ޓެރަރިސްޓު ހަމަލާއެއްގެ ފުރުސަތު ރާއްޖޭގައި ބޮޑު، ޓްރެވަލް އެޑްވައިޒަރީ އެމެރިކާއިން ދަމަހައްޓައިފި

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެންއާ ރާއްޖޭގެ ފޮރިން މިނިސްޓަރު ޒަމީރު ވޮޝިންޓަންގައި ބައްދަލުކުރައްވަނީ. އެމެރިކާއިން ގެންދަނީ މި ސަރުކާރާއެކު ބަދަހި ގުޅުންތަކެއް ބާއްވަމުން --- ފޮޓޯ: ފޮރިން މިނިސްޓްރީ

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެންއާ ރާއްޖޭގެ ފޮރިން މިނިސްޓަރު ޒަމީރު ވޮޝިންޓަންގައި ބައްދަލުކުރައްވަނީ. އެމެރިކާއިން ގެންދަނީ މި ސަރުކާރާއެކު ބަދަހި ގުޅުންތަކެއް ބާއްވަމުން --- ފޮޓޯ: ފޮރިން މިނިސްޓްރީ

ޓެރަރިސްޓު ގްރޫޕަކުން ރާއްޖޭގައި ކޮންމެ ވަގުތެއްގައި ވެސް ހަމަލާއެއް ދިނުމުގެ ފުރުސަތު ބޮޑު ކަމަށް ބުނެ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ރާއްޖެއަށް ނެރެފައިވާ ޓްރެވަލް އެޑްވައިޒަރީ އަހަރީ ރިވިއުއަށް ފަހު މިއަހަރު ވެސް ލެވެލް ދޭއްގައި ދަމަހައްޓައިފި އެވެ.

ކޮންމެ އަހަރަކު ސްޓޭޓް ޑިޕާޓްމަންޓުން ރާއްޖެއަށް ދަތުރުކުރުމުގައި ސަމާލުވުމާ ގުޅޭގޮތުން ނެރޭ އެލާޓުގެ ރިވިއުއަށް ފަހު މިފަހަރުވަނީ ރާއްޖެއަށް ދަތުރުކުރާއިރު އިތުރަށް ސަމާލުވުމަށް އެމެރިކާގެ ރައްޔިތުންނަށް އަންގާފަ އެވެ.

ރާއްޖެއަށް ނެރޭ ޓްރެވަލް އެޑްވައިޒަރީ ލެވެލް ދެއަކަށް މަތިކުރީ 2017 ގަ އެވެ. އެއީ ޓެރަރިޒަމާއި ސިޔާސީ ހަމަނުޖެހުމާ ގުޅުވަ އެވެ.

"ޓެރަރިސްޓް ޖަމާއަތްތަކުން ކުޑަ އިންޒާރަކާ ނުލައި ހަމަލާތައް ދީފާނެ، ޓޫރިސްޓް ތަންތަނާއި ދަތުރުފަތުރުގެ މަރުކަޒުތަކާއި މާރުކޭޓު/ޝޮޕިން މޯލްތަކާއި ލޯކަލް ގަވަމެންޓް ފެސިލިޓީތަކަށް އެ ހަމަލާތައް އަމާޒުކޮށްފާނެ. ދުރު ރަށްރަށަށް ހަމަލާތައް ދިނުމަކީ ކަމާބެހޭ ފަރާތްތަކުގެ ރެސްޕޮންސް ކުރާ ވަގުތު ދިގުވެދާނެ ކަމެއް," އެމެރިކާއިން ނެރުނު އެޑްވައިޒަރީގައި ބުނެފައިވެ އެވެ.

އެމެރިކާ ރައްޔިތުން ރާއްޖެ ދަތުރުކުރާނަމަ އަޅަން އަންގާފައިވާ ފިޔަވަޅުތައް

  • ރާއްޖޭގައި ހުންނަ އެމެރިކާ އެމްބަސީގެ ވެބްސައިޓް ކިޔުން
  • ގިނަ މީހުން އެއްވާ ތަންތަނާއި އެއްވުންތަކުން ދުރުހެލިވުން
  • އަވަސް ހަބަރު ހޯދުމަށް ލޯކަލް މީޑިއާ މޮނިޓާކޮށް، ދަތުރުގެ ރޭވުންތައް ބަދަލުކުރަން ތައްޔާރަށް ތިބުން
  • ތިމާގެ ވަށައިގެންވާ ކަންކަމަށް ހޭލުންތެރިވެ ހުރުން
  • ޓޫރިސްޓުން ގިނައިން އުޅޭ ތަންތަނުގައި ސަމާލުވުން
  • ސްމާޓް ޓްރެވެލާ އެންރޯލްމަންޓް ޕްރޮގްރާމް (ސްޓެޕް) ގައި ބައިވެރިވުން
  • ފޭސްބުކާއި ޓްވިޓާގައި ސްޓޭޓް ޑިޕާޓްމަންޓުގެ އެކައުންޓް ފޮލޯކުރުން
  • ރާއްޖޭގެ ކަންޓްރީ ސެކިއުރިޓީ ރިޕޯޓް ރިވިއުކުރުން
  • ދަތުރުފަތުރާއި ގުޅޭ އެންމެ ފަހުގެ ޓްރެވަލް ހެލްތް މައުލޫމާތު ސީޑީސީން ހޯދުން
  • އިމަޖެންސީ ހާލަތްތަކަށް ކޮންޓިންޖެންސީ ޕްލޭނެއް އެކުލަވާލުން

ފާއިތުވި އަހަރުތަކުގައި މި އެޑްވައިޒަރީ ދަމަހައްޓާފައިވާ ސަބަބުތަކުގެ ތެރޭގައި ވެސް ޓެެރަރިޒަމް ހިމެނެ އެވެ. އެެމެރިކާގެ ސަރުކާރުން އަންނަނީ މި ސަރުކާރާ އެކު ވެސް ގާތް ގުޅުމެއް ބާއްވަމުންނެވެ.

ދާދިފަހުން ފޮރިން މިނިސްޓަރު ޒަމީރު ވެސް ވަނީ ވޮޝިންޓަންއަށް ވަޑައިގެން އެމެރިކާގެ ޓޮޕް ޑިޕްލޮމެޓް އަދި ސެކްރެޓަރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެންއާ ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ކުރިއަށްގެންދަވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox