެޗުގައި ރޮނާލްޑޯގެ ލަނޑެއް

މިސައިލް އެލާޓަކާ ގުޅިގެން 15 މިނިޓު ފަސްކޮށް ފެށި އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓްގެ މެޗުގައި، ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑަކާއެކު އަލް ނަސްރުން ނެފްޓްޝީ ފެރްގާނާ ބަލިކޮށްފި. މިއީ މި މުބާރާތުގައި އަލް ނަސްރުން ހޯދި ފުރަތަމަ މޮޅު ކަމަށްވާއިރު، ރޮނާލްޑޯ މިހާރު ވަނީ އޭނާގެ ކެރިއަރުގައި 981 ލަނޑު ހަމަކޮށްފައި

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މޮޅު އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މެޗުގައި ބަރޮސް މޯލްޑިވްސްއާ ވާދަކޮށް 2-1 ގެ ނަތީޖާއަކުން ސަން ސިޔާމް އޮޅުވެލި މޮޅުވެއްޖެ. ޖުމްލަ ހަ ރިސޯޓަކުން ވާދަކުރާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހު.

އެންރީކޭ އެދެނީ މެންޗެސްޓާ ސިޓީ އަދަަބަކުން ސަލާމަތްވާން

މާލީ ގަވާއިދުތަކާ ހިލާފުވެގެން މެންޗެސްޓާ ސިޓީއަށް ކުރިމަތިވެފައިވާ މައްސަލަތަކުން އެ ކްލަބް ސަލާމަތްވުމަށް އެދޭ ކަމަށް ޕީއެސްޖީގެ ކޯޗު، އެންރީކޭ ބުނެފި. އޭނާ ބުނީ ސިޓީން ހޯދާފައިވާ ކާމިޔާބީތަކަކީ ދަނޑުމަތީގައި ކުރި ބުރަ މަސައްކަތުން ހޯދި ހައްގު ކާމިޔާބީތަކެއް ކަމަށާއި، އެހެންކަމުން އެ ޓީމަށް އަދަބެއް ނުލިބި ސަލާމަތްވާނެ ކަމަށް އުންމީދުކުރާ ކަމަށް

ޔުނައިޓެޑް ބަލި، އާސެނަލާއި ބާސެލޯނާ އަށް މޮޅެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން އެތުލެޓިކޯ މެޑްރިޑް، ބާސެލޯނާ އަދި އާސެނަލް ވަނީ މޮޅުވެފައި. އެތުލެޓިކޯ އިން 2-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކުރިއިރު، ބާސެލޯނާ އިން ގަލަތަސަރާއި އަތުން 4-1 އިން އަދި އާސެނަލުން ލިލް އަތުން 3-0 އިން ވަނީ މޮޅުވެފައި

އިންފަންޓީނޯ އަށް ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރު ލިބުނު

ފީފާގެ ރައީސް އިންފަންޓީނޯ އަށް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރުގެ ޕޭމަންޓެއް ލިބިފައިވާއިރު، އެ ފައިސާގެ ތަފްސީލު ފީފާގެ މާލީ ރިޕޯޓުތަކުގައި ހިމަނާފައި ނުވާ ކަމުގެ ތުހުމަތު ވަނީ ފެންމަތިވެފައި. ނަމަވެސް ފީފާއިން މި ތުހުމަތުތައް ދޮގުކޮށް، ހުރިހާ މާލީ މުއާމަލާތްތަކެއް ހިންގަނީ ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ކަމަށް ބުނޭ

Newsletter

Get the latest news delivered straight to your inbox