ހަގީގަތް ގަބޫލުކޮށް، މަސްގަންނަ އަގު ބަދަލުކުރަން ޖެހޭ: ނާޒިމު

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމު މަޖިލީހުގެ ޖަލްސާއެއްގައި: އޭނާ ވިދާޅުވަނީ މަސްވެރިންނަށް ސަބްސިޑީ ދިނުމަކީ އިޖުތިމާއީ އަދުލުގެ ގޮތުން ވެސް އިންސާފުވެރި ގޮތެއް ނޫން ކަމަށް --- ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމު މަޖިލީހުގެ ޖަލްސާއެއްގައި: އޭނާ ވިދާޅުވަނީ މަސްވެރިންނަށް ސަބްސިޑީ ދިނުމަކީ އިޖުތިމާއީ އަދުލުގެ ގޮތުން ވެސް އިންސާފުވެރި ގޮތެއް ނޫން ކަމަށް --- ފޮޓޯ: މަޖިލީހުގެ އިދާރާ

ދައުލަތުގެ މަސްކުންފުނި މިފްކޯއިން މިހާރު މަސް ގަންނަ އަގަކީ ދެކޮޅު ޖެހޭ އަގެއް ނޫން ކަަމަށް ވިދާޅުވެ، އެ އަގު ބަދަލުކުރުުމުގެ ހިޔާލު ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ޕީއެެންސީ މެންބަރު އަދި މަޖިލީހުގެ ނައިބުރައީސް އަހުމަދު ނާޒިމު ފާޅުކުރައްވަައިފި އެވެ.

މަސްވެރިންގެ އަތުން ގަނެފައިވާ މަހަށް އަގުގެ ގޮތުގައި ދޭން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުދީ އޮތުމުން ކަންބޮޑުވުން ފާޅުކުރައްވައި މަޖިލީހުގެ މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު ދީދީ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި ނާޒިމު ވިދާޅުވީ މަސްގަންނަ އަގު ކަނޑައެޅުމަކީ އެކަމުން ސިޔާސީ މަންފާއެއް ހޯދަންވީ ކަމެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި މިފްކޯއަށް ދެކޮޅު ޖެއްސޭ އަގެއްގައި މަސް ގަންނަ ނަމަ މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދެވިގެން އުޅެން ނުޖެހުނީސް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހަށް އެމްޑީޕީގެ މެންބަރަކު ހުށަހެޅި ކުއްލި މައްސަަލަ ބަލައިގަނެ ބަހުސްކުރަން ފާސްކުރީ މިއަދުގެ ޖަލްސާގައި އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

އެ މައްސަލައިގެ ބަހުސްގައި ޕީއެންސީގެ ބައެއް މެންބަރުން މައްސަލަ ހުށަހެޅި މެންބަރަށް ފާޑުވިދާޅުވި ނަމަވެސް ނާޒިމު ވިދާޅުވީ އެއީ ހަގީގީ މައްސަލައެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މަސްވެރިން އަތުން މިހާރު ގަނެފައިވާ މަހަށް އަގު ދޭން ޖެހޭނީ ގަތް އިރު އެއްބަސްވި އަގެވެ. އެ އަގު ނުދީ އޮތީ ދެވެން ނެތިގެން ކަމަށާއި އެއީ ސަރުކާރަށް ވާރުތަވި ހާލަތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެން ނަމަވެސް އަޅުގަނޑުމެން ވިސްނައިލަން ޖެހޭ މިއަގު މުރާޖައާކުރުމާ ދޭތެރޭގައި، ކޮންމެހެން ކުރަން ޖެހޭ ކަމެއް މިއީ،" ނާޒިމު ވިދާޅުވި އެވެ.

މިފްކޯއަށް ގަންނަ ކަނޑުމަހަށް މިހާރު ދޭ އަގަކީ ކިލޯއަކަށް 20 ރުފިޔާ އެވެ. އެ އަގު ދޭން ކޮންމެ މަސްކިލޯއަކަށް ހަތް ރުފިޔާގެ މަގުން ސަރުކާރުން ސަބްސިޑީ ދޭން ޖެހެ އެވެ. އެއީ މިފްކޯއިން އެެކްސްޕޯޓް ކުރާ ރޯމަހަށް ލިބެނީ ކިލޯއަކަށް 13 ރުފިޔާގެ މަގުން ކަމަށް ވާތީ އެވެ.

ނާޒިމު ވިދާޅުވީ މަސްވެރިންގެ އާބާދީ އަކީ 17،000 ކަމަށް ވާއިރު، އެހާ ބޮޑު އާބާދީއަކަށް ސަބްސިޑީ ދިނުމަކީ އިޖުތިމާއީ އަދުލުގެ ގޮތުން ބަލާއިރު ވެސް އިންސާފެއް ނޫން ކަމަށެވެ.

"އެހެންވީމާ އަޅުގަނޑުމެން އެބަ ޖެހޭ މިކަމުގައި ދެވަނަ ވިސްނުމަކަށް ދާން، އަޅުގަނޑުމެންގެ ޕާޓީގެ ކުލަތަކާއި ޕާޓީގެ ރޮނގުތައް ފަހަނައަޅައި އަޅުގަނޑުމެން އެބަ ޖެހޭ ހަގީގަތް ގަބޫލުކުރާ ބަޔަށް ވާން،" އޭނާ ވިދާޅުވި އެވެ.

އިދިކޮޅު އެމްޑީޕީއަށް އޭނާ ގޮވައިލެއްވީ ސިޔާސީ ވިސްނުން އެއްފަރާތްކޮށް، އެކަމުގައި ގައުމަށް ފައިދާހުރި ހައްލެއް ހޯދުމަށް މަސައްކަތް ކުރުމަށެވެ. އެކަމުން ސިޔާސީ މަންފާއެއް ހާސިލުކުރަން އުޅެގެން މިހާރަކު ވެސް އަދި ފަހަކުން ވެސް އެއްވެސް ފައިދާއެއް ނުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ އަޅުގަނޑުމެން ކުރަންވީ ކަަމަކީ އެއީ، ބާރަ ރުފިޔާއަށް ވިޔަސް، ފަނަރަ ރުފިޔާއަށް ވިޔަސް ދެވެން އޮތް އަގެއްގައި، ދެކޮޅު ޖެހޭ އަގެއްގައި މިކަން ކުރީމާ މަސްވެރިންނަށް ވެސް ލާރިކޮޅު ބަރާބަރަށް ވެސް ލިބޭނެ،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމު ވިދާޅުވީ އެ ހަގީގަތް ގަބޫލުކޮށް އެގޮތަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

މަސްވެރިންގެ އަތުން ގަތް މަހަށް ދޭން ޖެހޭ އަގުގެ ތެރެއިން 50 އަކަށް މިލިޔަން ރުފިޔާ ނުދީ އޮތުމުން ބައެއް މަސްވެރިން ވަނީ އިހުތިޖާޖުކުރަން ފަށައިފަ އެވެ. މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދީގެން މިއަހަރު ދެތިން ފަހަރެއްގެ މަތިން މަސްވެރިން މުޒާހަރާ ކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox