ހުލާސާކޮށް އިއްޔެ: ރައީސް މުއިއްޒަށް ރިޔާސީ ޓިކެޓު ދިނުމަށް މާކުރިން އޮތީ ރާވާފައި!

ޕީއެންސީގެ ހަރުގެ ހުޅުވަން ރޭ ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް. -- ފޮޓޯ: ޕީއެންސީ

ޕީއެންސީގެ ހަރުގެ ހުޅުވަން ރޭ ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް. -- ފޮޓޯ: ޕީއެންސީ

މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި މިހާރުގެ ރައީސް ޑރ.މުހައްމަދު މުއިއްޒަށް ރިޔާސީ ޓިކެޓް ދޭން، ރޭއްވެވީ "ރައީސް ޔާމީނު އެނގޭތީ" ކަަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރޭ ރައްދު ދެއްވި އެވެ.

އެމްޑީޕީ އަދި ދަ ޑިމޮކްރެޓްސްގެ ހަރުގެ ހިންގި ހ.ވެޔޮވިލާގައި ޕީއެންސީގެ ހަރުގެ ހުޅުވަން ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ޔާމީނަށް ފުރުސަތު ލިބިވަޑައިނުގަންނަވާ ހިސާބުން އެހެން ބޭފުޅަކަށް ފުުރުސަތު ނުދެއްވާނެކަން އޭރު ވެސް އެނގިވަޑައިގަންނަވާ ކަމަށެވެ. އެ މޭރުމުން ވާހަކަ ކުރިއަށް ގެންދަވައި، ޔާމީނަށް އެ މަނިކުފާނު ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ބަހުގެ ހަަމަލާތައް ދެއްވި އެވެ.

"ދެން މިބުނަނީ އަޅުގަނޑު ރާވައިގެން، މާކުރިން މުއިއްޒަށް ބައިއަތު ހިފައިގެން މުއިއްޒަށް ޓިކެޓް ދިނިއްޔޭ. މާކުރިން ރޭވީމޭ، ކީއްވެ ރޭވީ؟ އަޅުގަނޑަށް ރައީސް ޔާމީނު އެނގޭތީ ރޭވީ. އަޅުގަނޑަށް އެނގެޔޭ އެމަނިކުފާނަށް ކުރިމަތިނުލެވެންޏާ އަޅުގަނޑުމެން ޕާޓީން ވެރިކަމަށް ކުރިމަތިލާން ފުރުސަތު ނުދެއްވާނެކަން،" ޕީއެންސީގެ ޗެއާޕާސަންގެ މަގާމުގައި ވެސް ހުންނެވި އަބްދުއްރަހީމް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ޕާޓީ މަގުމަތިވިޔަ ނުދޭން ވިސްނާވަޑައިގަންނަވަމުން ގެންދެވީ 30 އަހަރުގެ (ސިޔާސީ) ތަޖުރިބާއާ އެކީގަ އެވެ. އެއީ ރައްޔިތުން ބިކަވިޔަނުދޭން އަދި ގައުމުގެ މިނިވަންކަން ގެއްލުނަ ނުދޭން ކުރެއްވި މަސައްކަތެއް ކަމަށް ވެސް އަބްދުއްރަހީމް ސިފަކުރެއްވި އެވެ.

"އެހެންވެގެން ރާވަމުން ގެންދިޔައީ، އަޅުގަނޑުގެ ހިތުގައި އޮތް ޔަގީންކަމާ އެކީގައި ޕީޕީއެމްޕީއެންސީ ރިޔާސީ އިންތިހާބުގައި ވާދަކުރާނެޔޭ، އަޅުގަނޑަށް އެނގޭ ޕްލޭން އޭ ހަދާފައި ބީ ހަދާފައި ސީ ހަދާފައި އުޅުނު އިރު ވެސް އެމަނިކުފާނުގެ [ޔާމީނުގެ] އެއްބަސްވުމުގައި، އެމަނިކުފާނުގެ ރުހުމުގައި އަޅުގަނޑުމެންނަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭނެކަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ވަކި ބޭފުޅެއްގެ ނަން ވިދާޅުނުވެ، އެމަނިކުފާނު ތުހުމަތުކުރެއްވި ގޮތުގައި ޔާމީނަށް ފުރުސަތު ގެއްލިވަޑައިގެންނެވި ހިސާބުން އެހެން ބައެއް ބޭފުޅުން ނެރުއްވަން ޔާމީނު މަސައްކަތް ކުރެއްވި އެވެ. އެހެން ނަމަވެސް އެ ދުވަހު ހެނދުނު ނުވައެއް ޖެހިއިރު ވަޑައިގެން މުއިއްޒުގެ ނަމުގައި ފޯމު ވެއްދީ އެހެންވެ ކަމަށް ވެސް ވިދާޅުވި އެވެ.

މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު ބޯމަތިވި އިރު އޭރުގެ އިދިކޮޅު މައި ޕާޓީ، ޕީޕީއެމްގެ ރިޔާސީ ޓިކެޓް ދީފައި އޮތީ އޭރު ޖަލު ހުކުމެއްގައި ހުންނެވި ޔާމީނަށެވެ. ހުކުމް އޮތަސް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވޭނެ ފުރުސަތު ހޯއްދަވަން ޔާމީނުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ނިމުނީ އެމަނިކުފާނާ ދެކޮޅަށެވެ. ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރޭނީ ޕީއެންސީގެ ފަރާތުން ކަމަށް ނިންމައި ޕީއެންސީގެ ސެނެޓްގައި ކުއްލި ވޯޓެއް އެ ހިސާބުން ނެގި އެވެ. މިހާރުގެ ކައުންސިލް މިނިސްޓަރު އާދަމް ޝަރީފާ ވާދަކުރައްވައި އެ ވޯޓް ކާމިޔާބު ކުރެއްވީ ރައީސް މުއިއްޒެވެ.

އެހެން ނަމަވެސް މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމާ އެކު އެމަނިކުފާނާ ޔާމީނާ ދެމެދު މައްސަލަތައް އުފެދި، ޕީޕީއެމް ދޫކުރައްވައި ނުކުމެވަޑައިގެން ޔާމީން އަމިއްލަ ޕާޓީއެއް އުފެއްދެވި އެވެ. ޔާމީން ބައިވެރިވެވަޑައިގަންނަވާ ގޮތަށް އެޕާޓީން މިރޭ ޖަލްސާއެއް ބާއްވަން އޮތީ ނިންމައިފަ އެެވެ.

އެ ޖަލްސާއަށް އިޝާރާތް ކުރައްވައި އަބްދުއްރަހީމް ވިދާޅުވީ "ސިޔާސީ ގޮތުން ބައިކިލޯ ހަމަނުވާ މީހުން ގޮވައިގެން ނުކުމެ، ރައްޔިތުންގެ އެތައް އިންސައްތައެއްގެ ތާއީދު އޮތް ސަރުކާރަކާ ދިމާކުރާ އިރު ލަދެއް ހަޔާތެއް ނެތް" ކަމަށެވެ.

"ވެރިކަން ގެއްލުނީ ހިޔާނާތަށް އާނއެކޭ ބުނީމާ،"

ޔާމީނަށާއި އެމަނިކުފާނުގެ އާއިލާއަށް، އެމަނިކުފާނުގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރި ބައެއް ތުހުމަތުތައް މިރޭ އަބްދުއްރަހީމް ވެސް ކުރެއްވި އެވެ. ޔާމީނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް "ސޮދަގާތު ފައުންޑޭޝަން"ގެ ވާހަކަ އެގޮތުން ގެންނެވި އެވެ.

"ދިވެހި ސަރުކާރަށް ލިބޭ ހައްޖު ކޯޓާއިން ސަތޭކަ ފަންސާސް، ދުއިސައްތަ ކޯޓާ ނަގައިގެން ކުރި ކަންތައް ކީއްވެތޯ މިއަދު ނުކުރަނީ؟ ކޮބައިތޯ މިއަދު ސޮދަގާތު ފައުންޑޭޝަން؟ ކޮންތާކުތޯ ވީ؟ ކީއްވެތޯ ހިތާނީ މޫސުން ނުގެންނަނީ؟" އަޑަށް ބާރުލައްވާފައި އަބްދުއްރަހީމް ސުވާލުކުރެއްވި އެވެ.

އެއާ އެކުގައި އެމަނިކުފާނު ތައުރީފު އޮއްސަވައިލެއްވީ ރައީސް ޑރ.މުހައްމަދު މުއިއްޒަށެވެ. ސަރުކާރުގެ އިސް ބޭފުޅުންނަށް ކޮރަޕްޝަންގެ ތުހުމަތު ކުރާއިރު، އޭސީސީއަށް އެ މައްސަލަ ހުށަހަޅަން ވިދާޅުވާ ކަމަށާއި ކޮރަޕްޝަނުގެ އެއްވެސް ކަމެއް ނުދެއްކޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަނެއް ކޮޅުން ރައީސް [ޑރ.މުހައްމަދު މުއިއްޒު] އެ ވިދާޅުވަނީ ކޮރަޕްޝަން ސާބިތުވެއްޖެއްޔާ އެމީހަކާ ދެކޮޅަށް ފިޔަވަޅު އަޅުއްވާނަމޭ، ކޮރަޕްޝަނަށް ފިޔަވަޅު ނޭޅިގެނޭ ވެރިކަން ގެއްލުނީ، އަޅުގަނޑުމެންގެ ވެރިކަން ގެއްލުނީ، 2013 އިން 2018 އަށް ކުރި ވެރިކަން ގެއްލުނީ ކޮރަޕްޝަނަށް އާނއެކޭ ބުނީމާ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް މިމޭރުމުން ވާހަކަ ދެއްކެވި އިރު، އެމްޑީޕީގެ ދެވަނަ ވެރިކަން 2018 ވަނަ އަހަރު އުފެދުނީ ވޯޓު އޮޅުވާލައިގެން ކަމަށް ޔާމީނު ކުރައްވަމުން ގެންދެވި ތުހުމަތުގައި އަބްދުއްރަހީމް ވެސް އޭރު ބައިވެރިވެވަޑައިގެންނެވި އެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox