މިފްކޯއަށް ދޭ ސަބްސިޑީ އަހަރުމެންނަށް ވެސް ދޭން ވާނެ، ކުލި ވެސް ނަގައިގެން ނުވާނެ: ގާސިމް

މާލިއްޔަތު ކޮމިޓީގެ ރިޔާސަތު ގާސިމް ބަލަހައްޓަވަނީ. އޭނާގެ ވިޔަފާރިއަށް ސަރުކާރަކުން ލޯނު ނުދިން ކަމަށް ވިދާޅުވެ މިއަދުގެ ޖަލްސާގައި ޝަކުވާ ކުރެއްވި --- ފޮޓޯ: މަޖިލިސް އިދާރާ

މާލިއްޔަތު ކޮމިޓީގެ ރިޔާސަތު ގާސިމް ބަލަހައްޓަވަނީ. އޭނާގެ ވިޔަފާރިއަށް ސަރުކާރަކުން ލޯނު ނުދިން ކަމަށް ވިދާޅުވެ މިއަދުގެ ޖަލްސާގައި ޝަކުވާ ކުރެއްވި --- ފޮޓޯ: މަޖިލިސް އިދާރާ

ސަރުކާރުގެ މަސް ކުންފުނި, މިފްކޯއަށް ދެމުންދާ ސަބްސިޑީ އޭނާގެ ވިޔަފާރިތަކަށް ވެސް ލިބެން ޖެހޭނެ ކަމަށާއި އަދި މިފްކޯއިން ނުނަގާ ކުއްޔެއް އެހެން ވިޔަފާރިއަކުން ވެސް ނެގިގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ގާސިމް މިހެން ވިދާޅުވީ މަސް ގަންނަ އަގު ކުޑަކުރަން ސަރުކާރުން ނިންމި ނިމްމުމާއި މަސްވެރިންނަށް ޑޮލަރުން ފައިސާ ނުދޭ މައްސަލަ ބަލައިދޭން އެދި ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހްމަދު ޝަމްހީދު މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުމުންނެވެ.

އެއާއެކު ސަރުކާރުގެ މެންބަރުން ވަނީ އެމްޑީޕީގެ މެންބަރުން އެކަން އޮތްގޮތް އޮޅުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ. ރައްދުގައި ޝަމްހީދު ވިދާޅުވީ މި މައްސަލަ ހުށަހެޅުއްވީ މަސްވެރިކަމަކީ "ސަބްސިޑީ މަތިމައްޗަށް ދީގެން ވެސް ބާއްވަން ޖެހޭ" އިންޑަސްޓްރީއަކަށް ވާތީ ކަމަށް ވިދާޅުވި އެވެ.

ޝަމްހީދަށް ފަހު ވާހަކަ ދައްކަވަމުން ރިޔާސަތުގައި އިންނެވި ގާސިމް ވަނީ އޭނާއަކީ މަސްވެރިކަމުގެ އިންޑަސްޓްރީއަށް 250 މިލިއަން ޑޮލަރަށް ވުރެ ގިނައިން އިންވެސްޓު ކޮށްފައިވާ މީހެއް ކަމަށާއި ސަރުކާރުގެ އިންވެސްޓްމަންޓުތަކަށް ވުރެ އޭނާގެ މާންދޫ އާއި ހޯނޑެއްދޫ "ވަރުގަދަވެފައި މޮޅުވާނެ" ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑު ސަރުކާރުގައި އާދޭސްކޮށްފައި ދެންނެވިން ހޯނޑެއްދޫގައި އިންވެސްޓްމަންޓު ނިންމަން ވެގެން 100 މިލިއަން ރުފިޔާ މަށަށް ދޭށޭ ދަރަންޏަށް ފަސް އަހަރު ނޫނީ ހަ އަހަރުގެ ތެރޭގައި ދައްކަން ލޯނެއް ދޭށޭ. ބުނީމައި ޖަވާބު ވެސް ނުދިން," އެ ވާހަކަ ކުރިއަށްގެންދަވަމުން ގާސިމް ވިދާޅުވި އެވެ.

އޭނާ ދެއްކެވީ ނިމިގެންދިޔަ އެމްޑީޕީގެ ސަރުކާރުގެ ވާހަކަ ކަމަށާއި އެ ސަރުކާރުން އެހެން ވިޔަފާރިވެރިންނަށް މަސްވެރިކަމުގެ އިންޑަސްޓްރީގައި އިންވެސްޓު ކުރަން ލޯނު ދިން ކަމަށް ގާސިމް ވިދާޅުވި އެވެ. ބޮޑު ކަންނެލި މަސްވެރިކަމަށް ލޯނު ދިން ކަމަށް ވަކި ކުންފުންޏެއްގެ ނަން ފާހަގަނުކޮށް ގާސިމް ވިދާޅުވި އެވެ.

"ދެ ބިލިއަނެއްތޯ, އެއްހާސް މިލިއަނެއްތޯ ކޮންމެވެސް ވަރެއްގެ ވާހަކަ, 500 މިލިއަނެއް ބެހި ވާހަކަ ދެއްކިއިރު އަޅުގަނޑުމެންނަށް ނުދިނޭ. ދެން ކޮބައިތޯ މި ވާހަކަ ދައްކަނީ," ޝަކުވާ ކުރައްވަމުން ގާސިމް ވިދާޅުވި އެވެ.

ކަންކަން މިހެން އޮތްއިރު މިފްކޯއަށް ސަބްސިިޑީ ދީގެން އެ ކުންފުނި ހިންގަމުންދާ ކަމަށާއި އޭނާއަށް ދޫކޮށްފައިވާ ތަންތަނުން ކުލި ނަގާކަމުގެ ޝަކުވާ ވެސް ގާސިމް ކުރެއްވި އެވެ. އެއް މަސައްކަތެއް ކުރާ ބަޔަކަށް އެއް ގޮތަކަށް ކަންކަން ކުރަން ޖެހޭ ކަމަށް ގާނޫނު އަސާސީގެ ރޫހުން ދައްކުވައިދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިފްކޯއިން ކުލި ނުނަގާ ކަމަށް ވަންޏާ އަހަރުމެން އަތުން ވެސް ކުލި ނަގައިގެން ނުވާނެ. އެ މީހުންނަށް ދޭ ސަބްސިޑީ ވެސް އަހަރުމެންނަށް ވެސް ދޭން ޖެހޭނެ. އަހަރުމެންނަކީ ވެސް އެއް މަސައްކަތެއް ކުރާ އެއްބައެއް," ގާސިމް ވިދާޅުވި އެވެ.

ކޮމިޓީގެ އޯޑިއޯ ވަކި ހިސާބަކުން ކެނޑުމުން މި މައްސަލާގައި މާލިއްޔަތު ކޮމިޓީން ކުރިއަށްދާން ނިންމި ގޮތުގެ މައުލޫމާތެއް ނޭނގެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox