ފާޑުކީ މީހަކާ ދިމާލަށް އާރުޑީސީގެ ރަސްމީ އެކައުންޓަކުން އަވަގުރާނަ ގޮވައިފި

އާރުޑީސީގެ އޮފީހެއް: ފާޑުކީ ފަރާތަކާ ދިމާލަށް އާރުޑީސީގެ ރަސްމީ އެކައުންޓަކުން އަވަގުރާނަ ގޮވައިފި - ފޮޓޯ: އަދަދު

އާރުޑީސީގެ އޮފީހެއް: ފާޑުކީ ފަރާތަކާ ދިމާލަށް އާރުޑީސީގެ ރަސްމީ އެކައުންޓަކުން އަވަގުރާނަ ގޮވައިފި - ފޮޓޯ: އަދަދު

ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ރޯޑު ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އާރުޑީސީ) އަށް ސޯޝަލް މީޑިއާގައި ފާޑުކީ މީހަކާ ދިމާލަށް އެ ކުންފުނީގެ ރަސްމީ އެކައުންޓަކުން ހުތުރު އަވަގުރާނަ ގޮވައިފި އެވެ.

ސޯޝަލް މީޑިއާގައި އަވަގުރާނަ ގޮވައި ރައްދު ދިނީ އެކްސްގައި އާރުޑީސީއިން ބޭނުންކުރާ ރަސްމީ އެކައުންޓެއް ކަމަށްވާ "އާރުޑީސީ މީޑިއާ" ގެ ނަމުގައި ހިންގާ އެކައުންޓުންނެވެ. އެ ޕޯސްޓު ކުރިތާ ކުޑަ އިރުކޮޅެއް ތެރޭ ވަނީ ޑިލީޓުކޮށްފަ އެވެ.

މިކަމާ ގުޅޭ ގޮތުން މިހާތަނަށް އާރުޑީސީގެ ރަސްމީ ބަހެއް ލިބިފައެއްނުވެ އެވެ. ނަމަވެސް އެ މައްސަލައިގައި ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި އެ ކުންފުންޏަށް ފާޑުކިޔަމުންނެވެ.

އާރުޑީސީގެ އެކައުންޓުން ރައްދުދިނީ، އެ ކުންފުނިން ހަރަދުކުޑަކުރަން ނިންމާފައިވަނިކޮށް ބޮޑު މުސާރަ ލިބޭ ގޮތަށް ދެ ކޮންސަލްޓަންޓަކު ނެގި މައްސަލާގައި އާންމު މީހަކު ފާޑުކިޔާ ކޮށްފައިވާ ޕޯސްޓަކަށެވެ. ނަމަވެސް އެ ދެ ކޮންސަލްޓަންޓުން ނަގާފައިވާކަން އެ ކުންފުނިން މިއަދު ވަނީ "އަދަދު" އަށް ކަށަވަރުކޮށްދީފަ އެވެ.

އާރުޑީސީއިން ރިޕެއާ އެންޑް މެއިންޓަނަންސް ކޮންސަލްޓަންޓަކަށް ނަގާފައިވަނީ މޭޖާ ރިޓަޔާޑް އަލީ ނަޖީބް އެވެ. އެޗްއާރު ކޮންސަލްޓަންޓަކަށް ނަގާފައިވަނީ ޣުފްރާން އަބްދުލްޣަނީ އެވެ.

"ކޮންސަލްޓަންޓަކަށް [މުސާރައިގެ ގޮތުގައި] އުޅޭނީ ގާތްގަނޑަކަށް 35،000ރ. ވަރު،" މުސާރައާ ގުޅޭ ގޮތުން ސުވާލުކުރުމުން އެ ކުންފުނިން ބުންޏެވެ.

އެ މީހުން ނަގާފައިވަނީ މަދުވެގެން އަހަރެއްހާ ދުވަހުގެ މުއްދަތަކަށެވެ. އެހެންކަމުން ދެ ކޮންސަލްޓުންގެ މުސާރައިގެ ގޮތުގައި ކުރިއަށް އޮތް އަހަރު އާރުޑީސީއިން 840،000ރ. ހަރަދުކުރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox