ގަލޮޅު ކަންމަތީ އޮތް ވޭނު ކައިރިން ބާރުގަދަ އަޑެއް އިވިފައި ވަނީ އެ ވޭނުގެ ހައިޑްރޯލިކް ޖެކަށް ދިމާވި މައްސަލައަކުން އުފެދުނު ޕްރެޝާ ބްލާސްޓެއް ކަމަށް އެމްއެންޑީއެފްއިން ބުނެފި އެވެ.
މިއަދު މެންދުރު 12:55 ހާއިރު ގަލޮޅު ރެހެންދި ހިނގުމުގައި ޕާކުކޮށްފައި އޮތް އެ ވޭނުގައި އެއްޗެއް ގޮވުމާ ގުޅިގެން ސިފައިން ވަނީ ހަތިޔާރާއެކު އެ ސަރަހައްދަށް ގޮސް، ބޮމް ސްކޮޑު ބޭނުންކޮށްގެން ޕްރޮސީޖާއާ އެއްގޮތަށް އެކަން ބަލައިފަ އެވެ.
އެމްއެންޑީއެފްއިން ބުނީ ސިފައިން ބެލި ބެލުމުން އެއީ ގޮވާ ޒާތުގެ އެއްޗެއްގެ ސަބަބުން ހިނގި ހާދިސާއެއް ނޫންކަން ކަށަވަރުވެފައިވާ ކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެ އެވެ. އަދި ހާދިސާ ހިނގުމުން ފުރަތަމަ ސިފައިން އެ ސަރަހައްދު ބެލެހެއްޓި ނަމަވެސް، ފަހުން ފުލުހުންނާ އެތަން ހަވާލުކުރި އެވެ.













