އާދަމް ރަމީޒުގެ ކޮއްކޮ ފަންޑު މެނޭޖުމެންޓު ކޯޕަރޭޝަންގެ ބޯޑުން ވަކިކޮށްފި

އާދަމް ރަމީޒު. އޭނާ ވެސް ހުންނެވީ ސަސްޕެންޝަނުގައި. --- ފޮޓޯ: ރައީސް އޮފީސް

އާދަމް ރަމީޒު. އޭނާ ވެސް ހުންނެވީ ސަސްޕެންޝަނުގައި. --- ފޮޓޯ: ރައީސް އޮފީސް

މޯލްޑިވްސް ފަންޑު މެނޭޖުމެންޓު ކޯޕަރޭޝަންގެ ބޯޑުން, ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒުގެ ކޮއްކޮ ވަކިކޮށްފި އެވެ.

އާމިނަތު ޝީޒާ އަހުމަދު އެމްއެފްއެމްސީގެ ބޯޑަށް އައްޔަން ކުރީ މި އަހަރުގެ ޖެނުއަރީ މަހު އެވެ.

މި ހަފުތާތެރޭގައި އޭނާ މަގާމުން ވަކިކޮށްފައިވާކަން، ސަރުކާރުގެ ވިޔަފާރި ކުންފުނިތަކަށް ޑިރެކްޓަރުން އައްޔަން ކުރުމާއި ވަކިކުރުން އަދި ކުންފުނިތައް ބަލަހައްޓުމުގެ ޒިންމާ އޮންނަ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ގެ އޮފިޝަލަކު ކަށަވަރުކޮށް ދެއްވި އެވެ.

ރައީސް އޮފީހުން އަންގައިގެން ޝީޒާ ވަކިކުރިއިރު، ރައީސް މުއިއްޒުގެ "ކަނާތުގެ ގޮތުގައި" ކުރިން ހުންނެވި ރަމީޒު ވަޒީފާއިން ސަސްޕެންޑުކޮށްފައި ހުންނަތާ ދެ ހަފުތާ އަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ.

ރަމީޒު ސަސްޕެންޑުކުރީ، އޭނާގެ ކުރީގެ އަނބިކަނބަލުން އަދި އެންވަޔަރަމެންޓު މިނިސްޓްރީގެ ކުރީގެ ސްޓޭޓު މިނިސްޓަރު ޝަމްނާޒު ސަލީމް ޖޫން 23 ގައި ހައްޔަރުކުރި ހަބަރު ނޫސްތަކުގައި ޖެހި ފަހުންނެވެ.

އޭގެ މާކުރިން ވެސް ރައީސް މުއިއްޒު އާއި ރަމީޒުގެ ގުޅުން ގޯސްވެ، ރަމީޒު ހުރީ "ދުރުކޮށްފަ" އެވެ.

ރަމީޒުއާ ގުޅުން އޮންނަ މީހުން ދުރުކުރަނީ

ރައީސް މުއިއްޒު އާއި ރަމީޒުގެ ގުޅުން ކެނޑި، ރަމީޒު އެކަހެރިކޮށްފައި ހުންނަ ވާހަކަތައް ފެތުރެން ފެށި ހިސާބުން ރަމީޒުއާ ގުޅުން ހުރި ބައެއް މީހުން ވަޒީފާތަކުން ބަދަލުކޮށްފައިވެ އެވެ. އޭގެ ތެރޭގައި ފުލުހުންގެ އިންޓެލްގައި މަސައްކަތް ކުރަމުން ދިޔަ ދެ މީހަކު ހިމެނޭ ކަމަށް އަދަދު ނޫހަށް، މައުލޫމާތު ދެއްވި ސަރުކާރުގެ އޮފިޝަލަކު ވިދާޅުވި އެވެ.

ރައީސްގެ އާއިލާ ބޭފުޅުންނާއި ރަމީޒު ބާރުގައި ވަޒީފާ ދީފައިވާ ގިނަ ބަޔަކު މި ސަރުކާރުގެ އެކި ފަންތިތަކުގައި އެބަ ތިއްބެވި އެވެ. އެމީހުން މަގާމުތަކުން ދުރުކުރާނެ ކަމަށް ބެލެވޭ ކަމަށް އަދަދު ނޫހާ ވާހަކަ ދެއްކެވި އޮފިޝަލް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox