ޝަރީއަތްތައް ލަސްވުމުގެ މައްސަލައަށް ދޭންވީ ފަރުވާ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވެދެއްވައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު، ހުސްނުއްސުއޫދު -- ފޮޓޯ: ސްނެޕްޝޮޓް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު، ހުސްނުއްސުއޫދު -- ފޮޓޯ: ސްނެޕްޝޮޓް

ޝަރީއަތް ނިމެންދެން ޖަލުގައި ބަންދު ކޮށްފައި ތިބޭ މީހުންނާއި އެ ނޫން ވެސް އެހެން ޝަރީއަތްތައް ކުރިއަށް ނުގޮސް ބަންދުގެ މުއްދަތު ދިގުލައިގެން ދަނީ ހަމައެކަނި ޝަރީއަތްތައް ހިންގުމަށް ބޭނުންވާ އިމާރާތްތަކާއި އެކަށީގެންވާ ވަސީލްތައް ނެތުމުން ނޫން ކަމަށާއި "ވާނުވާ" ބަންދުގައި އެތައް ދުވަހެއް މީހުން ހޭދަ ކުރަންޖެހޭ އެތައް ސަބަބެއް އެބަހުރި ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު، ހުސްނުއްސުއޫދު ވިދާޅުވެއްޖެ އެވެ.

ޖުޑިޝަރީ ކޮމެޓީގެ މިއަދުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެން ހުސްނުއްސުއޫދު ވިދާޅުވީ މައްސަލަ ލަސްވުމުގެ ހުރިހާ މައްސަލައަކީ ޖާގައިގެ ދަތިކަމެއް ނޫން ކަމަށާއި އެއީ މައްސަލަ ލަސްވުމުގެ 50 ޕަސެންޓު ކަމަށެވެ.

ފަނޑިޔާރުން މައްސަލަ ބަލާ ގޮތްތައް ބަދަލު ކޮށްލުމަށްފަހު ފަނޑިޔާރުން އިތުރު ހިތްވަރެއް ކޮށްލައްވައިފި ނަމަ މައްސަލައިގެ އަނެއް 50 ޕަސެންޓު ހައްލު ވާނެ ކަމަށް ވެސް ހުސްނުއްސުއޫދު ވިދާޅުވި އެވެ.

އެގޮތުން މަދަނީ އިޖުރާއަތުގެ ގާނޫނަށް އިސްލާހުތަކެއް ގެނެސް ކޯޓަށް މައްސަލަ ހުށަހެޅުމުގެ ކުރިން ކޯޓުން ބޭރުގައި މައްސަލަ ހައްލު ކުރެވޭނެ ގޮތެއް ގާނޫނުގެ ތެރެއިން ހޯދައި ދީފި ނަމަ މިހާރު ފުނިޖެހިފައި ހުރި މައްސަލަތަކުގެ ބެކްލޮގް ހައެއްކަ މަސް ދުވަސް ތެރޭގައި ނިންމައިލެވޭނެ ކަމަށް ހުސްނުއްސުއޫދު ވިދާޅުވި އެވެ.

"މިހާރު ވެސް ސިވިލް ޕްރޮސީޖާ [މަދަނީ އިޖުރާއަތުގެ] ގާނޫނު އިސްލާހު ކުރެވިގެން މީޑިއޭޝަންގެ [މައްސަލަ ހައްލު ކުރުމަށް މީޑިއޭޓަރަކު ބަހައްޓައިގެން ކުރާ މަޝްވަރާ] ބައި، މައްސަލަ ފެށުމުގެ ކުރިއަށް ގެނެވިއްޖެ ކަމަށް ވަންޏާ އަޅުގަނޑު ދަންނަވާނީ މިހާރު ހުރި މައްސަލަތަކުގެ 60 ޕަސެންޓު އަޅުގަނޑުމެންނަށް ހައްލު ކުރެވޭނޭ ދުވަހުން ދުވަހަށް، އެ ބެކްލޮގު އަޅުގަނޑުމެންނަށް ނައްތާލެވޭނެޔޭ ހައެއްގެ މަސްދުވަސް ތެރޭ،" ހުސްނުއްސުއޫދު ވިދާޅުވި އެވެ.

މީގެ ކުރިން ސިވިލް ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ 60 އިންސައްތަ ނިންމަނީ ދެފަރާތުން ވާހަކަދައްކައިގެންކަން ފާހަގަ ކުރައްވައި ސުއޫދު ވިދާޅުވީ މިހާރު ވެސް ކޯޓަށް އައުމުގެ ކުރިން އެކަން ކުރެވޭ ގޮތަށް ގާނޫނު ބަދަލު ކޮށްފި ނަމަ ސިސްޓަމުގެ ތެރޭގައި ފުނިޖެހޭ "ކުދި މައްސަލަތައް" މަދުވެގެންދާނެ ކަމަށެވެ.

ސިވިލް ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ޝަރީއަތަށް ދާންޖެހޭ ވަރުގެ ބޮޑެތި މައްސަލަތަކަކީ އެންމެ 10 ޕަސެންޓު ކަމަށް ސުއޫދު ވިދާޅުވި އެވެ. ބާކީ ދެން ހުންނަ މައްސަލަތަކަކީ ދިރާގަށް ބިލެއް ނުދެއްކުން ފަދަ ކުދި މައްސަލަތައް ކަމަށާއި މަދަނީ އިޖުރާއަތުގެ ގާނޫނު މިހާރު އޮތް ގޮތުން އެފަދަ މައްސަލަތަކުގައި ވެސް މީޑިއޭޝަނާ ހަމައަށް ދާން ހަތް މަސް ނުވަތަ އަށް މަސް ނަގާ ކަމަށް ސުއޫދު ވިދާޅުވި އެވެ.

"މި މައްސަލަތަކަކީ މުޅި ކޯޓުގެ ސިސްޓަމުގެ ތެރޭ ހިމެނޭ މައްސަލަތަކުގެ 60 ޓު 70 ޕަސެންޓު މިއީ ކުދި މައްސަލަތައް، މި މައްސަލަތައް މީޑިއޭޝަނުގެ ތެރެއިން އަޅުގަނޑުމެން ހައްލު ކުރެވޭނެ ސިވިލް ޕްރޮސީޖާގެ ގާނޫނަށް ގެނެވޭ ކުޑަކުޑަ، އެންމެ މާއްދާއަކަށް ގެނެވޭ ކުޑަކުޑަ އިސްލާހަކުން،" ސުއޫދު ވިދާޅުވި އެވެ.

މަދަނީ އިޖުރާއަތުގެ ގާނޫނުން ދެން ނުކުންނަ މައްސަލައަކީ ހުކުމް ތަންފީޒު ކުރުމުގެ މައްސަލަ ކަމަށް ސުއޫދު ވިދާޅުވި އެވެ.

އެގޮތުން މިހާރު ގާނޫނު އޮތް ގޮތުން ކޯޓުގެ އަމުރަކާ ހިލާފުވެގެން އެއްވެސް ފިޔަވަޅެއް ނޭޅޭ ކަމަށާއި ކޯޓުގެ އަމުރަކާ ހިލާފުވާ ފަރާތްތަކަށް ފިޔަވަޅެއް އެޅުމަށް މަދަނީ އިޖުރާއަތުގެ ގާނޫނު ތަންދޭ ނަމަ ހުކުމް ތަންފީޒު ކުރުމުގެ މައްސަލަ ހައްލު ވާނެ ކަމަށް ސުއޫދު ވިދާޅުވި އެވެ.

"މިހާރު ވެސް ފަނޑިޔާރުންނާ ހަމައަށް މައްސަލަ ދިޔައީމާ ފަނޑިޔާރުން އެބަ ވިދާޅުވޭ ތިމަންނަމެންނަށް ކުރެވޭނެ އެއްވެސް ކަމެއް ނެތޭ، އޭނާ އަތުގައި މުދަލެއް ނެތޭ، އެހެންވީމާ ގިނަ ގިނަ އަދަދެއްގެ މައްސަލަތަކެއް އެބަހުރި ހުކުމް ތަންފީޒު ކުރުމުގެ މައްސަލަތަކެއް ސިވިލް ކޯޓުގައި އަދި ރަށްރަށުގެ ކޯޓުތަކުގައި ވެސް މި ދެންނެވި މައްސަލައާ ހުރެ،" ސުއޫދު ވިދާޅުވި އެވެ.

އޭގެ އިތުރުން ވާނުވާ ބަންދުގެ މައްސަލަ ހައްލު ކުރުމަށް މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކީ ވަރަށް މުހިންމު ބިލަކަށް ވެގެންދާނެ ކަމަށް ސުއޫދު ވިދާޅުވި އެވެ.

"އޭގައި [ބިލުގައި] ކަފާލާތުގެ ބައި ރަނގަޅު ކުރެވިއްޖެއްޔާ އަޅުގަނޑު އުއްމީދު ކުރަނީ އޭގެތެރެއިން ހަމަ ވަރަށް ބޮޑު ހައްލެއް އަންނާނެހެން، މިހާރު އަޅުގަނޑުމެންގެ މައްސަލަ ބެލުމުގެ ތެރޭގައި ކަފާލާތު ދިނުމުގެ ކަލްޗަރެއް ނުވަތަ އެ ސަގާފަތެއް ނެތް ޝަރުއީ ދާއިރާގައި، އެކަން އަޅުގަނޑުމެންނަށް މެއިން ސްޓްރީމަށް ގެނެވިއްޖެ ކަމަށް ވަންޏާ އެއީ މީގެ [ޝަރީއަތް ލަސްވުމުގެ] އެއް ފަރުވާހެން،" ސުއޫދު ވިދާޅުވި އެވެ.

އޭގެ އިތުރަށް ކުރެވިދާނެ ކަންތައްތަކެއް އެބަހުރި ކަމަށާއި އޭގެ އެއް ކަމަކީ ވަކި ކަހަލަ މައްސަލަތަކުގައި ގެނެވޭ މީހުންނަށް ނަސޭހަތް ދިނުމަށްފަހު ޝަރުއީ ސިސްޓަމުގެ ތެރެއަށް ނުވެއްދުން ކަމަށް ސުއޫދު ވިދާޅުވި އެވެ.

ކުދި މައްސަލަތައް ވެސް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހާ ހަމައިން ސިސްޓަމުގެ ތެރެއަށް ވަނުމުގެ ސަބަބުން ސިސްޓަމް ފުނި ޖެހޭ ކަމަށާއި ގާނޫނުގައި މިހާރު ވެސް އެކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ހޯދެން އެބަ އޮތް ކަމަށް ސުއޫދު ވިދާޅުވި އެވެ.

"ހަމައެކަނި ޝަރީއަތަށް ދިޔުމެއް ނޫން މިއޮންނަނީ، އޭގެ ކުރިން ޑައިވާޓު ކޮށްގެން އިތުރު ގޮތްގޮތަށް މައްސަލަ ގެންދެވޭނެ ގޮތްތަކެއް އެބަހުރި، ސިސްޓަމް ލުއި ކުރެވިއްޖެ ކަމަށް ވަންޏާ އަޅުގަނޑު ދެކޭ ގޮތުގައި ވާނުވާގައި ތިބޭ މީހުންގެ އަދަދު ވެސް މަދުވާނެ، އެއީ ޝަރީއަތްތައް އަވަސްވުމަށް ބާރު އެޅޭނެ، އެހެންވީމާ އެއް ކަމަކީ ކަފާލާތު އަނެއް ކަމަކީ މައްސަލަތައް ޑައިވާޓުކޮށް އެހެން ދިމަދިމާލަށް، އެހެން ހައްލުތަކެއް މައްސަލަތަކަށް ދިނުން،" ސުއޫދު ވިދާޅުވި އެވެ.

އެ ކަންކަމުގެ އިތުރުން ދެން ސުއޫދު ވިދާޅުވެދެއްވީ ވަޒީފާއާ ބެހޭ މައްސަލަތައް ދިގުލައިގެން ދާ މައްސަލައަށް އެމަނިކުފާނު ގަބޫލު ކުރައްވާ ހައްލެކެވެ.

އެގޮތުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލް ވެސް ބެލެނިވެރި ފަރާތެއްގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާ ގޮތަށް ހަމަޖެއްސައިފި ނަމަ މައްސަލަތައް މިހާރަށްވުރެ މައްސަލަތައް އަވަސް ވެގެންދާނެ ކަމަށް ފެނިވަޑައިގަންނަވާ ކަމަށް ސުއޫދު ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލް ކޮންމެވެސް ސުޕަވައިޒަރީ އޮތޯރިޓީއެއްގެ ދަށަށް އެބަ އަންނަންޖެހޭ، މިހާރު މިއޮތީ ހަމަ އެއްވެސް ފަރާތެއްގެ ސުޕަވިޝަނެއް ނެތް ތަނެއްގެ ގޮތުގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލް،" ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ބެލެނިވެރި ފަރާތެއްގެ ގޮތުގައި އޮތުން އެންމެ ރަނގަޅު ވާނީ ޖުޑީޝަލް ސާވިސް ކޮމިޝަންކަން ފާހަގަކުރައްވައި ސުއޫދު ވިދާޅުވި އެވެ.

"އެގޮތަށް އެކަން ކުރެވިއްޖެ ކަމަށް ވެއްޖެއްޔާ ވަޒީފާއާ ބެހޭ ޓްރައިބިއުނަލް މިހާރަށް ވުރެ ޒިންމާދާރު ކުރެވި މައްސަލަ ބަލާ މުއްދަތު މިހާރަށްވުރެ ކުރު ކުރެވިދާނެ ހެން،" ސުއޫދު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox