މަޖިިލީހުގައި ބަހުސްކުރެވޭނެ ބިލެއް ނެތް، އޮތީ ކުއްލި މައްސަލައެއް

Jun 26, 2024, 5:06 AM
ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި މެންބަރުން ބައިވެރިވެވަޑައިގަންނަވަނީ. މި މަޖިލީހުގެ ސުޕަމެޖޯރިޓީ އޮތީ ވެރިކަންކުރާ ޕީއެންސީއަށް. ފޮޓޯ: މަޖިލީހުގެ އިދާރާ

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި މެންބަރުން ބައިވެރިވެވަޑައިގަންނަވަނީ. މި މަޖިލީހުގެ ސުޕަމެޖޯރިޓީ އޮތީ ވެރިކަންކުރާ ޕީއެންސީއަށް. ފޮޓޯ: މަޖިލީހުގެ އިދާރާ

ވެރިކަންކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، ބަހުސްކުރެވޭ މަރުހަލާގައި އޮތް ބިލެއް ނެތުމުން، އެއްވެސް ބަހުސެއް ނެތް އެޖެންޑާއަކާ އެކު މިއަދުގެ ޖަލްސާ ފަށައިފި އެވެ.

މަޖިލީހުގެ މިއަދުގެ އެޖެންޑާގައި މުޅީން ވެސް ހުރީ މަޖިލީހުގެ ރިޔާސަތުން އިއްވަން ހުރި ކަންކަމެވެ. އެއީ ސަރުކާރުގެ ފަރާތުން އަލަށް ހުށަހެޅި ދެ ބިލެއްގެ ފުރަތަމަ ކިޔުން އިއްވުމާއި ޔޫރަޕިއަން ޔޫނިއަންގެ ސަމޮއާ އެގްރިމެންޓްގައި ރާއްޖޭން ބައިވެރިވުމާ މެދު މަޖިލީހުގެ ރުހުން ހޯއްދަވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހަޅުއްވާފައިވާ މައްސަލަ ތަޅުމަށް އިއްވުމެވެ.

އެ މައްސަލަ ވެސް އޮތީ އެ މައްސަލަ އޮތް ކަން ޖަލްސާގައި އިއުލާނުކުރެއްވެވުމަށް ފަހު ކަމާ ގުޅޭ ކޮމިޓީއަށް ފޮނުވާ ގޮތަށެވެ.

އެޖެންޑާ އެގޮތަށް އޮތް އިރު މިއަދުގެ ޖަލްސާގައި ބަހުސެއް ކުރާނެ ފުރުސަތެއް މެންބަރުންނަށް ލިބިވަޑައިގެންނެވީ ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ދީދީ ހުށަހެޅުއްވި ކުއްލި މައްސަލައެކެވެ. އެ މައްސަލަަ މަޖިލީހަށް ބަލައިގަނެ ބަހުސްކުރަން ފާސްކުރީ އެކަމާ މެދު ގޮތެއް ނިންމަން ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 67 މެންބަރުންގެ އިއްތިފާގުންނެވެ.

މެންބަރު އިބްރާހީމް ހުށަހެޅުއްވީ ރާއްޖޭގެ ބޮޑު ބަޔަކަށް ކަރަންޓާއި ފެނުގެ ހިދުމަތްދޭ ފެނަކަ ކޯޕަރޭޝަނުގެ ތެރޭގައި އެކިއެކި ސަރުކާރުތަކުގެ ދުވަސްވަރު ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ހިޔާނާތުގެ މައްސަލަތައް ބަލަން ގޮވައިލާ ކުއްލި މައްސަލަ އެކެވެ.

މައްސަލަ މަޖިލީހަށް ބަލައިގަނެ، ބަހުސްގެ ފުރަތަމަ ފުރުސަތުގައި އިބްރާހީމް ދީދީ ވިދާޅުވީ ފެނަކައިން ފެށި 60 މަޝްރޫއަކަށް އެއް ބިލިޔަން ރުފިޔާ ހަރަދުކޮށްފައިވާ އިރު އެއިން އެއްވެސް މަޝްރޫއެއް ނިމިފައިނުވާ ކަމަށެވެ.

"މިފައިސާއަށް ވީނުވީ ގޮތެއް އެނގޭކަށް ނެތް، މިއިން މަޝްރޫއެއް ނިމިފަކާ ނެތް. މިސަރުކާރު ވުޖޫދަށް އައި އިރު، ވޭތިވެ ދިޔަ ފަސް އަހަރު މިހުރިހާ ފައިސާއެއް ހަރަދުކޮށްފައި، އައި އިރު މިއިން އެއްވެސް މަޝްރޫއެއް ނިމިފައި ނެތް،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުއްލި މައްސަަލަ ހުށަހެޅުއްވީ އެ މަޝްރޫއުތަކުގެ ފަންސާސް ޕަސެންޓް ވެސް ނިމިފައި ނުވާތީ ކަމަށާއި އެއީ ބަަލަން ޖެހޭ މައްސަލައެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox