ވިހިވަނަ މަޖިލީހުން އަމަލުކުރުމަށް އެކުލަވާލާ ގަވާއިދުގެ މަސައްކަތް ކުރުމަށް އާންމު ކޮމިޓީއަށް ދީފައިވާ މުއްދަތު އެ ކޮމިޓީން އެދިގެން އިތުރު އެއް މަސް ދުވަހަށް އިތުރު ކުރުމަށް މިއަދުގެ މަޖިލިސް ޖަލްސާގައި ފާސްކޮށްފި އެވެ.
މެއި 28, ގައި ހުވާކުރި މަޖިލީހުން އަމަލުކުރަމުންދަނީ އާ ގަވާއިދެއް އެކުލަވާލެވެންދެން 19 ވަނަ މަޖިލީހުން އަމަލުކުރި ގަވާއިދަށެވެ.
އެ ދުވަހު އޮތް މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ މަސައްކަތް މެދު ނުކެނޑި ކުރިއަށް ގެންދިއުމަށް ޓަކައި ކުރީގެ ގަވައިދު މިވަގުތަށް ދަމަހައްޓަން ހުށަހެޅުއްވީ ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހީމް ފަލާހެވެ.
އެ ދުވަހު ފާސްކުރީ ޖޫން 2, ގެ ކުރިން އާންމު ކޮމިޓީން އެ މަސައްކަތް ނިންމަން ޖެހޭނެ ކަމަށެވެ.
އެ މަސައްކަތް އަދިވެސް ނިމިފައި ނުވާއިރު މިއަދު ވަނީ އިތުރު އެއް މަސް ދުވަހަށް އެ މުއްދަތު ދަންމާލާފަ އެވެ. އެހެންކަމުން, ގަވާއިދު ނިންމަން ޖެހޭނީ ޖުލައި 2, ގަ އެވެ.

މިގޮތަށް ފާސްކުރީ މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި ބައިވެރިވި 83 މެންބަރުންގެ އިއްތިފާގުންނެވެ.













