އަގު ބޮޑު ކަމަށް ބުނެ އިންޑިއާގެ މަނިޕާލް ހޮސްޕިޓަލުން އާސަންދަ ދިނުން ހުއްޓާލައިފި

މަނިޕާލް ހޮސްޕިޓަލް އަދި އާސަންދައިގެ ހިދުމަތް އެތަނުން ނުލިބޭކަން އަންގުވައިދޭ ކުރެހުމެއް --- އާޓްވޯކް: އިމްދާދު/އަދަދު

މަނިޕާލް ހޮސްޕިޓަލް އަދި އާސަންދައިގެ ހިދުމަތް އެތަނުން ނުލިބޭކަން އަންގުވައިދޭ ކުރެހުމެއް --- އާޓްވޯކް: އިމްދާދު/އަދަދު

ހިދުމަތުގެ އަގުތައް ބޮޑު ކަމަށް ބުނެ އިންޑިއާގެ މަނިޕާލް ހޮސްޕިޓަލުން އާސަންދައިގެ ހިދުމަތް ދިނުން ކުއްލިއަކަށް ހުއްޓާލައިފި އެވެ.

ސަރުކާރުގެ ހަރަދުކުޑަ ކުރުމުގެ ސިޔާސަތުގެ ދަށުން މަނިޕާލް ހޮސްޕިޓަލުގެ އަގުތައް ބޮޑުވުމުގެ ސަބަބުން، ޖުލައި 1، ގެ ފަހުން އެ ހޮސްޕިޓަލުން އާސަންދައިގެ ހިދުމަތް އާ ޕޭޝަންޓުންނަށް ދިނުން ވަނީ ހުއްޓާލާފަ އެވެ.

އާސަންދައިގެ އެމްޑީ އައިމިނަތު ޒީނިޔާ "އަދަދު" އަށް ވިދާޅުވީ މަނިޕާލް ހޮސްޕިޓަލުން އާސަންދައި މިވަގުތު ލިބެމުންދާނީ ހަމައެކަނި ފޮލޯއަޕަށް ކަމަށާއި އާ ޕޭޝަންޓުންނަށް ހިދުމަތް ދިނުން ހުއްޓާލާފައިވާ ކަމަށެވެ.

"އެ ތަނުގެ އަގު ބޮޑުކަމުން އަގުތައް ރިވިއު ކުރުމަށް ކޭސަސް މިވަގުތު ނެގުން ވަނީ ހުއްޓާލާފައި. އަގުތައް މުރާޖާ ކުރުމަށްފަހު އެއްބަސްވާ އަގުތަކަށް ދެން ކުރިއަށްދާނީ. އެކަމަކު ފޮލޯއަޕް ކޭސެސްއަށް އަދިވެސް ކުރިން ލިބުނު ގޮތަށް އާސަންދަ ލިބޭނެ،" ޒީނިޔާ ވިދާޅުވި އެވެ.

ޒީނިޔާ ވިދާޅުވީ މަނިޕާލް ހޮސްޕިޓަލުގެ އަގުތައް މުރާޖާ ކުރުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އެގޮތުން އެ ހޮސްޕިޓަލާއެކު ކުރިއަށް އޮތް ދުވަސްތަކުގައި މަޝްވަރާތަކެއް ކުރާނެ ކަމަށެވެ.

ނަމަވެސް, އަގުތަކަށް އެއްބަސްވެގެން އާސަންދައިގެ ހިދުމަތް އެ ހޮސްޕިޓަލުގައި ފެށޭނެ ސީދާ ދުވަހެއް އޭނާ ވިދާޅެއް ނުވެ އެވެ.

ރާއްޖެއިން ބޭރުން އާސަންދައިގެ ހިދުމަތް އެންމެ ގިނައިން ލިބެނީ އިންޑިއާގެ ހޮސްޕިޓަލްތަކުން ކަމަށްވާއިރު، މަނިޕާލްގެ އަށް ހޮސްޕިޓަލުން އާސަންދަ ލިބެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ބެންގަލޫރުގެ ހަ ހޮސްޕިޓަލަކާއި، މައިސޫރުގެ ހޮސްޕިޓަލެއްގެ އިތުރުން ކޮޗިންގެ ހޮސްޕިޓަލެކެވެ.

އާސަންދައިގެ ދަށުން ރާއްޖޭގެ ގިނަ ބަޔަކު އިންޑިއާއަށްދާއިރު، އޭގެ ތެރެއިން ގިނަ ބަޔަކު މަނިޕާލް ހޮސްޕިޓަލަށް ހިދުމަތް ހޯދުމަށް ދެ އެވެ. މިގޮތުން އާސަންދަ ލިބުން މެދުކެނޑުމުން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox