ކުޅުދުއްފުށީ މަށިމާލި ޕެރޭޑުގެ ފާޑުކިޔުން މިނިސްޓަރު ބަލައިގަނެފި

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް: ކުޅުދުއްފުށި މަށިމާލި ޕެރޭޑަށް ވަނީ ތައުރީފް ކުރައްވާފައި -- ފޮޓޯ: މިރާން ނާޝިމް / އަދަދު

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް: ކުޅުދުއްފުށި މަށިމާލި ޕެރޭޑަށް ވަނީ ތައުރީފް ކުރައްވާފައި -- ފޮޓޯ: މިރާން ނާޝިމް / އަދަދު

ކުޅުދުއްފުށީގައި ބޮޑު އީދު މަށިމާލި ޕެރޭޑުގައި ސަރުކާރުން މަސްވެރިކަން މެނޭޖް ކުރާ ގުޅޭ ގޮތުން ދައްކާލި ފާޑުކިޔުންތައް ބަލައިގަންނަ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ޝިޔާމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުޅުދުއްފުށީ މަށިމާލި ޕެރޭޑަކީ ޢީދުގެ އުފާވެރި ޖައްވުން އަބަދުވެސް ގިނަބައެއްގެ ސަމާލުކަން ހުއްޓޭ ހަރަކާތެއް ކަމަށެވެ.

ސަރުކާރުތަކުގެ ބައެއް ސިޔާސަތަައް ފާޑުކިޔުމާއި ވައުދުތައް ހަނދާންކޮށްދޭ ފުޅަނދުތަކަކީ ބިނާކުރުވަނިވި ފާޑުކިޔުން އަދި މެސެޖުތަކެއްގެ ގޮތުގައި ދެކޭ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

ކުޅުދުއްފުށި މަށިމާލި ޕެރޭޑުގައި މިފަހަރު ވެސް ގައުމަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކާއި, ސިޔާސީ ޖޯކުތައް ހިމެނޭހެން ގިނަ މާލިތައް ނެރެފައިވެ އެވެ.

ނަމަވެސް މި އަހަރު އެންމެ ބޮޑު ސަމާލުކަމެއް ދީފައިވަނީ މަސްވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތަކާއި, ސަރުކާރުން މަސްވެރިންނަށްވީ ވައުދުތަކާ ގުޅުންހުރި މާލިތަކަށެވެ.

މަސްވެރިންނަށް މިޔަރުގެ އުނދަގޫ ބޮޑުވެފައިވާކަން ދައްކަން, ބޮޑު މިޔަރެއް, އިންސާނަކު ކާލާ މަންޒަރު ދައްކުވައިދޭ މާއްޔެއް ހިމަނާފައިވެ އެވެ. އަދި ސަރުކާރުންވީ ވައުދުތަކަށް އަލިއަޅުވާލާ, "ށިޔާމަށް ނޭޅުނު ފަރުމަސް ބޮއި", "ނުނިމުނު މެއި މަސް, އަދި "ވައުދު ކަނދުފަތި" މާލި ވެސް ޕެރޭޑުގައި ހިމެނެ އެވެ.

މަސްވެރިންނަށް ފައިސާ ދިނުން ލަސްވެފައިވާކަން ހާމަކޮށް "މަސް ބުހުތާން ނަން ކިރާ މަހުގެ ރުފިޔާ ދެވޭނީ 48 ދަރިން ވިހާފަހުން" އަދި "ޗަކޮއި ލާރިކޮޅު ކޮބާ" މާލި ހިމެނެ އެވެ.

ލޭނު އަޅައިގެން ބޮޑު ކަންނެލި ބޭނުމުގެ ހުއްދަ ސަރުކާރުން ދޭން އުޅޭތީ އެކަމާ ދެކޮޅަށް 35 ދޯންޏާއެކު މަސްވެރިން މިދިޔަ ބުދަ ދުވަހު މާލެ ފަޅުގައި މުޒާހަރާ ކުރި އެވެ.

އެ މުޒާހަރާ ނިންމާލީ މަސްވެރިންގެ ބައެއް ޑިމާންޑުތަކަށް ސަރުކާރުން އެއްބަސްވެ، މަސްވެރިންނަށް ޑީސަލް ވިއްކާ އަގު އެއްގަމު ޝެޑުތަކާ އެއްހަމަ ކޮށްދޭން ނިންމުމުންނެވެ. އަދި މަސްވެރިންގެ ޑިމާންޑާ އެއްގޮތަށް އެ މުޒާހަރާ އޮތް ސަރަހައްދަށް މިނިސްޓަރު ޝިޔާމް ވަޑައިގެން މަސްވެރިންނާ ބައްދަލު ވެސް ކުރެއްވި އެވެ.

ކުޅުދުއްފުށީގެ ހުރިހާ އުމުރުފުރާއެއްގެ އެންމެންހެން ބައިވެރިވާ, "މަށިމާލި" ގޮތުގައި މާލިތައް ތައްޔާރުވެގެން ބާއްވާ މި ޕެރޭޑަކީ ޒަމާނުއްސުރެން ކޮންމެ ބޮޑު އީދާ ދިމާކޮށް ވަޅު އީދު ދުވަހު އެ ރަށުގައި ބާއްވާ ހަރަކާތެކެވެ. މަށިމާލިތަކާއެކު މުޅި ޕެރޭޑްގެ ސަމާލުކަން ލިބެނީ އޭގައި ބައިވެރިވާ އުފެއްދުންތެރި ފުޅަނދުތަކަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox