މ. އެންޒިއަން ގޭގައި އަލިފާން ރޯވި 3ބީ އެޕާޓްމަންޓް ، މީހުންނަށް ދިރިނޫޅެވޭ ވަރަށް ހަލާކުވެފައި، ވާތީ އެތަނުގައި ދިރިއުޅުނު މިހުންނަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް (އެންޑީއެމްއޭ) އިން ވަގުތީ ހިޔާ ހަމަޖައްސައިދީފި އެވެ.
މިއަދު މެންދުރު ހިނގި އެ އަލިފާނުގެ ހާދިސާގައި ފަސް މީހަކަށް އައިޖީއެމްއެޗްގެ އެމަޖެންސީގައި ދަނީ ފަރުވާ ދެމުންނެވެ. އެ މީހުން ހޮސްޕިޓަލަށް ގެންދިޔައީ ދުމުގެ އަސަރު ކޮށްގެންނެވެ.
އެންޑީއެމްއޭއިން ބުނީ އެ ހާދިސާގައި އެ އެޕާޓްމަންޓުގައި ދިރިއުޅޭ ހަތަރު މީހުންނަށް 15 ދުވަހުގެ ވަގުތީ ހިިޔާ ހަމަޖައްސައިދީފައިވާ ކަމަށެވެ.
އެމްއެންޑީއެފްއިން ބުނީ މި ހާދިސާ ހިނގުމާއެކު، އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްއިން އެ ސަރަހައްދަށް ގޮސް ވަގުތުން އަލިފާން ނިއްވާލި ކަމަށެވެ.












