އާރްޑީސީގެ ވިޔަފާރިއެއް ހުއްޓާލާތީ, ބައެއް މުވައްޒަފުން ވަކިކުރަން ނިންމައިފި

އަމީނީ މަގުގެ މަސައްކަތް ކުރުމުގައި އާރްޑީސީގެ މުވައްޒަފުންތަކެއް ހަރަކާތްތެރިވަނީ; އެ ކުންފުނީގެ ބައެއް މުވައްޒަފުން ވަކިކުރަން ވަނީ ނިންމާފައި -- ފޮޓޯ: މިރާޝް/ އަދަދު

އަމީނީ މަގުގެ މަސައްކަތް ކުރުމުގައި އާރްޑީސީގެ މުވައްޒަފުންތަކެއް ހަރަކާތްތެރިވަނީ; އެ ކުންފުނީގެ ބައެއް މުވައްޒަފުން ވަކިކުރަން ވަނީ ނިންމާފައި -- ފޮޓޯ: މިރާޝް/ އަދަދު

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ އެކޮމޮޑޭޝަން ފެސިލިޓީ މެނޭޖްމަންޓް (އޭއެފްއެމް) ހިންގާ ބިން ސަރުކާރުގެ ޕްރޮޖެކްޓުތަކަށް ބޭނުން ކުރުމަށްޓަކައި, އެ ތަނުގެ ވިޔަފާރި ހުއްޓާލާ, ބައެއް މުވައްޒަފުން ވަކި ކުރަން ނިންމައިފި އެވެ.

ޖޫން ނުވައެއްގައި ބޭއްވި އެ ކުންފުނީގެ ބޯޑު ބައްދަލުވުމެއްގައި މި ނިންމުން ނިންމުމަށް ފަހު, އޭއެފްއެމްގެ މުވައްޒަފުންނަށް އެކަން އެންގީ މިއަދު މެމޯއެއް މެދުވެރިކޮށެވެ.

އެ މެމޯގައިވާ ގޮތުގައި އޭއެފްއެމް ހިންގާ ބިމަކީ ސަރުކާރުގެ ޕްރޮޖެކްޓުތަކަށް ބޭނުން ކުރުމަށް ނިންމައި އެއްބަސްވުމުގައި ސޮއިކޮށްފައިވާ ބިމެކެވެ. އަދި އޭއެފްއެމްގެ ވިޔަފާރި ނިމުމަކަށް ގެންނަން ނިންމީ, އެއީ ގެއްލުމުގައި ހިންގާ ވިޔަފާރިއަކަށް ވާތީ ކަމަށް ވެސް ބުނެފައި ވެއެވެ.

"ފެސިލިޓީގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ ތެރެއިން ކޯޕަރޭޝަނުގެ މަސައްކަތަށް މިވަގުތު ބޭނުންވާ މުވައްޒަފުން ފިޔަވައި އެހެން މުވައްޒަފުން, ވަޒީފާއާ ބެހޭ ގާނޫނު ނަންބަރު 2/2008ގެ 21 ވަނަ މާއްދާގެ (ނ) އަށް ރިއާޔަތް ކުރުމަށްފަހު ވަޒީފާއިން ވަކި ކުރެވޭނެ," އެ މެމޯގައި ވެއެވެ.

މެމޯގައި ބުނީ އާރްޑީސީގެ މަސައްކަތަށް ބޭނުންވާ މުވައްޒަފުންނަށް އެކަން ހިއުމަން ރިސޯސް ޑިޕާޓްމަންޓުން އަންގާނެ ކަމަށެވެ.

އާރްޑީސީން ބުނީ މުވައްޒަފުން ވަކިކުރުމުގައި ވަޒީފާއާ ބެހޭ ގާނޫނުގެ 21 ވަނަ މާއްދާގެ (ޅ) ގައިވާ ގޮތުގެ މަތިން މުވައްޒަފުންނާ މެދު އަމަލު ކުރެވޭނެ ކަމަށެވެ. އެ މާއްދާގެ ދަށުން ވަކިކުރާ މުވައްޒަފު އާރްޑީސީގައި މަސައްކަތް ކުރާތާ އެއް އަހަރު ނުވާ ނަމަ ވަކި ކުރަން ދެން ޖެހެނީ އެއް މަސް ދުވަހުގެ ނޯޓިސް ނުވަތަ އެ މުއްދަތަށްވާ ފައިސާ އެވެ.

އަދި އެއް އަހަރާއި ހަތަރު އަހަރާ ދެމެދުގެ މުއްދަތަށް އާރްޑީސީގައި މަސައްކަތް ކޮށްފައިވާ ނަމަ ވަޒީފާއިން ވަކިކުރަން ދޭން ޖެހެނީ ދެ މަސް ދުވަހުގެ ނޯޓިސް ނުވަތަ އެ މުއްދަތަށްވާ ފައިސާ އެވެ. ވަޒީފާ އަދާކުރި މުއްދަތު ހަތަރު އަހަރަށްވުރެ އިތުރުވާނަމަ ތިން މަސް ދުވަހުގެ ނޯޓިސް ނުވަތަ އެ މުއްދަތަށްވާ ފައިސާ ދޭން ޖެހެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox